17 އެޕްރީލް 2020
ކޮވިޑް-19 ގެ ބަލީގެ މީހުންނަށް، ފަރުކޮޅުފުށީގައި ފަރުވާ ދޭން އަލުން ފަށައިފި އެވެ.
ކޮވިޑް-19 ގެ ބަލީގެ މީހުންނަށް، ފަރުކޮޅުފުށީގައި ފަރުވާ ދޭން އަލުން ފަށައިފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް-19 އަށް މާލެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުން ހުޅުމާލޭގެ ދެވަނަ ފޭސްއާ ޖެހިގެން އޮންނަ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.
އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ނަޒްލާ ވިދާޅުވި އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ އިން މިހާތަނަށް ވަނީ އަށް މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ.
އެންއީއޯސީގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ކުރިން ވިދާޅުވެފައި ވަނީ ފަރުކޮޅުފުށީގައި ފަރުވާ ދޭނީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ހައި ރިސްކް މީހުންނަށް ކަމަށެވެ.
ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ބަލި ފެތުރެން ފެށުމުން، ކަރަންޓީނުކުރަން ނުވަތަ އައިސޮލޭޓް ކުރަން އެންމެ ފުރަތަމަ ހަމަޖެއްސި އެއް ތަނަކީ ފަރުކޮޅުފުއްޓެވެ. އޭރު އެތަން ބޭނުންކުރަން ފެށީ ވެސް މަރާމާތަށްފަހުގަ އެވެ. އޭގެ ފަހުން ފަރުކޮޅުފުށީގައި ބައެއް މީހުން އައިސޮލޭޓް ވެސް ކުރި އެވެ. ނަމަވެސް ބައެއް ޝަކުވާތަކާ ގުޅިގެން މަރާމާތަށް އެތަން ބަންދުކުރުމަށްފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަށް ފަރުވާދީފައިވަނީ އއ. ވެލިދޫ ރިސޯޓުގަ އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ފަރުކޮޅުފުށި މަރާމާތުކުރުމަށް 5.9 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. އެތަނުގެ އެނދުގެ އަދަދު ވެސް ވަނީ 50 އަށް އިތުރުކޮށްފަ އެވެ.
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ
ފިލިޕިންސުން އައި މީހުން ދޫކުރުން މަޑުޖައްސާލައިފި
ކަރަންޓީން ހަމަވި 49 މީހަކު ދޫކޮށްލަން ޓެސްޓްކޮށްފި
އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަދީފި
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
ބޮޑެތި ފަރުވާ ބޭނުންވާ 37 މީހަކު މާދަމާ ފުރާނެ
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
މާމެންދޫ، ގެމަނަފުށި މޮނިޓަރިންއަށް ލާން ގޮތް ނިންމަނީ
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"