Roadha Mihaaru
"ކޮރޯނާވައިރަސް އެޓޭކް" ގޭމް ޗައިނާގައި މަނާކޮށްފި

"ކޮރޯނާވައިރަސް އެޓޭކް" ގޭމް ޗައިނާގައި މަނާކޮށްފި

30 އެޕްރީލް 2020

މުޅި ދުނިޔެ މިހާރު ހަނގުރާމަކުރަމުން އަންނަ ކޮރޯނާވައިރަހަކީ ޗައިނާ އަށް ނިސްބަތްވާ އެއްޗެއް ގޮތަށް ސިފަކޮށް، އެ ގައުމުގެ ދިދައިގެ ކުލަތަކާ އެކު ދާދި ފަހުން އާންމުކުރި ވީޑިއޯ ގޭމް "ކޮރޯނާވައިރަސް އެޓޭކް" ޗައިނާ އިން މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޅި ދުނިޔެ މިހާރު ހަނގުރާމަކުރަމުން އަންނަ ކޮރޯނާވައިރަހަކީ ޗައިނާ އަށް ނިސްބަތްވާ އެއްޗެއް ގޮތަށް ސިފަކޮށް، އެ ގައުމުގެ ދިދައިގެ ކުލަތަކާ އެކު ދާދި ފަހުން އާންމުކުރި ވީޑިއޯ ގޭމް "ކޮރޯނާވައިރަސް އެޓޭކް" ޗައިނާ އިން މަނާކޮށްފި އެވެ.

ގޭމް ކުންފުނި ސްޓީމާއި މިތުޒީ ގޭމްސް އިން ގެެނެސްދިން ގޭމް ޗައިނާގެ ސަރުކާރުން މަނާކުރީ އެ ގައުމުގެ ތަސައްވުރު ހަރާބުކުރަން އަދި ހަގީގަތްތަކާ ހިލާފު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ގޭމެއް ކަމަށް ބުނެ އެވެ.

"ކޮރޯނާވައިރަސް އެޓޭކް" އަކީ ފަރުވާއެއް ނެތް ބަލި ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ޖެހިފައި ތިބޭ ޒޮމްބީންތަކެއް އެ ބަލި ދުނިޔޭގެ އެހެން ގައުމުތަކަށް ފަތުރަން، ޗައިނާ އިން ފިލަން ކުރާ މަސައްކަތްތަކާ އެކު އެއްޗެހި މައިތިރި ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭ ގޮތަށް ފަރުމާކޮށްފައިވާ ގޭމެކެވެ. އަދި ކުޅުންތެރިން ހޯދާ ޕޮއިންޓްތަކާ އެކު، ޗައިނާއާ ދެކޮޅު އިބާރާތްތައް ލިޔެފައި ހުންނަ ބެޖްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި "ލިބެރޭޓް ހޮންކޮންގް" އަދި "ޓައިވާން އިޒް ނޮޓް އިން ޗައިނާ" ހިމެނެ އެވެ.

ގޭމް ޗައިނާގައި މަނާކުރުމާ ގުޅިގެން "ކޮރޯނާވައިރަސް އެޓޭކް" އުފެއްދި މިތުޒީ ގޭމްސް އިން ބުނީ އެ ގޭމްގެ މައިގަނޑު ބޭނުމަކީ ޗައިނާއާ ދެކޮޅު ހަރަކާތްތައް ހިންގުން ކަމަށެވެ.

އޭނާ ބުނީ ގޮތް ނޭނގޭ ކޮރޯނާވައިރަަސް އުފަންވީ ވެސް ޗައިނާ އިން ކަމަށާއި އެ ބައްޔާ ދެކޮޅަށް ޗައިނާ އިން މަސައްކަތްކުރަނީ ވެސް އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

"މުޅި ދުނިޔެ ބޮޑު ބަލިމަޑުކަމެއްގެ ތެރެއަށް ދިޔައީ ސީދާ ޗައިނާގެ ސަބަބުންނޭ ބުނުމުގެ ފުރުސަތު އެބައޮތް." މިތުޒީން ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ޗައިނާ މިހާރު މަސައްކަތްކުރަނީ ދުނިޔޭގެ އެއްވެސް ތަނެއްގައި "ކޮރޯނާވައިރަސް އެޓޭކް" ގޭމް ކުޅުމުގެ ފުރުސަަތު ނުދިނުމަށެވެ. އަދި އެހެން ގައުމުތަކުން އެ ގޭމް މަނާކުރަން ޗައިނާ ބޭނުންވާ ކަމަށްވެ އެވެ.

ދާދި ފަހުން ވެސް ޗައިނާގައި ވަނީ މަގުބޫލު އެހެން ވީޑިއޯ ގޭމެއް މަނާކޮށްފަ އެވެ. އެއީ އެންޑެމިކް ކްރިއޭޝަނާއި މިނީކްލިޕުން 2012 ގައި ތައާރަފުކުރި ސްޓިމިއުލޭޝަން ގޭމް "ޕްލޭގް އިންކް" އެވެ.