28 އެޕްރީލް 2020
އަތިރިމަތީގައި ހަޓުތައް ހަދައި އާއިލާ އާއި ރައްޓެހިންނާ އެކު ރޯދަ ވީއްލަން ދިއުމަކީ ށ. ނަރުދޫ މީހުންގެ އާދައެކެވެ. އެކަމަކު މާލެ ސަރަހައްދެއްކޭ އެއްގޮތަށް އެ ރަށުގެ ރައްޔިތުންނަށް ވެސް މި އަހަރުގެ ރޯދަ ތަފާތެވެ: ރަށުން ކޮވިޑް-19 ގެ ބަލިމީހުން ފެންނާތީ، އެންމެން ތިބީ ގޭގަ އެވެ.
އަތިރިމަތީގައި ހަޓުތައް ހަދައި އާއިލާ އާއި ރައްޓެހިންނާ އެކު ރޯދަ ވީއްލަން ދިއުމަކީ ށ. ނަރުދޫ މީހުންގެ އާދައެކެވެ. އެކަމަކު މާލެ ސަރަހައްދެއްކޭ އެއްގޮތަށް އެ ރަށުގެ ރައްޔިތުންނަށް ވެސް މި އަހަރުގެ ރޯދަ ތަފާތެވެ: ރަށުން ކޮވިޑް-19 ގެ ބަލިމީހުން ފެންނާތީ، އެންމެން ތިބީ ގޭގަ އެވެ.
އެ ރަށުން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވް ވީ، މާލެ އާއި އުތުރުގެ ބައެއް ރަށްރަށާ ދެމެދު ދަތުރުކުރާ "އަމާޒު" ބޯޓުގެ ކައްޕި އެވެ. އޭގެ ފަހުން ކައްޕިގެ އަންހެނުންނާއި ދަރިން ވެސް ޕޮޒިޓިވް ވެ، އެ އާއިލާ އިން ކޮރޯނާވައިރަސްގެ ހަ މީހަކު މިހާރު ވަނީ ފެނިފަ އެވެ. އެހެންކަމުން މާލެ ފިޔަވައި މީހުން އުޅޭ އެހެން ރަށަކުން މިހާތަނަށް އެންމެ ގިނަ ބަލިމީހުން ތިބީ ނަރުދޫގަ އެވެ.
ކައްޕި ޕޮޒިޓިވް ވުމާ އެކު ވެސް މުޅި ރަށް އޮތީ ހާސްކަމެއްގެ ތެރޭގަ އެވެ.
"އަމާޒު" ބޯޓު މާލެއިން ފުރީ މާލެ ލޮކްޑައުންކުރި ދުވަހު، އަދި އެކަން އިއުލާން ވެސް ކުރި ފަހުންނެވެ. ކުއްލިއަކަށް ސަރުކާރުން މާލެ ސަރަހައްދު ބަންދުކުރީ ވެސް، އޭރު މާލޭގައި ތިބި އެކަކު ވެސް އެހެން ރަށަކަށް، އަދި އެހެން ރަށަކުން މާލެ އަށް ވެސް މީހުން ދިއުން ހުއްޓުވުމުގެ ގޮތުންނެވެ.
އަމާޒު ބޯޑުގެ ވެރިޔާ ބުނެފައި ވަނީ މާލެ އިން ފުރިއިރު، މާލެ ލޮކްޑައުންކުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން، ނަރުދޫއަށް އަރައި އަދި ފައިބާ މީހުން މޮނީޓާކުރަނީ -- ފޮޓޯ: ނަރުދޫ ކޮމިއުނިޓީ ފޭސްބުކް ޕޭޖް
"ހަގީގަތުގައި ރޯދަ މަސްކަމުގެ އިހްސާސެއް ނުވޭ. ތަރާވީހަށް ދިއުން ފަދަ ކަމެއް ނެތް. ވަރަށް ގާތްކޮށް، ބަދަހި ގުޅުމެއް މި އޮތީ ރަށުގެ އެންމެންގެ ވެސް. އެކަމަކު ރަށު ތެރެއިން ފަޅުކަން މި ފެންނަނީ،" ނަރުދޫ ކައުންސިލް މެމްބަރު މުހައްމަދު ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކަމާ ބެހޭ އިދާރާތައް ހިމެނޭ ޓާސްކް ފޯހެއް އެކުލަވާލައި ރަށު ފެންވަރުގައި އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ޒަރޫރީ ކަމެއްގައި މެނުވީ ގެއިން ބޭރަށް ނުކުތުން މިހާރު މަނަ އެވެ. މުހިއްމު ބޭނުމެއްގައި ބޭރަށް ނުކުމެވެނީ ވެސް ޓާސްކް ފޯހުގެ ހުއްދަ ލިބިގެންނެވެ.
