19 އެޕްރީލް 2020
ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތަކުގެ ތެރެއިން ހަ ވެންޓިލޭޓަރެއް މިއަދު ލިބިފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތަކުގެ ތެރެއިން ހަ ވެންޓިލޭޓަރެއް މިއަދު ލިބިފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި، އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރި ކަމަށެވެ. އޭގެ ތެރެއިން، އެ ވަގުތަކު ލިބެންހުރި ވެންޓިލޭޓަރެއް ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދޭން ބޭނުންކުރާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސީދާ، މިވަގުތު އެ ބަލީގެ މީހުންނަށް ފަރުވާ ދޭން ހުރި ވެންޓިލޭޓަރުތަކުގެ އަދަދެއް ވިދާޅެއް ނުވެ އެވެ.
ސަރުކާރުން އަންނަނީ 56 މިލިއަން ރުފިޔާ ހަރަދުކޮށްގެން 151 ވެންޓިލޭޓަރު ގެންނަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން މިއަދު ރާއްޖެ އައިސްފައިވަނީ ޓްރާންސްޕޯޓަބްލް ހަ ވެންޓިލޭޓަރެވެ.
މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވާ މެޑްޓެކް އަދި ނާޑްގެ ބައެއް ވެންޓިލޭޓަރުތައް ކުރިއަށް އޮތް 3-4 ދުވަސް ތެރޭގައި ލިބޭނެ ކަމަށެވެ. އޭގެ ތެރެއިން މެޑްޓެކް އިން ގެންނަ 18 ވެންޓިލޭޓަރު އަންނަ ބުދަ ދުވަހު ހިސާބުގައި އަދި ނާޑުން ގެންނަ 20 ވެންޓިލޭޓަރު އަންނަ ހަފުތާގެ އަންގާރަ ދުވަހު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ވެންޓިލޭޓަރު ހޯދުމަށް ދެން މަސައްކަތް ކުރަމުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށެވެ. އެ ޖަމިއްޔާ މެދުވެރިކޮށް، ބޭރުގެ އެހެން ކުންފުންޏެއްގެ އަތުން ގެންނަން ހަމަޖައްސާފައިވަނީ އައިސީޔޫގައި ބަހައްޓާ 65 ވެންޓިލޭޓަރު އަދި ދަތުރުމަތީގައި ވެސް ބޭނުންކުރެވޭ ކަހަލަ 10 ވެންޓިލޭޓަރެވެ. އެ އެއްޗިއްސަށް 34 މިލިއަން ރުފިޔާ ހަރަދުވާއިރު ސަރުކާރުން މިހާރު ވަނީ އެ ވެންޓިލޭޓަރުތަކަށް އެޑްވާންސްގެ ގޮތުގައި 75 ޕަސެންޓު ދައްކައިފަ އެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މާލޭގައި ކުއްލިއަކަށް އިތުރުވުމާ އެކު، ފަރުވާ ދޭން ބޭނުންވާ ވަސީލަތްތައް އިތުރުކުމުގެ މަސައްކަތް ވެސް ވަނީ ހަލުވިކޮށްފަ އެވެ. މިއަދުގެ މިހާ ހިސާބަށް ރާއްޖޭން ވަނީ 52 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. މިއަދު އެކަނިވެސް 17 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ
ވެންޓިލޭޓަރު ގެންނަ ކުންފުނިތައް އާންމުކޮށްފި
ކަރަންޓީން ހަމަވި 49 މީހަކު ދޫކޮށްލަން ޓެސްޓްކޮށްފި
ސިއްހީ ހިދުމަތްތެރިން ދޫދިނުމެއް ނެތް: މަބްރޫކް
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
އެޗްއީއޯސީ: އޮޕަރޭޝަން ކުޑަ، ކުރާނީ އެއް ކަމެއް
ބޮޑެތި ފަރުވާ ބޭނުންވާ 37 މީހަކު މާދަމާ ފުރާނެ