Roadha Mihaaru
އެންމެ ހެޔޮކޮށް ކުކުޅު ލިބޭނީ "ކުކުޅު ފިހާރަ" އިން

އެންމެ އަގު ހެޔޮކޮށް ކުކުޅު ލިބޭނީ "ކުކުޅު ފިހާރަ" އިން

14 އެޕްރީލް 2020

މާލޭގައި ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި ހޯލްސޭލްކޮށް ރީޓެއިލް ކުރާ "ކުކުޅު ފިހާރަ" އިން މި ދުވަސްވަރާ ދިމާކޮށް ކުކުޅުގެ އަގު ހެޔޮކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭގައި ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި ހޯލްސޭލްކޮށް ރީޓެއިލް ކުރާ "ކުކުޅު ފިހާރަ" އިން މި ދުވަސްވަރާ ދިމާކޮށް ކުކުޅުގެ އަގު ހެޔޮކޮށްފި އެވެ.

ކުކުޅު ފިހާރައިގެ މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، އެ ފިހާރައިން ވިއްކާ ކުކުޅުގެ އަގުތައް އެހާ ބޮޑަށް ހެޔޮކޮށްފައި ވަނީ މި ދުވަސްވަރު މީހުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

"މި ދުވަސްވަރު ކުކުޅު މި ވިއްކަނީ ހަމަ ގާތްގަނޑަކަށް ކޮސްޓުގައި. ރޯދަ މަހު ވެސް މި އަގުތަކުގައި ވިއްކަން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.

"ކުކުޅު ފިހާރަ"އިގެ ތިން ތަން ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. އަދި ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ.

އެ ފިހާރަތަކުން ކުރިން 35ރ. އަށް ވިއްކާ ކުކުޅު މިހާރު ވިއްކަނީ 23ރ. އަށެވެ. ނަޝާތު ވިދާޅުވީ، ކުކުޅުގެ އަގު އެހާ ބޮޑަށް ހެޔޮ ކުރުމުން، އޭގެ ކޮލިޓީއާ މެދު ބައެއް މީހުން ސުވާލު ކުރާ ކަމަށާއި އެހެން ނަމަވެސް އެ ތަކެއްޗަކީ ކޮލިޓީ ރަނގަޅު އުފެއްދުންތަކެއް ކަމަށެވެ. އަދި މިހާރު އެ ފިހާރައިން ވިއްކާ ޝިޕްމެންޓްގެ މުއްދަތު ހަމަވާނީ ވެސް އަންނަ އަހަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުކުޅު ފިހާރައިން ފްރޯޒަން ކާބޯތަކެތި އެތެރެ ކުރަނީ ބްރެޒިލުންނެވެ.

ކުކުޅުގެ އަގުތައް

އެ ފިހާރައިން 800 ގްރާމް ކުކުޅެއް 23ރ. އަށް ލިބޭ އިރު 900 ގްރާމްގެ ކުކުޅެއް ލިބެނީ 27ރ. އަށެވެ. އަދި 1،000 ގްރާމް ކުކުޅެއް 29ރ.، 1،100 ގްރާމު ކުކުޅެއް 32ރ.، 1،200 ގްރާމް ކުކުޅެއް 35ރ.، 1،300 ގްރާމް ކުކުޅެއް 38ރ.، 1،400 ގްރާމް ކުކުޅެއް 40ރ. އަށް ލިބޭނެ އެވެ.

ކުކުޅުގެ އިތުރުން އެ ފިހާރައިން ބީފް އާއި ސޮސެޖާއި ޗީޒް ފަދަ ބާވަތްތައް ވެސް ލިބެ އެވެ. މި ބާވަތްތައް ވެސް ވަނީ ވަރަށް ބޮޑަށް އަގު ހެޔޮކޮށްފަ އެވެ. "ކުކުޅު ފިހާރަ 3" އިން މި ތަކެތީގެ އިތުރުން ފިޔާ، އަލުވި، ބިސް އަދި ތަރުކާރީގެ ބާވަތްތައް ވެސް ލިބެން ހުންނާނެ އެވެ. އެ ފިހާރައިން ބިހެއް ވިއްކަނީ 1ރ. އަށެވެ.

ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު ހިލޭ ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެެވެ. ޑެލިވަރީ ކުރަން ހުޅުމާލެ އިން ނަމަ 9666575 އަށް، އަދި މާލެއިން ނަމަ 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.