19 އެޕްރީލް 2020
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި މާބަނޑު އަންހެނެއް ހިމެނޭ ކަމަށް ނެޝަަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި މާބަނޑު އަންހެނެއް ހިމެނޭ ކަމަށް ނެޝަަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.
އެންއީއޯސީން މިރޭ ބޭއްވި ޕްރެސް ބްރީފިން ގައި ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މާބަނޑު މީހާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މާލެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ހާލަތާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޮކްޓަރު އަފްޒަލް ވިދާޅުވީ އެންމެން ވެސް އަދި ސްޓޭބްލް ކަމަށެވެ. މާލޭގެ 15 ކޭސްގެ ތެރޭގައި މާބަނޑު އަންހެނެއްގެ އިތުރުން ކުޑަ ދެ ކުއްޖަކު ހިމެނެ އެވެ. އެ ދެ ކުދިންގެ ހާލަތާ ބެހޭ ގޮތުން ސުވާލު ކުރުމުން އެންއީއޯސީގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އެ ދެކުދިންގެ ހާލަތު ވެސް ގޯސް ނޫން ކަމަށެވެ.
"ހާލު ގޯސްވާ ނަމަ އަޅުގަނޑުމެން އާއްމު ގޮތެއްގައި އެ ސްޓޭޓަސް އަޅުގަނޑުމެންނާ ހަމައަށް ލިބޭ. އަދި އެހެން ތަނަކަށް ޓްރާންސްފާ ކުރަން ޖެހިގެން ޓްރާންސްފާކުރާ ނަމަ ވަގުތުން އެމައުލޫމާތު ލިބޭ،" އޭނާ ވިދާޅުވި އެވެ.
މާލެއިން ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށި ފަހުން އެންމެ ގިނަ ކޭސް ފެނުނީ މިއަދު އެވެ. އެގޮތުން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ހަތް މީހަކު އަލަށް އެ ބައްޔަށް ޕޮޒިޓިވް ވި އެވެ. އެކަމަކު ޑރ. އަފްޒަލް ވިދާޅުވީ މާލެއިން ކޭސްތައް ފެންނަ ރޭޓް އަދި ސްޓޭބްލް ކަމަށެވެ.
"ކަންބޮޑުވާ ރޭޓަކަަށް ދާނީ އަޅުގަނޑުމެން މިކިޔާ ޑަބްލިން އިފެކްޓެއް [އެއް ދުވަހު ފެނުނު ވަރުގެ ދެ ގުނަ އަނެއް ދުވަހު ފެންނަ ގޮތެއް] އަންނަންޏާ. އޭގެ މާނައަކީ ދުވަހުން ދުވަހަށް ފެންނަ ކޭސް ލޯޑް އިތުރުވަމުން ނުވަތަ މަލްޓިޕްލައިވަމުން، ދާ ކަމަށް ވެއްޖެއްޔާ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނާއި ލޭމައްޗަށް ދިއުން ފަދަ މައްސަލަތައް ހުންނަ މީހުންނަށެވެ.
"އިންޑެކްސް ކޭސް ހޯދުމުގެ ބޭނުމެއް މިހާރަކު ނެތް"
ފްރޮންޓްލައިން ކޮވިޑް ކޭސްތައް ގިނައީ އެއާޕޯޓުގައި
ކޮވިޑަކީ ސިޔާސީކަމެއް ނޫން: އެޗްޕީއޭ
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން
އެޗްޕީއޭގެ އިރުޝާދަށް އަމަލުނުކުރާ ނަމަ އަންގަން އެދެފި
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
އިތުރު 101 ކޭސް، ގިނައީ ތޮއްޖެހިގެން އުޅޭ ބިދޭސީން
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
"ކޮވިޑްގެ ސާޖް ދަށްކުރެވޭނެ ކަމަށް އުއްމީދު ކުރެވޭ"
މަރުވި ބިދޭސީ މީހާގެ 66 ކޮންޓެކްޓެއް ހޯދައިފި