އައްޑޫގެ އާ ހޮސްޕިޓަލް، އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ކުރާ މައިބަދައިގެ ފުރަތަމަ އޮޕަރޭޝަނަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް މިއަދު އައްޑު އަށް ހިނގައްޖެ އެވެ. މި ޓީމުގައި ކަށީގެ މަޝްހޫރު ޑރ. ޔޫސުފް ޝާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
13 އެޕްރީލް 2020
އައްޑޫގެ އާ ހޮސްޕިޓަލް، އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ކުރާ މައިބަދައިގެ ފުރަތަމަ އޮޕަރޭޝަނަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް މިއަދު އައްޑު އަށް ހިނގައްޖެ އެވެ. މި ޓީމުގައި ކަށީގެ މަޝްހޫރު ޑރ. ޔޫސުފް ޝާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މާދަމާ އޮޕަރޭޝަންތައް ކުރަން ފަށަން ނިންމާފައިވާއިރު މާދަމާ އެކަނި ވެސް ދެ މީހެއްގެ މައިބަދައިގެ އޮޕަރޭޝަން ކުރަން ވަނީ ނިންމައިފަ އެވެ.
ކުރީގެ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ގާއިމްކޮށްފައިވާ މި ހޮސްޕިޓަލުގައި މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. އެ ފަހަރު އޮޕަރޭޝަން ކޮށްފައިވަނީ އުކުޅުވަޅުގެ ހުޅު ބިންދައިގެން ދިޔަ އުމުރުން 82 އަހަރުގެ އަންހެނެއްގެ ކަށިގަނޑު ތެދުކުރުމަށެވެ.
އެ ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ދާދިފަހުން ކިޔަވައި ވިދާޅުވެގެން ވަޑައިގެން ޑޮކްޓަރު މުހައްމަދު މުންޝިދެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހިދުމަތް ދޭން ފެށި، އޭއީއެޗްއަކީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. ކުރިން އައްޑޫގައި އެންމެ ފުޅާކޮށް ހިދުމަތް ދިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރުމަށް ހުރީ އެންމެ ތިއޭޓަރެއް ނަމަވެސް، އޭއީއެޗުގައި ހިދުމަތް ފެށީ ފަސް ތިއޭޓަރާ އެކު އެވެ.
އައްޑޫ އާ ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ތަނެކެވެ.
އައްޑޫ އާ ހޮސްޕިޓަލުން ބޮޑު އޮޕަރޭޝަނެއް ކޮށްފި
ޝައްކުވާ މީހަކަށް ފަރުވާދިން މީހުން އެކަހެރިވެއްޖެ
އައްޑޫގައި އެކްސިޑެންޓުވި މީހާގެ ހާލަތަށް ބަދަލެއް ނާދޭ
އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް ކުރިއެރުންތައް ބޭނުންވޭ
އައިޖީއެމްއެޗުގެ އައިނު ފިހާރަ ކިޔޫގައި 1267 މީހުން
ސަރުކާރުގެ އައިނު ފިހާރައިން 100 އެއްހާ އައިނު
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
އައިޖީއެމްއެޗްގައި ލޭގެ ބަލިތަކަށް ފަރުވާ ދޭން ފަށަނީ
އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ އިތުރުވެއްޖެ
އައިޖީއެމްއެޗުގައި އާ ހިދުމަތްތަކެއް މި އަހަރު ފަށަނީ