Roadha Mihaaru
އައްޑޫގައި އެކްސިޑެންޓުވި މީހާގެ ހާލަތަށް ބަދަލެއް ނާދޭ

މަރަދޫފޭދޫގައި އެކްސިޑެންޓުވި މީހާގެ ހާލަތަށް ބަދަލެއް ނާދޭ

18 ސެޕްޓެމްބަރ 2019

ސ. މަރަދޫފޭދޫގައި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސ. މަރަދޫފޭދޫގައި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.

ލިންކްރޯޑާ ގުޅޭ ހިސާބުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ޒަހަމްވި 55 އަހަރުގެ ފިރިހެނަކަށް އިއްޔެރޭ ފަތިހުން ފެށިގެން އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

އޭނާގެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުނީ އައިޖީއެމްއެޗަށް ގެންގޮސް ވަގުތުން ސީޓީ ސްކޭން ހަދައި އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު ހާލަތަށް ބަދަލެއް ނާންނަ ކަމަށް ބުންޏެވެ.

"ޑޮކްޓަރުން ވެސް ބުނީ އިތުރަށް ދެން ދޭނެ ފަރުވާއެއް އެނގޭނީ ރެސްޕޮންޑް ކޮށްގެންނޭ. އެހެންވެ އަދި ނޭނގޭ. ކުރީގައި ވެސް އޮތް ހާލަތުގައި އޮތީ،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ އެކްސިޑެންޓު ހިނގީ ޝަންގްރިއްލާ ރިސޯޓުގައި މަސައްކަތްކުރާ އެ މުވައްޒަފުގެ އޯފް ދުވަހު، ރަށު ތެރޭގައި ދުއްވާލުމަށް ފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ. އެ އެކްސިޑެންޓަށްފަހު އަނެއް ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ ފިލި އެވެ. ނަމަވެސް އެ ކުއްޖާ ވެސް ޒަހަމްވެފައި ވާތީ ފަރުވާ ހޯދަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަހުން ދިޔަ އެވެ.