27 އެޕްރީލް 2020
މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީން މާލެ އިން ބޭރުގައި ގާއިމްކުރާ ފެސިލިޓީތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީން މާލެ އިން ބޭރުގައި ގާއިމްކުރާ ފެސިލިޓީތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސަރުކާރުގެ މި ނިންމުން މި އައީ މާލޭގައި އެންމެ ފުޅާކޮށް ހޯލްސޭލްގެ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން އެމްއެޗްއޭ އާއި ލިލީ އަދި ބީއެޗްއެމް ފިހާރައިގެ ބައެއް މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހާލަތު އިތުރަށް ގޯސްވެފައި ވަނިކޮށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ މީހުން ހިމެނެ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 214 މީހުންގެ ތެރެއިން 102 މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. ޚާއްސަކޮށް ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން ދިރިއުޅޭ ބަންގްލަދޭޝްގެ މީހުން ވަރަށް ގިނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިއަދު މެންދުރު ބޭއްވި މީޑިއާ ބްރީފިންގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބާޒާރުމަތީގެ ފިހާރަތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކްލަސްޓާއާ ވަރަށް ގިނަ ބަޔަކު ގުޅިފައިވާ ކަމަށެވެ.
އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދާ އެކު ނިންމާފައި ވަނީ މާލެ އިން ބޭރުގައި އިތުރު ވަގުތީ ތަންތަން ހަދައި ބާޒާރުމަތީގައި އުޅޭ ބިދޭސީން އެ ފެސިލިޓީތަކަށް ގެންދިއުމަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.
"މީގެ ތެރޭގައި އެބަތިއްބެވި އެ މީހުން ނިދަނީ ކޮން ތަނެއްގައި ކަން ވެސް އެ މީހުން ގެންގުޅޭ ކުންފުނިތަކަށް ނޭނގޭ ބިދޭސީން. އެހެންވީމާ މި ބިދޭސީންނަށް އާންމު ހާލަތެއް ހޯދައި، ޚާއްސަކޮށް މި މާލެ މިކަމުން ސަލާމަތް ކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ވާހަކަ ދައްނަނަވަން،" ކަރަންޓީން ފެސިލިޓީތައް ހޯދުމުގައި ސަރުކާރުގެ ފަރާތުން އިސްވެ ހުންނެވި މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 214 މީހުންގެ ތެރެއިން 102 މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. ޚާއްސަކޮށް ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން ދިރިއުޅޭ ބަންގްލަދޭޝްގެ މީހުން ވަރަށް ގިނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ އާއި ގުޅިފަޅާއި ވިލިވަރުގައި އިތުރު އެކޮމަޑޭޝަން ފެސިލިޓީތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގާއިމް ކުރާނެ އެވެ. ބާޒާރުމަތީގެ ފިހާރަތަކުގައި މަސައްކަތް ކުރާ ބިދޭސީން ގެންދާނީ އެ ފެސިލިޓީތަކަށެވެ.
"އަދި މިކުރާ ކުރުމުގައި ވެސް އިންސާނީ ހައްގާއި އެ މީހުންގެ ހައްގު ކަށަވަރު ވާނެކަން އަޅުގަނޑުމެން ޔަގީން ކުރާނަން. އަދި މިހާރު މާލޭގައި އެ މީހުން ދިރިއުޅޭ ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ﷲ އިރާދަކުރެއްވިއްޔާ އެ މީހުންނަށް ކަންކަން ކޮށްދެވޭތޯ ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބައެއް ބިދޭސީން މާލޭގައި ދިރިއުޅެނީ ވަރަށް ހާލުގައި ކަމަށެވެ.
"އެނދެއްގައި މީހަކު ނިދަންޏާ އެނދު ދަށުގައި ދެ މީހަކު ނިދާ ހާލަތުގައި މިހާރު ވެސް އެބަހުރި ތަންތަން. އެ ތަންތަން މިހާރު ވަނީ ކަރަންޓީން ވެސް ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ ބިދޭސީންނަކީ ވެސް ދިވެހިންނެކޭ އެއްގޮތަށް ދިވެހިރާއްޖެ އަށް ޚިދުމަތް ކުރާ އިންސާނުން. މި ހާލަތުގައި ވެސް އިންސާނީ ކަރާމަތާއި ގަދަރު ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު. މިކަމުން ސަލާމަތް ވުމަށް އެންމެންނަށް ރައްކާތެރިކަން ހޯދިގެން ނޫނިއްޔާ ދިވެއްސަކު ވެސް ބިދޭސީއަކު ވެސް މުޅިއަކުން މި ބައްޔަކުން ސަލާމަތެއް ނުވާނެ."
ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުން މިހާރު ވެސް އަންނަނީ ބަލަހައްޓަމުންނެވެ. އެއީ މުޅިން ވެސް ތޮއްޖެހިގެން އެތައް ބަޔަކު އުޅޭ ތަންތަނެވެ.
ބިދޭސީންނާ މެދު ކޮން ކަހަލަ ވިސްނުމެއް؟
ބާޒާރުމަތި: ވައިރަހުގެ ނުރައްކާ ބޮޑު ސަރަހައްދެއް!
16 ބިދޭސީން ޕޮޒިޓިވްވެ ނުރައްކާ އިންތިހާއަށް
ތޮއްޖެހިފައިވާ ތަންތަނުގައި އުޅޭ ބިދޭސީން ބަދަލުކުރަނީ
ހިއުމަން ޓްރެފިކިންގެ "ދާދާ"އިން ހޯދުން އަވަސްކުރޭ!
ރިހޭ ފައިމައްޗަށް ފޮއި: ދެން ހަދާނީ ކިހިނެއް؟
ބިދޭސީންގެ ޑިޕޮސިޓްގައި އެއް ބިލިއަން ރުފިޔާ އެބަހުރި
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ބިދޭސީންނަށް އެކޮމަޑޭޝަން ދެނީ ކުލި ދައްކާ ގޮތަށް
ބޮޑެތި ކްލަސްޓާތައް ގުޅެނީ ބާޒާރުމައްޗާ: އަފްޒަލް