Roadha Mihaaru
އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެއްޖެ

އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެއްޖެ

23 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ވަންދެން 5،000ރ. ގެ އިނާޔަތެއް ސަރުކާރުން ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ވަންދެން 5،000ރ. ގެ އިނާޔަތެއް ސަރުކާރުން ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވަމުންދާ ގެއްލުންތަކާ ހެދި ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި މުސާރަތައް ދަނީ ކުޑަ ކުރަމުންނެވެ. އެހެންވެ، އެފަދަ މީހުންނަށް ސަރުކާރުން މާލީ އިނާޔަތެއް ހަމަޖައްސައިދޭނެ ކަމަށް ކުރިން އިއުލާން ކުރިޔަސް، ދޭނީ ކިހާ އަދަދެއް ކަން ސަރުކާރުން އޭރު ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗް މަހުން ފެށިގެން ވަޒީފާ އިން ވަކިކުރި މީހުންނާއި ވަކި މިންވަރަށް ވުރެ މުސާރަ ކުޑަކުރި މީހުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި ދޭނީ 5،000ރ. ގެ އިިނާޔަތެއް ކަމަށެވެ. އެ ފައިސާ ތިން މަހު ދޭ ގޮތަށް ހަމަޖެހިފައި އޮތަސް، އެ އަށް ވުރެ އިތުރަށް ދިނުމާ މެދު ގޮތެއް ނިންމާނީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައިވަނީ މަހެއްގެ މައްޗަށް 5،000ރ.، އެގޮތަށް ތިން މަހަށް އޭޕްރީލް، މެއި، ޖޫންއާ ހަމައަށް ދޭން. ދެން ކުރިއަށް އޮތް ތަނަށް އަނެއްކާވެސް އަޅުގަނޑުމެން ހާލަތަށް ރިއާޔަތްކޮށް، ރިވިއުކޮށް ފައިސާ ހޯދޭނެ ގޮތްގޮތް ހޯދައިގެން އެކަން ކުރުމަށް،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން އިއުލާންކުރި 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހީގެ ޕެކޭޖްގެ އެހީއަށް އެދި 700 އަށް ވުރެ ގިނަ ފަރާތުން ހުށަހެޅި އެވެ. އެކަމަކު، އެ ފައިސާ ދޫކުރުން ލަސްވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބޭންކްތަކުގެ ޚިދުމަތްތައް ދިނުމަށް ބުރޫ އެރުމުން ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަން ހައްލުކޮށް، އަންނަ ހަފުތާގައި 150 އެއްހާ ފަރާތަށް ފައިސާ ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިގެންނާއި މުސާރަ ކުޑަ ކުރުމުން އޮންލައިކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް ދަތިތަކެއް ކުރިމަތިވި ކަމަށާއި އަދި އެކަމަށް ޚާއްސަ ސެންޓަރެއް ގާއިމް ކުރަން ކުރި މަސައްކަތް ކުރިއަށް ނުގެންދެވުނީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ދޭ ފައިސާ ދޫކުރެވެނީ އެ ފައިސާ ހައްގުވާ މީހުންނަށްތޯ ކަށަވަރު ކުރުމުގައި ވެސް މިވަގުތު ދަތިތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް އެބަޖެހޭ ކޮންމެވެސް ޔަގީން ކަމެއް ހޯދަން ފައިސާ ދޫކުރެވޭ ފަރާތަކީ ހަގީގީ އަސްލު ފަރާތްތޯ. މި ކަމުގައި ވެސް ވަރަށް އުނދަގޫ އެބަހުރި. އަޅުގަނޑުމެން ބޭނުންވާ ލެވެލް އަށް ވެރިފިކޭޝަން ގެންދަން އުނދަގޫ ލޮކްޑައުން ވެފައި، ބަންދުވެފައި ތިބީމާ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން އިއުލާންކުރި 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހީގެ ޕެކޭޖްގެ އެހީއަށް އެދި 700 އަށް ވުރެ ގިނަ ފަރާތުން ހުށަހެޅި އެވެ. އެކަމަކު، އެ ފައިސާ ދޫކުރުން ލަސްވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބޭންކްތަކުގެ ޚިދުމަތްތައް ދިނުމަށް ބުރޫ އެރުމުން ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަން ހައްލުކޮށް، އަންނަ ހަފުތާގައި 150 އެއްހާ ފަރާތަށް ފައިސާ ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާދިއްތަ ދުވަހުގެ ހިސާބުގައިި ވިޔަފާރިތަކަށް ފައިސާ ދޫކުރަން ފެށޭނެ،،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގްތިސާދީ ޕެކޭޖްގެ ބޭނުމަކީ ކުރިއަށް އޮތް ތިން މަހަށް ވިޔަފާރިތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައި ދިނުން ކަމަށެވެ. އަދި މިހާލަތު ކުރިމަތިވުމުން އެންމެ މަހަކު ވިޔަފާރި ކުރިއަށް ގެންދެވޭނެ ގާބިލްކަން ވެސް ގިނަ ވިޔަފާރިތަކުގައި ނެތް ކަން ހާމަވި ކަމަށާއި އެކަން އެގޮތަށް މެދުވެރިވީ މާލީ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ލުއިތަކެއް ދެވިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީފާ ގެއްލޭ މީހުންނަށް 5،000ރ. ގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން އެތައް ބަޔަކު ވަޒީފާ ގެއްލުމުގެ އިތުރުން މުސާރަ ނުލިބޭ ގޮތަށް ދިގު މުއްދަތަށް ޗުއްޓީއަށް ވެސް ވަނީ ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާގެ މުވައްޒަފުން ވެސް ހިމެނެ އެވެ.