07 މެއި 2020
ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށް ކަމަށް ވާތީ، ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ އެންމެން ބޯޓަކަށް އަރުވާފައި ފޮނުވައިލުމަށް އެކި މީޑިއަމްތަކުގައި ކެނޑިނޭޅި ގޮވަމުން ދިޔަ ދިއުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ރައްދު ދެއްވައިފި އެވެ. އަދި އެ އެންމެން ފޮނުވައިލުމުގެ ބަދަލުގައި އެ މީހުން ބައިތިއްބަން ސަރުކާރުގެ ޚަރަދުގައި ތަންތަން ހަދާތީ އަންނަ ފާޑުކިޔުންތަކަށް މިއަދު އޭނާ ޖަވާބު ދެއްވި އެވެ.
ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށް ކަމަށް ވާތީ، ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ އެންމެން ބޯޓަކަށް އަރުވާފައި ފޮނުވައިލުމަށް އެކި މީޑިއަމްތަކުގައި ކެނޑިނޭޅި ގޮވަމުން ދިޔަ ދިއުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ރައްދު ދެއްވައިފި އެވެ. އަދި އެ އެންމެން ފޮނުވައިލުމުގެ ބަދަލުގައި އެ މީހުން ބައިތިއްބަން ސަރުކާރުގެ ޚަރަދުގައި ތަންތަން ހަދާތީ އަންނަ ފާޑުކިޔުންތަކަށް މިއަދު އޭނާ ޖަވާބު ދެއްވި އެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ 600 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 323 މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ޚާއްސަކޮށް މީގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ ވަރަށް ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން ވަރަށް ހާލުގަ އެވެ. އެކަމުގައި އެ މީހުން ގެނައި ދިވެހިންގެ އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ އެންމެން ބޯޓަކަށް އަރުވާފައި އަވަހަށް ފޮނުވައިލުން ކަމަށް ބުނެ މިދިޔަ ދުވަސްވަތަކުގައި ދަނީ ހިޔާލު ފާޅުކުރަމުންނެވެ.
އެކަމަކު، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވަރަށް ސާފުކޮށް ވިދާޅުވީ، ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ބޯޓަކަށް އަރުވާލާފައި ފޮނުވައިލުމަކީ އެއީ ވާނެ ކަމެއް ނޫން ކަަމަށެވެ.
"ސާފުކޮށް މި ދަންނަވަނީ އެއީކީ ވާނެ ކަމެއް ނޫން. މިއަދުގެ މި މުޖުތަމައުގައި އަޅުގަނޑުމެންނަށް ބޯޓަކަށް އަރުވާފައި މީހުންނެއް ފޮނުވައެއް ނުލެވޭނެ،" ބަންގްލަދޭޝްގެ މީހުން މި ވަގުތު ފޮނުވައި ނުލައިގެން ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އާންމުން ކުރާ ޝަކުވާތަކާ ގުޅިގެން ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑު އެ މީހުން ފޮނުވައިނުލާން އުޅެނީކީ ނޫން. އެހެން ނަމަވެސް ދުނިޔޭގެ ކޮމިއުނިޓީގެ ބަޔަކަށް ވާތީ އަޅުގަނޑުމެން ބަލަންޖެހޭ ބައިވަރު މިންގަނޑުތަކެއް އެބަހުރި. އަޅުގަނޑުމެން ބަންގްލަދޭޝްއާ އެއްކޮށް އޮންނަ ގުޅުންތަކެއް ވެސް އެބަހުރި. އެ ގުޅުމުގެ ތެރެއިން ބަންގްލަދޭޝްގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަންކަން ކުރަން މި ޖެހެނީ."
ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހައްޔަރު ނުކުރާތީ، އެކަމާ ގުޅޭ ގޮތުން އާންމުން ދައްކާ ވާހަކަތަކާ ވެސް ފައްޔާޒްގެ ހިޔާލު ތަފާތެވެ. ރާއްޖޭގައި ގަވައިދާ ޚިލާފަށް 63،000 ބިދޭސީން އުޅޭއިރު، ފުރަތަމަ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި އެ އެންމެން ހައްޔަރު ކޮށްގެން އެހާ ގިނަ ބަޔަކު ބައިތިއްބާނެ ތަނެއްގެ މައްސަލަ އެވެ. އޭގެ ފަހުން އެ އެންމެންނަށް ކާންދޭން ދައުލަތުން މަހެއްގެ މައްޗަށް ބިލިއަނެއްހާ ރުފިޔާ ހޭދަކުރަން ޖެހުމެވެ.
މިއަދުގެ މީޑިއާ ބްރީފިންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.
