17 ޖުލައި 2024
ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު ބިދޭސީއަކު ހިންގި ހަށިވިއްކާ ނެޓްވޯކެއް އަތުލައިގަނެ، އޭނާ ޑީޕޯޓުކޮށްލައިފި އެވެ.
ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު ބިދޭސީއަކު ހިންގި ހަށިވިއްކާ ނެޓްވޯކެއް އަތުލައިގަނެ، އޭނާ ޑީޕޯޓުކޮށްލައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، މި ފަހުން ހިންގި ރެއިޑުތަކުގެ ތެރެއިން އަތުލައިގަތް ހަށިވިއްކުމުގެ ނެޓްވޯކަކީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅުނު ބިދޭސީ ފިރިހެނަކު އިސްވެ ހުރެ ހިންގި ކަމެއް ކަމަށެވެ.
މި މައްސަލައިގައި އަތުލައިގަނެ، އަނބުރާ ފޮނުވާލާފައިވަނީ އާރިފް ކަމަދާރީ ކިޔާ ބަންގްލަދޭޝްގެ މީހެކެވެ. މި މައްސަލައިގައި އޭނާއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރުކުރިއިރު، އެ އެންމެން ވަނީ ޑީޕޯޓުކޮށްލައިފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު
އެގޮތުން، 2019 ވަނަ އަހަރުން ފެށިގެން އޭނާ ފޮނުވާލުމާ ހަމައަށް 23 އަންހެނަކު ރާއްޖެ އަށް ގެނެސް، އެ މީހުން ލައްވައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ފަށާފައިވާ ބޮޑު އޮޕަރޭޝަންގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 101 ބިދޭސީއަކު ވަނީ އަތުލައިގެންފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން 2013 ބިދޭސީއަކު ވޭތުވެދިޔަ ހަތް މަސް ތެރޭގައި ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ
އަތުލައިގަންނަ ބިދޭސީންނަށް ލީގަލައިޒްވާން ފުރުސަތެއްނެތް
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!
ޑީޕޯޓްކުރި ހަނީފުގެ މުއްސަނދި ދިރިއުޅުން!
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ޑީޕޯޓް
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ރަށުމާރުކޭޓުން ގަވާއިދާ ހިލާފު 23 ބިދޭސީން އަތުލައިފި
ޝަމްއާން ދެއްވީ މާޔޫސްވިޔަ ނުދޭނެކަމުގެ ޔަގީންކަން
އިމިގްރޭޝަންގެ ޓީމު ފެނުމާއެކު ދުއްވައިގަތީ ފިލަން!
ހަށިވިއްކުމުގެ ނެޓްވޯކެއް އަތުލައިގަނެ ޑީޕޯޓުކޮށްފި