ނަރުދޫގެ މަގެއް މަތި.-- ފޮޓޯ: މުހައްމަދު ނިޒާރު
ރަށުގައި ހުރި ހަތަރު ފިހާރައިން ވެސް މިހާރު ކުރަނީ ޑެލިވަރީ އެވެ. މީހުން ފިހާރަތަކަށް ވަނުން މަނަ އެވެ.
"ބޭރަށް ނުނިކުންނަން އެންގުމާ އެކު އެކަމަށް ވަރަށް ކިޔަމަންތެރިވެގެން ގޭގައި މަޑުކޮށްގެން ތިބީ. ކޮންމެހެން ނުކުންނަން ޖެހިގެން ވެސް ވަރަށް މަދު ބަޔަކު މި އުޅެނީ. އެއީ ދަނޑު ހައްދާ މީހުން، އެ މީހުންގެ ދަނޑުތަކަށް ފެން ދީ ބަލަހައްޓަން ވެގެން. އެ ނޫން ބަޔަކު ނުނިކުމޭ،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މޮނިޓަރިންގެ ހާލަތުގައި ހުރި ގެތަކަށް ހުސްނުވެ، ޒަރޫރީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ޓާސްކް ފޯހަށް އެންގުމުން ފިހާރައިން އެ ތަކެތި ހޯދައި ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ނަރުދޫގެ މަގެއް: މާލެ ފިޔަވައި ކޮވިޑް-19ގެ އެންމެ ގިނަ ބަލިމީހުން ތިބި މީހުން އުޅޭ ރަށަކީ ނަރުދޫ -- ފޮޓޯ: ނަރުދޫ ކޮމިއުނިޓީ ފޭސްބުކް ޕޭޖް
އަމާޒް ބޯޓަކީ މާލެ ދަތުރުކުރަން ނަރުދޫގައި އޮތް ހަމައެކަނި ބޯޓެވެ. އެ ބޯޓު ދަތުރުން މަނާކުރިއަސް ރަށުން ކާތަކެތި ހުސްނުވާނެ ގޮތް ހަދަން ކައުންސިލުން އަންނަނީ މަސައްކަތްކުރަމުންނެވެ. ކުރިއަށް އޮތް ހަފުތާއަށް ވާ ވަރަށް ރަށުގައި ކާޑުގެ ބާވަތްތައް އެބަހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
"ކޮންމެ ދުވަހެއްގެ ތިނެއްގެ ކުރިން އެލްޖީއޭ އަދި އެމްއެންޑީއެފަށް ފޮނުވަމުން މި ދަނީ ފެނާއި، ތެޔޮ، ގޭސް އަދި ކާޑުގެ ބާވަތްތައް ހުރި މިންވަރު. އެގޮތަށް ކުރިއަށް އޮތް ހަފުތާއަށް ވާ ވަރަށް އެބަހުރި ކާޑުގެ ބާވަތްތައް،" ނިޒާރު ވިދާޅުވި އެވެ.
ކޮރޯނާވައިރަސް ފެތުރެނީ ވަރަށް އަވަހަށެވެ. އެކަމަކު 600 މީހުންގެ އާބާދީއެއް އޮތް ނަރުދޫ މިހާ އަވަހަށް މި ހާލަތަށް ހިނގައިދާނެ ކަމަކަށް، މީގެ ކުރިން ހީކުރެވިފައެއް ނުވެ އެވެ.
އޮތީ ލެވެލް ނުވައެއްގައި، 10 އަކުން ލޮކްޑައުންއަށް!
ލުއިދެވުނީ ފުރަތަމަ ޕްލޭންކުރިވަރަށް ވުރެ ބޮޑަށް: ޓެގް
ރާއްޖޭގައި ކޮވިޑް މެނޭޖް ނުކުރެވިދާނެ: ޑރ. އަލީ
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
މާލެއިން ރަށްރަށް ދަތުރުކުރުމުގެ ފުރުސަތު ހަނިކޮށްފި
ރޭގަނޑު 10 އިން ފަތިހު 5 އަށް ކާފިއު ހިންގަނީ
އެއްބާރުލުން ދީ، ލޮކްޑައުން ރަނގަޅެއް ނޫން: ރައީސް
ބިރު ބޮޑުވެއްޖެ، ފަރުވާކުޑަކޮށް ނުލާ!
ރާއްޖެ އަލުން ބަންދުކޮށްގެން ފައިދާއެއް ނެތް: ނަޝީދު