ކޮރޯނާވައިރަސް ފެތުރެން ފެށުމުން ގައުމުތަކުން އެޅި ފިޔަވަޅުތަކާ ހެދި ދަތުރުފަތުރު ހުއްޓުމަކަށް އައުމުން ގައުމަށް ނުދެވިި، ރާއްޖޭގައި ތާށިވި ސައުތު އެފްރިކާ އާއި މޮރިޝަސް މީހުން ގޮވައިގެން މޯލްޑިވިއަން އިން ދިގު ދަތުރަކަށް މިއަދު ފުރައިފި އެވެ.
11 އެޕްރީލް 2020
ކޮރޯނާވައިރަސް ފެތުރެން ފެށުމުން ގައުމުތަކުން އެޅި ފިޔަވަޅުތަކާ ހެދި ދަތުރުފަތުރު ހުއްޓުމަކަށް އައުމުން ގައުމަށް ނުދެވިި، ރާއްޖޭގައި ތާށިވި ސައުތު އެފްރިކާ އާއި މޮރިޝަސް މީހުން ގޮވައިގެން މޯލްޑިވިއަން އިން ދިގު ދަތުރަކަށް މިއަދު ފުރައިފި އެވެ.
ސައުތު އެފްރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ސައުތު އެފްރިކާގެ 40 މީހަކާއި މޮރިޝަސްގެ 11 މީހަކު ރާއްޖޭގައި ތާށިވީ އެމިރޭޓްސް އިން ޓިކެޓު ނެގި ފަހުން އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް މެދުކަނޑައިލުމުންނެވެ. އޭގެ ފަހުން ގަތަރު އެއާވޭސް އިން ޓިކެޓު ނެގި ފަހުން އެ އެއާލައިންގެ ދަތުރުތައް ވެސް، ކޮވިޑް-19 ގެ ސަބަބުން ވަގުތީ ގޮތުން މެދުކަނޑާލުމުން އެ މީހުންނަށް ގޮތް ހުސްވީ އެވެ.
A special #Maldivian Charter took off a short while ago from @VelanaAirport taking #Mauritians & #SouthAfricans home to their families & loved ones.#Mauritius#Johannesburg#TakingYouHome ✈️ pic.twitter.com/CjlhSbsMPt
— Maldivian (@MaldivianAero) April 11, 2020
އެ މީހުންގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ. ދެން ތިބީ އެކި ވޯކް ވިސާގައި ރާއްޖޭގައި ތިބި މީހުންނެވެ.
މި މީހުން ގޮވައިގެން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކުރާ ދަތުރުގައި އެންމެ ފުރަތަމަ ދާނީ މޮރިޝަސް އަށެވެ. މޮރިޝަސް އަށް 11 މީހުން ބޭލުމަށް ފަހު، ތެޔޮ އަޅައިގެން ދެން ފުރާނީ ސައުތު އެފްރިކާ އަށެވެ. ދަތުރަށް ފަހުން އެނބުރި ރާއްޖެ އަންނާނީ ވެސް މި މަގުންނެވެ.
މުހައްމަދު އަލީ ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށް، ސައުތު އެފްރިކާ އާއި މޮރިޝަސް މީހުން އަނބުރާ ފޮނުވައިލެވުނީ ތިން ހަފުތާއެއްހާ ދުވަހުގެ މަސައްކަތުން ކަމަށެވެ. އެކަމުގައި މޯލްޑިވިއަން އިން އެއްވެސް ފައިދާއެއް ނުނަގައި ދަތުރު ހަމަޖައްސައިދިންކަން އޭނާ ފާހަގަކުރެއްވި އެވެ.
