Roadha Mihaaru
މާލެއިން ރަށްރަށަށް ނުދޭ، ޕޮޒިޓިވްވެފައި ހުރެދާނެ!

މާލެ އިން ރަށަށް ދިއުމަކީ މިހާރު ކޮށްގެން ވާނެ ކަމެއް ނޫން: އަމީން

25 އެޕްރީލް 2020

މާލޭގައި މިހާރު އުޅޭ ކޮން މީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ހުރެދާނެ ކަމަށާއި އެހެންވެ، މާލޭގައި ތިބި އެއްވެސް މީހަކު މިވަގުތު އެހެން ރަށަކަށް ދިިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި މިހާރު އުޅޭ ކޮން މީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ހުރެދާނެ ކަމަށާއި އެހެންވެ، މާލޭގައި ތިބި އެއްވެސް މީހަކު މިވަގުތު އެހެން ރަށަކަށް ދިިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އަމީން ވިދާޅުވީ، މި ހާލަތުގައި މާލެ އިން ފުރައިގެން ރަށަަކަށް ދާން ޖެހޭނީ އެ ނޫން އެހެން ގޮތެއް ނެތިގެން ކަމަށެވެ. މާލެ އަށް އައީ ކުޑަވަގުތުކޮޅަކަށް ކަމަށް ވިޔަސް މާލޭގައި ހޭދަވި ވަގުތުގެ ތެރޭގައި ބައްދަލުވީ މީހުންގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ނުހިމެނޭކަން މިހާރު ކަށަވަރު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު މި މަހުގެ 15 ގައި މާލެ އިން ފުރަތަމަ ފަހަރަށް ފެނުނު ފަހުން މާލެ އިން އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރަ އެވެ. އެ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ މި މަހުގެ ނިޔަލަށް ލޮކްޑައުންކޮށް، ބަލި ފެތުރުނަ ނުދިނުމަށް ކުރިއަށް ވުރެ ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. މިއަދުގެ ބްރީފިންގައި މިނިސްޓަރު އަމީން ވަނީ އެ މުއްދަތު ހަމަވާއިރު ވެސް ލޮކްޑައުން ދޫކޮށްނުލެވޭނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އެއީ އަދިވެސް ހާލަތު ބަދަލު ނުވާތީ އެވެ.

"އެހެންވީމާ މިވަގުތުގައި އަޅުގަނޑުމެންގެ އަމާޒަކީ މާލެ އިން މީހަކު ރަށަށް ނުދިއުން. އެ ވިސްނުމުގައި މަސައްކަތް ކުރެވޭނީ. ކޮންމެހެން ދާން ޖެހިއްޖެ ހިނދެއްގައި ވަރަށް ގިނަ ކަންކަމަށް ބެލިގެން ނޫނިއްޔާ ނުއެއް ދެވޭނެ މިވަގުތުގައި. އެހެންވީމާ މާލެ އިން [މިވަގުތު] ރަށް ދިއުމަކީ އެއީ ކޮށްގެން ވާނެ ކަމެއް ނޫން،" އަމީން

އަަމީން ވިދާޅުވި ގޮތުގައި ހުރިހާ އެންމެން ވެސް މިހާރު ހޭދަކުރަމުން ދަނީ ދަތި އުނދަގޫ ދުވަސްތަކެކެވެ. މިވަގުތު ދަތި ހާލުގައި ތިބި މީހުންނަށް އެހީތެރިވުމަށް ސަރުކާރުން ކުރާ ހޭދައިގެ ބޭނުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިވަގުތުގައި އަޅުގަނޑުމެންގެ އަމާޒަކީ މާލެ އިން މީހަކު ރަށަށް ނުދިއުން. އެ ވިސްނުމުގައި މަސައްކަތް ކުރެވޭނީ. ކޮންމެހެން ދާން ޖެހިއްޖެ ހިނދެއްގައި ވަރަށް ގިނަ ކަންކަމަށް ބެލިގެން ނޫނިއްޔާ ނުއެއް ދެވޭނެ މިވަގުތުގައި. އެހެންވީމާ މިވަގުތު މާލެއިން ރަށް ދިއުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގައި ކޮންމެ މީހަކަށް ވެސް ބަލި ޖެހިފައި ހުރެދާނެ ކަމުގެ ނުރައްކާ އޮތްއިރު، އަތޮޅުތަކުގެ ބައެއް ރަށްތަކަކީ އަދި ބަލި ފެތުރިފައިވާ ތަންތަންކަން ވެސް ކަށަވަރު ނުވާ ކަމަށެެވެ. އެކަމަކު ވިދާޅުވީ، ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި ބަލި ފެތުރިފައި އޮވެދާނެ ކަމަށް، މިހާތަނަށް ލިބެން ހުރި މައުލޫމާތުތަކުން ނުބެލެވޭ ކަމަށެވެ.

"އެހެން ނަމަވެސް މިހާރު ވެސް އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް މި ބަލީގެ މީހުން ތިބެދާނެ ކަމަށް ގަބޫލު ކޮށްގެން އަޅުގަނޑުމެން މަސައްކަތް ކުރަނީ،" އަމީން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސްއާ މިއަދު ވާހަކަފުޅު ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީނާއި އެ ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު އަރްވިންދު އަރިހުގައި.---ފޮޓޯ: ހެލްތު މިނިސްޓްރީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސްއާ މިއަދު ވާހަކަފުޅު ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީނާއި އެ ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު އަރްވިންދު އަރިހުގައި.---ފޮޓޯ: ހެލްތު މިނިސްޓްރީ

ސާމްޕަލް ނެގުން ލަސްވާ ގޮތް ވެސް މެދުވެރިވި

ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓްވި މީހުންނާއި އެ ބަލީގެ އަލާމާތްތައް ހުރި މީހުން ފާހަގަވުމަށް ފަހުގައި ވެސް ސާމްޕަލް ނެގުމާއި ލަސްވިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަމީން ވިދާޅުވީ، މާލެ އިން ބަލި ފެނުނު ފަހުން އެ ގޮތަށް މެދުވެރިވި ކަމަށެވެ. އެއީ ކަރަންޓީނު ފެސިލިޓީ ތަކުގައި ވެސް ގިނަ އަދަދެއްގެ މީހުން ތިބެފައި، އޭގެ ތެރެއިން ދޫކޮށްލާ މުއްދަތު އައުމުން ޓެސްޓް ކުރަން ޖެހުނު މީހުންގެ ސާމްޕަލްތަަކާއި މާލޭގެ ކޭސްތަކުގެ ހައި ރިސްކް ސާމްޕަލްތައް އެއްފަހަރާ އައުމުން މެދުވެރިވި ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކަންކަން ހައްލު ކުރުމަށްޓަކައި މިހާރު ވެސް އަޅުގަނޑުމެން އާ އިންތިޒާމްތައް ހަމަޖައްސައި، އަޅުގަނޑަށް ގަބޫލު ކުރެވެނީ އެންމެ ފުރަތަމަ ދުވަހަށް ވުރެން މިހާރު އެ ކަންކަން އަވަސް ކުރެވި، މިހާރު އެ ކަންކަން ހައްލު ކުރެވެމުން ދާ ކަމަށް. އަދި ޓެސްޓް ކުރުމުގެ ކެޕޭސިޓީ މިހާރު އިތުރު ކުރެވިފައި ވަނީ،" އަމީން ވިދާޅުވި އެވެ.