15 އެޕްރީލް 2020
ކޮރޯނާވައިރަހާ ގުޅިހެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެ އަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ކުންފުނިތަކުގެ މައުލޫމާތު ސަރުކާރުން މިރޭ އާންމުކޮށްފި އެވެ.
ކޮރޯނާވައިރަހާ ގުޅިހެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެ އަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ކުންފުނިތަކުގެ މައުލޫމާތު ސަރުކާރުން މިރޭ އާންމުކޮށްފި އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި، ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ 1.3 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގެންނަ ހަ ޕޯޓަބްލް ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ "ނާޑް" ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ. އަދި 20 އައިސީޔޫ ބެޑް ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ވެސް "ނާޑް" ކުންފުންޏާ އެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ގަވާއިދުގެ ތެރެއިން ގެންނަން ނިންމާފައިވާ 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ "މެޑްޓެކް" ކުންފުންޏާ އެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލުކުރީ 14 މިލިއަން ރުފިޔާ އަށެވެ.
ސަރުކާރުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ވެސް ވެންޓިލޭޓަރުތަކެއް ގެންނަން މަސައްކަތް ކުރަމުންނެވެ. އެ ޖަމިއްޔާ މެދުވެރިކޮށް، ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ގެންނާށެވެ. އެއީ 34 މިލިއަން ރުފިޔާ އަށެވެ.
އެ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދޫކޮށްފައި ވަނީ މަބްރޫކް ވިދާޅުވި ގޮތުގައި، ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް އެކަންޏެވެ. އެ ކުންފުންޏަަށް ވަނީ މަސައްކަތުގެ އަގުގެ 75 ޕަސެންޓް ދައްކައިފަ އެވެ.
ކުރިން ބޭއްވި މީޑިއާ ބްރީފިންއެއްގައި، ނޫސްވެރިއެއްގެ ސުވާލަކަށް މަބްރޫކް ޖަވާބު ދެއްވަނީ: ވެންޓިލޭޓަރު ގަތުމަށް މިހާތަނަށް ފައިސާ ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް އެކަނި ކަމަށް މިރޭ ވިދާޅުވި. އެއީ މަސައްކަތުގެ އަގުގެ 75 ޕަސެންޓު.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މި ކުންފުނިތަކުގެ އިތުރުން ބޭރުގެ އެކި ފަރާތްތަކުން ވަނީ 28 ވެންޓިލޭޓަރު ރާއްޖެ އަށް ހަދިޔާ ކުރާނެކަން ކަށަވަރުކަން ދީފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެއީ ޔުނިސެފުން ތިން ވެންޓިލޭޓަރު، ވޯލްޑް ބޭންކުން 18 ވެންޓިލޭޓަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަރާތުން ހަތަރު ވެންޓިލޭޓަރު އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ން ތިން ވެންޓިލޭޓަރެވެ.
ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ރާއްޖެ ގެންނަން މަސައްކަތްކުރާ 151 ވެންޓިލޭޓަރަށް 56.3 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ސަރުކާރުގެ އަމާޒަކީ އެ ބައްޔަށް ފަރުވާ ދިނުމަށް ޖުމްލަ 200 ވެންޓިލޭޓަރު ގެނައުމެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް ވެންޓިލޭޓަރު ހޯދުމަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މަސައްކަތް ކުރުމާއި ދަތުރުފަތުރުތައް ހުއްޓާލާފައި އޮތުމުން އެ އެއްޗެހި ގެނައުން ވަނީ ލަސްވެފަ އެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި ސަރުކާރަށް ވަނީ ކޮރަޕްޝަނާ ގުޅޭގޮތުން އެކި ތުހުމަތުތައް ކޮށްފަ އެވެ. އެކަމަށް ޖަވާބު ދެއްވަމުން މަބްރޫކް ރޭ ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް ވިދާޅުވާން ވަރަށް ފަސޭހަވާނެ ކަމަށެވެ. ނަމަވެސް އެކަން ޔަގީން ކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ކޮރަޕްޝަނާއި ވައްކަމުގެ މައުލޫމާތު ހިއްސާ ކުރަން ހާއްސަ ޕޯޓަލެއް އޮންނަ ކަމަށް ވިދާޅުވި އެވެ.
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ
ކޮވިޑް-19 އަށް ހާއްސަކޮށް ހަ ވެންޓިލޭޓަރެއް ގެނެސްފި
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ
ކަރަންޓީން ހަމަވި 49 މީހަކު ދޫކޮށްލަން ޓެސްޓްކޮށްފި
އެޗްއީއޯސީ: އޮޕަރޭޝަން ކުޑަ، ކުރާނީ އެއް ކަމެއް
ބޮޑެތި ފަރުވާ ބޭނުންވާ 37 މީހަކު މާދަމާ ފުރާނެ
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
މާމެންދޫ، ގެމަނަފުށި މޮނިޓަރިންއަށް ލާން ގޮތް ނިންމަނީ