27 އެޕްރީލް 2020
ކޮވިޑް-19 ރާއްޖޭގައި އާއްމުންގެ ތެރެއަށް ފެތުރެން ފަަށާފައި ވުމުން މިހާރު މިއޮތީ އެ ބަލީގެ އެންމެ ނުރައްކާތެރި ހާލަތު ކަމަށާއި މިއީ ކަަރަންޓީނުގައި ތިބޭ މީހުންނަށް ކާން ލިބޭ ތަކެތީގެ ފެންވަރާ މެދު ބަހުސް ކުރަންވީ ހާލަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ރާއްޖޭގައި އާއްމުންގެ ތެރެއަށް ފެތުރެން ފަަށާފައި ވުމުން މިހާރު މިއޮތީ އެ ބަލީގެ އެންމެ ނުރައްކާތެރި ހާލަތު ކަމަށާއި މިއީ ކަަރަންޓީނުގައި ތިބޭ މީހުންނަށް ކާން ލިބޭ ތަކެތީގެ ފެންވަރާ މެދު ބަހުސް ކުރަންވީ ހާލަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ބްރީފިން ގައި އަލީ ވަހީދު ވިދާޅުވީ މިހާރު އޮތް ހާލަތަކީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އެމީހުންގެ އާއިލާތަކާ ވަކިވެގެން ހިނގައިދާނެ ހާލަތެއް ކަމަށާއި ސިފައިންނާއި ފުލުހުން އެ މީހުންގެ އާއިލާތަކާ ވަކިން އުޅޭތާ ތިން ހަފްތާ ވެއްޖެ ކަމަށެވެ.
"މިއީ ހަނގުރާމައިގެ ހާލަތެއް އިނގޭތޯ. މި ވަގުތު ވައިރަސް އަކާ އަޅުގަަނޑުމެންގެ ރައްޔިތުންގެ ހަނގުރާމަ ކުރަމުން މިދަނީ. އެހެންވީމާ މިއަދު އަޅުގަނޑުމެންނަށް ވައިޓް ބްރެޑްގެ ބަދަލުގައި ބްރައުން ބްރެޑް ނުލިބިގެން އަޅުގަނޑުމެން އުޅެންވާ ހާލަތެއް ނޫން މިއީ،" އަލީ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންނާއި އެ މީހުންގެ ކޮންޓެކްޓުންނާ އެކު 1300 އަށް ވުރެ ގިނަ މީހުން ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ވެސް އެބަ ތިއްބެވެ. އެހާ ގިނަ އަދަދެއްގެ މީހުން ކަރަންޓީނުގައި ތިބި އިރު އެ މީހުންނަށް ކާން ލިބޭ ތަކެތީގެ ފެންވަރާ މެދު ސޯޝަލްމީޑިއާގައި ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ. މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އަމާޒު ކުރެއްވީ އެ މީހުންނަށް ކަމަށް ބެލެވެ އެވެ. އޭނާ ވިދާޅުވީ ބައެއް ފަރާތްތަކުން އެގޮތަށް ކަންތައް ކުރި ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން ވަރަށް ކެތްތެެރި ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުން ވަރަށް ކެތްތެރި، ވަރަށް އިހުލާސްތެރި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ވަގުތު ހުރިހާ ވަގުތެއް ހޭދަކުރަންވީ އެކަަކު އަނެކަހަށް ހިތްވަރުދީގެން މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
ކުރީ ޒަމާންތަކުގައި ރާއްޖެ އަށް ކުރިމަތިވި މިފަދަ ބޮޑެތި ބަލިމަޑުކަމުގައި ހާލަތު އޮތް ގޮތް އޭރުގެ މީހުން ކިޔައިދޭ ކަަމަށާއި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ވިލިވަރަކީ އެގޮތުން މީހުން އެތަނުގައި މަރުވެ ދިޔަ ރަށެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ އެ ވިދާޅުވީ ޖުޒާމް ބަލީގެ ބޭހެއް ރާއްޖެ އަށް ނުލިބޭ އިރު، އެ ބަލި ޖެހުނު މީހުން ވިލިވަރާއި ބިޔާދޫގައި ބޭތިއްބި ދުވަސްވަރުގެ ވާހަކަ އެވެ.
"މިއަދު އަޅުގަނޑުމެންގެ ޖީލުގައި މިކަން އައިމާ އަޅުގަނޑުމެން ކޮންމެ މީހަކު މިއަދު މަސައްކަތް ކުރަންވީ އަޅުގަނޑުމެން ރައްޔިތުންނަށް ޓަކައި ގައުމަށް ޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮންކަމެތޯ [ބަލައިގެން]،" އަލީ ވިދާޅުވި އެވެ.
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން
އިތުރު 101 ކޭސް، ގިނައީ ތޮއްޖެހިގެން އުޅޭ ބިދޭސީން
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
"އަމާޒު" ބޯޓު 13 ރަށަކަށް ދިޔަ
"އިންޑެކްސް ކޭސް ހޯދުމުގެ ބޭނުމެއް މިހާރަކު ނެތް"
ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ ފޮނުވާލަނީ
ދެ ދިވެހިން ނޫން އެންމެން ރަނގަޅުވެއްޖެ
ކޮވިޑް ދެވަނަ ފަހަރަށް ޖެހެނީ 9 މަސް ފަހުން
ހައި ރިސްކް މީހުންގެ ކޮވިޑް ކޭސްތައް ގިނަވެއްޖެ
ފްރޮންޓްލައިން ކޮވިޑް ކޭސްތައް ގިނައީ އެއާޕޯޓުގައި