24 މާޗް 2020
ކޮރޯނާވައިރަސް އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކާ އެކު، ލޭ ދޭ މީހުންގެ އަދަދު މަދުވެ އާންމުންގެ އެހީ އަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ގޮވާލުމާ އެކު ގިނަ ބަޔަކު އިޖާބަ ދިން ކަމަށާއި މިހާރު ހަފްތާއަކަށް ވާ ވަރަށް ލޭ ލިބިފައިވާ ކަމަށް އެމްބީއެސް އިން މިއަދު ބުނެފި އެވެ.
ކޮރޯނާވައިރަސް އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކާ އެކު، ލޭ ދޭ މީހުންގެ އަދަދު މަދުވެ އާންމުންގެ އެހީ އަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ގޮވާލުމާ އެކު ގިނަ ބަޔަކު އިޖާބަ ދިން ކަމަށާއި މިހާރު ހަފްތާއަކަށް ވާ ވަރަށް ލޭ ލިބިފައިވާ ކަމަށް އެމްބީއެސް އިން މިއަދު ބުނެފި އެވެ.
އެމްބީއެސްގެ އެސޯސިއޭޓް ޕީޑިއަޓްރިޓިސްޓް ޑޮކްޓަރު އަހުމަދު އުމަރު "މިހާރު" އަށް ވިދާޅުވީ، އެތަނުގައި މިހާރު 150 ޔުނިޓުގެ ލޭ އެބަހުރި ކަމަށެވެ. ހަފްތާއަކަށް އެ ތަނަށް އާންމުކޮށް ބޭނުން ވަނީ 160 ޔުނިޓުގެ ލެ އެވެ.
"މިހާރު އާންމުން ލޭ ހަދިޔާކުރަމުންދާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ ރަނގަޅު ވާނެ،" ޑޮކްޓަރު އުމަރު ވިދާޅުވި އެވެ.
Alhamdhulillah! Today we had 91 voluntary blood donors. Thank you once again for saving a life. @MoHmv @HPA_MV @ameenex #COVID19Maldives
— Maldivian Blood Services (@MBS_mv) March 22, 2020
އެމްބީއެސް އިން އާދިއްތަ ދުވަހު ކުރި ޓްވީޓެއް
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭން ފެނުމުން، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރިސޯޓުތަކުން ރަށްރަށަށް ދަތުރުކުރުން ސަރުކާރުން މަނާކުރި އެވެ. އެކަމުގެ ސަބަބުން ރިސޯޓުތަކުން ހިންގާ ލޭ ހަދިޔާކުރުމުގެ ކޭމްޕްތައް ހުއްޓި، އެމްބީއެސް އަށް ލޭ ލިބުން މަޑުޖެހުނެވެ.
އެމްބީއެސްގެ އިލްތިމާސްއާ އެކު އެކި ފަރާތްތަކުން ވަނީ ލޭ ހަދިޔާކޮށްފަ އެވެ.
"އެންމެ ގިނައިން ލޭ ހަދިޔާ ކުރީ ޒުވާނުން. މިކަމަށް ލިބުނު ރެސްޕޮންސްއާ ދޭތެރޭ ހިތްހަމަޖެހޭ، މިގޮތަށް ކުރިއަށް ގެންދަން އަޅުގަނޑުމެން އަބަދު ވެސް އެދެނީ،" އޭނާ ވިދާޅުވި އެވެ.
އުމުރުން 18 އަހަރުވެފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ ކޮންމެ މީހަކަށް ލޭ ހަދިޔާކުރެވޭނެ އެވެ. ލޭ ހަދިޔާކުރެވޭނީ އެ މީހެއްގެ ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތި މީހުންނަށެވެ. ހިމޮގްލޮބިން ކައުންޓާއި ލޭގެ ގްރޫޕް ނޭނގޭ ނަމަ އެމްބީއެސް އިން އެ ދެ ކަންތައް ބަލައިދޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ވަރަށް ގިނަ ކުޑަކުދިން ވެސް އަޅުގަނޑުމެންނާ ކޮންޓެކްޓް ކުރި، ލޭ ހަދިޔާކުރަން ބޭނުންވެގެން. ސަތާރަ އަހަރުގެ ކުދިން، އަދި 18 އަހަރު އަދި ނުވާ،" އޭނާ ވިދާޅުވި އެވެ.
މިކަމަށް ލިބުނު އެއްބާރުލުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ލޭ ހަދިޔާކުރުން އާދައަކަށް ހަދައިގެން، އެކަން ގަވާއިދުން ކުރަން ވެސް އޭނާ އެދިވަޑައިގަތެވެ. އަދި ލޭ ހަދިޔާކުރި އެންމެންނަށް ޝުކުރު އަދާކުރެއްވި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެކަނި ވެސް 91 މީހަކު ލޭ ހަދިޔާކުރި ކަމަށް އެމްބީއެސް އިން ބުނެފައި ވެ އެވެ.
ސިއްހަތު ރަނގަޅު މީހުންނަށް ކޮންމެ ތިން މަހަކުން ލޭ ހަދިޔާ ކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގޮތަށް ލޭ ހަދިޔާކުރުން އާދައަކަށް ހަދައިފި ނަމަ، އެމްބީއެސް އަށް ބޭނުންވާ ލޭ ލިބުމުގައި ދަތިކަމެއް ކުރިމައްޗެއް ނުވާނެ އެވެ.
"އަހަރަކު ހަތަރު ފަހަރަކު، ސިއްހަތު ރަނގަޅު މީހުންނަށް ލޭ ހަދިޔާކުރެވޭނެ. ރާއްޖޭގެ ތިން ޕަސެންޓު މީހުން ވެސް މިކަން ގަވާއިދުން ކުރާ ނަމަ، ލޭ ނެތިގެން އުޅޭކަށް ނުޖެހޭނެ،" އުމަރު ވިދާޅުވި އެވެ.
މި ދުވަސްވަރު، ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 3:00 އަށް ލޭ ހަދިޔާކުރެވޭނެ އެވެ.
ބްލަޑް ސާވިސްގައި ތެލަސީމިއާގެ 892 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓަރީ ވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި މި ވަގުތު ތިބީ 635 މީހުންނެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން މާލޭގައި ދިރިއުޅޭއިރު އަނެއް 50 ޕަސެންޓް މީހުން އުޅެނީ އެކި ރަށްރަށުގަ އެވެ.
ލޭ ހަދިޔާކުރާ މީހުންނާ ގުޅުވައިދޭ އެޕް ތައާރަފުކޮށްފި
ލޭ ލިބުމުގެ ދަތިކަން ފިލައިފި: އެމްބީއެސް
އެއް ދުވަހަށް ވާވަރަށް ވެސް ލޭ ނެތް، ހަދިޔާ ކޮށްދީ!
ލޭ ހަދިޔާކުރައްވާ! ރޯގާއާ ހެދި ލޭ ލިބުން ދަތިވެއްޖެ
ތެލެސީމިއާ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަނީ
ދަރުމައަށް ލޭ ދެނީ 33 ޕަސެންޓް މީހުން: އެމްބީއެސް
ތެލެސީމިއާ ދަފްތަރުގައި މި އަހަރު އަލަށް 13 ކުދިން
ރާއްޖޭގައި ކްރޮސްމެޗު ޓެސްޓު ސާމްޕަލް ނެގޭގޮތް ހަދައިފި
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ
އެލިޔާ އިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މާދަމާ ބާއްވަނީ