Roadha Mihaaru
ލޭ ލިބުމުގެ ދަތިކަން ފިލައިފި: އެމްބީއެސް

ލޭ ލިބުމުގެ ދަތިކަން ފިލައިފި: އެމްބީއެސް

26 އެޕްރީލް 2020

ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ޖެހޭ ލޭ ލިބުމުގައި ކުރިމަތިވި ދަތިތައް މިހާރު ހައްލުވެފައިވާ ކަމަށް، މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ޖެހޭ ލޭ ލިބުމުގައި ކުރިމަތިވި ދަތިތައް މިހާރު ހައްލުވެފައިވާ ކަމަށް، މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19އާ ގުޅިގެން ބްލަޑް ކޭމްޕްތައް ނުބޭއްވި، ލޭ ހަދިޔާކުރާ މީހުން މަދުވުމާ ގުޅިގެން ތިން ފަހަރެއްގެ މަތިން އެމްބީއެސްއިން ވަނީ އާއްމުންގެ އެހީތެރި ކަމަށް އެދިފަ އެވެ. އެންމެ ފަހުން މިިދިޔަ ހޯމަ ދުވަހު އާންމުންގެ އެހީތެރި ކަމަށް އެދުނުއިރު އެންމެ އާއްމުކޮށް އަޅަން ޖެހޭ ލޭ ގުރޫޕްތައް ކަމަށްވާ އޯ ޕޮޒިޓިވް އާއި ބީ ޕޮޒިޓިވްގެ އެއް ދުވަހަށް ބޭނުންވާ ވަރަށް ވެސް ލޭގެ ސްޓޮކް ނެތެވެ.

Eh dhuvahah vaavarahves ley neiy, hadhiyaa kohdhehvaa: MBS

Eh dhuvahah vaavarahves ley neiy, hadhiyaa kohdhehvaa: MBS

The most trusted news source in the Maldives

Mihaaru

އެއް ދުވަހަށް ބޭނުންވާ ވަރަށްވެސް ލޭ ނެތިގެން މިދިޔަ ހޯމަ ދުވަހު އިއުލާން ކުރުން

އެމްބީއެސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ދުވަހު އާންމުންގެ އެހީތެރިކަމަށް އެދުމުން ގިނަ ބަޔަކު ލޭ ހަދިޔާ ކުރަން އެޕޮއިންޓްމަންޓް ހެއްދި ކަމަށެވެ. އޭގެ ފަހުން ބޭނުންވާވަރަށް ލޭ ލިބޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ގިނަ ބަޔަކު އެޕޮއިންޓްމަންޓް އެބަ ހައްދާ. ތިގޮތަށް ދެމިތިބެން އެދެނީ. އޭރުން ލޭ ހޯދުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ،" އާމިރު ވިދާޅުވި އެވެ.

ލޭ ހަދިޔާ ކުރި މީހުންގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އިތުރުން އާންމުން ހިމެނެ އެވެ.

ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ހަފްތާއަކު 160 ޔުނިޓްގެ ލޭ އެމްބީއެސް އަށް ބޭނުންވެ އެވެ.

މީގެ ކުރިން އެމްބީއެސްގައި ލޭ މަދުވުމުން ލޭދޭނެ މީހުން ހޯދަން ޖެހުނީ ލޭއަޅާ ކުދިންގެ ބެލެނިވެރިންނެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވީ ނަމަވެސް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް އެމްބީއެސްއިން ހަމަޖައްސައި ދެ އެވެ. އެގޮތުން އެމްބީއެސްގެ ނަމްބަރު 3306089 އަށް ގުޅުމުން ލޭ ހަދިޔާ ކުރަން އައުމުގެ އިންތިޒާމް ހަމަޖައްސައި ދެ އެވެ.

އުމުރުން 18 އަހަރު ވެފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ ކޮންމެ މީހަކަށް ލޭ ހަދިޔާކުރެވޭނެ އެވެ. އެކަމަކު ލޭ ހަދިޔާކުރެވޭނީ އެ މީހެއްގެ ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތި މީހުންނަށެވެ. ހިމޮގްލޮބިން ކައުންޓާއި ލޭގެ ގްރޫޕް ނޭނގޭ ނަމަ އެމްބީއެސް އިން އެ ދެ ކަންތައް ބަލައިދެ އެވެ.

އެމްބީއެސްގައި ތެލަސީމިއާގެ 892 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓަރީ ވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި މި ވަގުތު ތިބީ 635 މީހުން/ކުދިންނެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން/ކުދިން މާލޭގައި، އަނެއް 50 ޕަސެންޓް ދިރިއުޅެނީ އެކި ރަށްރަށުގަ އެވެ.