"އެހެންވީމާ އަޅުގަނޑުމެންގެ މިހިރަ ފައިސާކޮޅު ޚަރަދު ކުރަންވީ އެ މީހުން ހައްޔަރުކޮށްގެން، ކާންދީ ބަލަހައްޓަން. ދެ ބިލިއަނެއްހާ ރުފިޔާ ކޮންމެ މަހަކު ޚަރަދު ކުރަންތޯ ނޫނީ ރެގިއުލަރައިޒް ސިސްޓަމެއްގެ ތެރެއިން މަސައްކަތް ކުރުންތޯ؟ އަޅުގަނޑު ޚިޔާރުކުރީ ރެގިއުލަރައިޒް ކުރަން،" ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފައްތަން ފައްޔާޒް އިސްވެ ހުންނަވައިގެން މިދިޔަ އަހަރު ފެށި ޕްރޮގްރާމާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމާ ހިސާބަށް އެ ޕްރޮގްރާމް ވަރަށް ކާމިޔާބުކޮށް ކުރިއަށް ގެންދިޔަ އެވެ. ގަވައިދާ ޚިލާފަށް އުޅެމުން އައި 40،000 އެއްހާ ބިދޭސީން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރި އެވެ. އެންމެ ފަހުން ކުރަމުން އައީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނާ ގުޅިގެން އެ މީހުންގެ ޑޮކިއުމަންޓްތައް ސައްހަ ކުރުމާއި ފޮޓޯ ނެގުން ފަދަ ކަންކަން ކުރުމެވެ.
"ވަރަށް ޒަމާނުން ފެށިގެން ވެފައި އޮތް ކަމެއް އޯވަނައިޓުން ހައްލެއް ނުކުރެވޭނެ. އަޅުގަނޑު ދެންނެވީ އޯވަނައިޓުން ހައްލު ކުރާ ވާހަކައެއް ވެސް ނޫން. ފުރަތަަ ހައްލަކީ އިތުރަށް [ބަންގްލަދޭޝް އިން] މީހުން އައުން ހުއްޓިފައި އެ އޮތީ. ދެން މިތަނުގައި ތިބި މީހުންގެ ތެރެއިން ލީގަލައިޒް ކުރެވޭ މީހުން ލީގަލައިޒް ކުރުން،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަނބުރާ ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްގެ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށެވެ. އެކަމަކު، ވަރަށް ގިނަ ބަޔަކު ތިބީ ގައުމަށް ދާނެ ގޮތެއް ނެތި، ބިރުވެރިކަމުގެ ތެރޭގައި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ގައުމަށް ދާން އައިސްފިއްޔާ ހައްޔަރު ކުރާނެއޭ، ބަންދު ކުރާނެއޭ. މިހެން ވެސް ބައިވަރު މީހުން އެބަތިބި،" ފައްޔާޒް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ މަހުގެ 15 ގައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ސަރުކާރުން ނިންމާފައި އޮތީ ބިދޭސީންގެ ޑިޕޮޒިޓް ފައިސާ ޚަރަދު ކޮށްގެން އެ މީހުން އަނބުރާ ގައުމަށް ފޮނުވައިލުމަށެވެ. މިހާރު ވެސް ފުރައިގެން ދާން 1،200 އެއްހާ ބަންގްލަދޭޝްގެ މީހުން ބޭނުންވެ އެވެ. އެކަމަކު ގިނަ މީހުން ޑޮކިއުމަންޓެއް ނެތެވެ.
"ވަރަށް ޒަމާނުން ފެށިގެން ވެފައި އޮތް ކަމެއް އޯވަނައިޓުން ހައްލެއް ނުކުރެވޭނެ. އަޅުގަނޑު ދެންނެވީ އޯވަނައިޓުން ހައްލު ކުރާ ވާހަކައެއް ވެސް ނޫން. ފުރަތަަ ހައްލަކީ އިތުރަށް [ބަންގްލަދޭޝް އިން] މީހުން އައުން ހުއްޓިފައި އެ އޮތީ. ދެން މިތަނުގައި ތިބި މީހުންގެ ތެރެއިން ލީގަލައިޒް ކުރެވޭ މީހުން ލީގަލައިޒް ކުރުން،" ފައްޔާޒް
އެހެންވެ، ބަންގްލަދޭޝްގެ އެމްބަސީ އަށް އެ މީހުން ގެންގޮސް ފޮޓޯ އާއި ފިންގަޕްރިންޓް ނަގައި އެއީ ހަގީގަތުގައި ބަންގްލަދޭޝްގެ މީހުންތޯ ބަލަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެއީ ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް ހައްލު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ އަށް ކޮވިޑް-19 ފެތުރި، މުޅި ގައުމު ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮތް އިރު ސިއްހީ ދާއިރާ އާއި ސަރުކާރުގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބިދޭސީންގެ މައްސަލަ އެވެ. އެއީ އެހެން ގައުމުތަކުގައި ވެސް ކުރިމަތިވި ބޮޑު އެއް މައްސަލަ އެވެ. ކުދިކުދި ތަންތަނުގައި ގިނަ އަދަދަކަށް ބިދޭސީން އުޅެން ޖެހިފައި ވުމަކީ އެ ބަލި އާދަޔާ ޚިލާފަށް ފެތުރިދާނެ ކަމެއް ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ.