Have the safest journey back home. 40 South Africans & 11 Mauritians heading back home from #Maldives | A very special thanks to @MaldivianAero. Thank you staff of @MoFAmv & @MoTmv #StaySafe #StayAtHome #Covid_19 pic.twitter.com/EWP2mRXLbg
— Mohamed Ali (@falimmali) April 11, 2020
ސައުތު އެފްރިކާއަށް ކަނޑައަޅާފައިވާ ރާއްޖޭގެ ކޮންސުލް، މުހައްމަދު އަލީ ކުރެއްވި ޓްވީޓް
"ފަސިންޖަރުންގެ މެދުގައި ޓިކެޓުގެ އަގު ހަމަޖައްސައިގެން ދަތުރުކުރީ. އެއީ ބައެއް މީހުންނަށް މާ ބޮޑު ހަރަދެއް ކުރެވެން ނެތީމަ، ވަކިން ގްރޫޕެއް ހަދައިގެން އެ މީހުން އަމިއްލައަށް ހަމަޖެއްސީ،" މުހައްމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައުތު އެފްރިކާ މީހުން ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ގައުމުގެ ސަރުކާރުން އެދުނު ކަމަށެވެ. އެހެންވެ އެމީހުން ފުރުވައިލެވޭނެ ގޮތެއް ބަލައި މޯލްޑިވިއަންއާ މަޝްވަރާކުރީ ކަމަށް ވިދާޅުވި އެވެ.
ދަތުރުތައް ކެންސަލްކުރިއިރު އެ މީހުން ތިބީ އެކި ރިސޯޓުތަކުގަ އެވެ. އެހެންވެ ދެމަފިރިއަކު ފިޔަވައި ބާކީ ތިބި އެންމެން އޮޅުވެލި ރިސޯޓަށް ބަދަލުކޮށް، އެ ތަނަށް ޓޫރިސްޓުންގެ އަތުން ދައްކަންޖެހޭ އަދަދު ވެސް ވަރަށް ބޮޑަށް ކުޑަކޮށްދިން ކަމަށް ވިދާޅުވި އެވެ.
މޮރިޝަސް އަދި ސައުތު އެފްރިކާ މީހުން، އެ މީހުން ގައުމަށް ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަނީ.-- ފޮޓޯ: މުހައްމަދު އަލީ
ނުފުރި ރާއްޖޭގައި ތާށިވެފައި ތިއްބާ ސަރުކާރުން ކޮށްދިން ކަންތައްތަކުގެ ސަބަބުން ސައުތު އެފްރިކާ މީހުންގެ ހިތުގައި ރާއްޖެ އަށް ހާއްސަ ލޯތްބެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"އެ މީހުން ވަރަށް އުފަލުން ތިބީ ރާއްޖެ އިން ދިޔައިރު. މި ކަންތައްތަކުގެ ސަބަބުން ރާއްޖެއާ މެދު އެ މީހުން ވަރަށް ޕޮޒިޓިވްކޮށް ދެކޭނީ،" މުހައްމަދު އަލީ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން އަންނަނީ އެހެން ގައުމުތަކުގައި ނާދެވިފައި ތިބި ދިވެހިން ގެންނަން ވެސް ދަތުރުތައް ކުރަމުންނެވެ. އަދި ކާގޯ ފްލައިޓްތައް ވެސް އަންނަނީ ބާއްވަމުންނެވެ.
ސާފުބޯޑު އުފުލުމުގެ ފީ ރައީސް ވިދާޅުވިގޮތަށް ކުޑަކޮށްފި
އެފްރިކާ އިން ގަމަށް ދަތުރުތައް ފަށައިފި
އެފްރިކާ އިން ގަމަށް ނޮވެމްބަރު މަހު ދަތުރުތައް ފަށަނީ
އާ އެއާޕޯޓުތަކާ އެކު ބޭނުން ވަނީ އެނދު
މޯލްޑިވިއަންގެ އިތުރު ދެ ސީ ޕްލޭން ގެންނަނީ
އާޓާ އިން ސައުތު އެފްރިކާގައި ރާއްޖެ އިސްތިހާރު ކުރަނީ
މޯލްޑިވިއަން އިން ޑިޒްނީލޭންޑަށް ދަތުރެއް ދެނީ
މޯލްޑިވިއަނުން ބޯޓުގަންނަން 2ވަނަ ފަހަރަށް ހުޅުވާލައިިފި
ފުރަތަމަ ދެ މަހުގެ ޓީޖީއެސްޓީ 7.5 ޕަސެންޓު ދަށަށް
އިކޮނޮމީ ސީޓު ގަންނަން ދައްޗެއް ނުވާނެ: މޯލްޑިވިއަން