އެހެންވެ، ސަރުކާރުން މިހާރު ކުރާ ކަމަކީ އެގޮތަށް އުޅޭ ބިދޭސީންނަށް ޚާއްސަ ވަގުތީ ތަންތަން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ގުޅިފަޅުގައި ހެދުމެވެ. މިހާރު ވެސް ބައެއް މީހުން ވަނީ އެ ތަންތަނަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން "ވޯކާސް ވިލެޖެއް" ގެ ގޮތުގައި ގުޅިފަޅުގައި ބިދޭސީންނަށް ޚާއްސަ ތަނެއް ގާއިމް ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މި ނިންމުންތަކާ މެދު ވެސް ބައެއް ދިވެހިން ހިތްހަމައެއް ނުޖެހެ އެވެ. ދިވެހިންގެ ތެރެއިން ބަޔަކު ވަރަށް ހާލުގައި އުޅެނިކޮށް، ބިދޭސީންނަށް ބޯހިޔާވަހިކަން ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެ މީހުން ބުނެ އެވެ.
ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިން ގަވައިދުގެ ތެރެއަށް ފެތެން ފޯމް ފުރަން ނަމްބަރު ހޯދަން ގަލޮޅު ދަނޑަށް އެއްވެފައި: މި ޕްރޮގްރާމްގައި 40،000 އެއްހާ ބިދޭސީން ރަޖިސްޓަރީވި ކަމަށް ސަރުކާރުން ބުނޭ.---ފޮޓޯ: މިހާރު
ފައްޔާޒް ވިދާޅުވީ، ބިދޭސީންނަށް ޚާއްސަ ކޮށްގެން ބޯހިޔާވަހިކަމެއް ސަރުކާރުން ފޯރުކޮށް ނުދޭ ކަމަށެވެ. އޭގެ ބަދަލުގައި އެ މީހުންނަށް ހަދައިދެނީ އިންސާނަކަށް ދިރިއުޅެވޭނެ ފެންވަރުގެ އެންމެ އަސާސީ ތަންތަނެވެ. އެ އެކޮމަޑޭޝަންގައި ހުންނަ ބިދޭސީ މީހާ ގެނައި ދިވެހި މީހާ ކޮންމެ މަހަކު އެ ތަންތަނަށް ކުލި ވެސް ދައްކަންޖެހެ އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރާއިރު، އެ ރަށުގައި ބިދޭސީންނަށް "ވޯކާސް ވިލެޖް" އެއް ހަދަނީ އެއީ ގެންގުޅެންޖެހޭ ބަޔަކަށް ވާތީ އެވެ. އޭނާ ވިދާޅުވީ، ހުރިހާ ދިވެހިން މަސައްކަތަށް ނުކުތަސް، މިހާރުގެ ފެންވަރުގައި އިގްތިސާދު ކުރިއަރުވަން ބޭނުން ނަމަ އެތައް ހާސް ބަަޔަކު އިތުރަށް ބޭނުންވާނެ ކަމަށެވެ.
ދެ ބިލިއަނެއްހާ ރުފިޔާ ކޮންމެ މަހަކު ޚަރަދު ކުރަންތޯ ނޫނީ ރެގިއުލަރައިޒް ސިސްޓަމެއްގެ ތެރެއިން މަސައްކަތް ކުރުންތޯ؟ އަޅުގަނޑު ޚިޔާރުކުރީ ރެގިއުލަރައިޒް ކުރަން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ، ބިދޭސީންގެ ކަންކަމާ އޭނާ މިދިޔަ އަހަރު ހަވާލުވެވަޑައިގެންނެވިއިރު ވެސް ގަވައިދާ ޚިލާފަށް ބިދޭސީން އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ 50 ފަރާތެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ބައެއްގެ އަތުގައި ހިފޭ ވަރަށް ހެއްކާއި ގަރީނާ ހޯދައިގެން ދައުލަތުން ދައުވާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިދޭސީންނާ މެދު ކޮން ކަހަލަ ވިސްނުމެއް؟
ބަންގްލަދޭޝް އިން މިފަހަރު ބޮޑެތި އެހީތަކެއް ރާއްޖެއަށް
ގަވާއިދާ ހިލާފު 40،000 ބިދޭސީން ރަޖިސްޓަރީވެއްޖެ
ބަންގްލަދޭޝްގެ މީހުން ގެންދިއުމުގެ އެހީއަށް އެދިއްޖެ
ދައުލަތެއް ފެއިލްވެފައިވާ ކަމުގެ އެންމެ ސާފު މަންޒަރު
އެތައްހާސް ބިދޭސީންނެއް އަނެއްކާވެސް ދަނޑަށް ޖަމާވެއްޖެ
"ބިދޭސީންގެ މައްސަލަ ހައްލުނުވާނަމަ އިސްތިއުފާ ދޭނަން"
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ
23 އަންހެނަކު ގެނެސް ހަށިވިއްކި ނެޓްވޯކެއް އަތުލައިފި
ވޯކްޕާމިޓަށް ފައިސާ ދައްކަނީ 36 ޕަސެންޓް މީހުން