Roadha Mihaaru
ކްލޫނީގެ ދެމަފިރިންގެ ފަރާތުން އެއް މިލިއަން ޑޮލަރު

ޖޯޖް ކްލޫނީގެ ދެމަފިރިންގެ ފަރާތުން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި

12 އެޕްރީލް 2020

ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް ހުޅުވާފައިވާ ރިލީފް ފަންޑްތަކަކަށް، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އަންހެނުން އަމާލް ކްލޫނީގެ ފަރާތުން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް ހުޅުވާފައިވާ ރިލީފް ފަންޑްތަކަކަށް، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އަންހެނުން އަމާލް ކްލޫނީގެ ފަރާތުން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

އަބަދު ވެސް ބޮޑެތި ކަންކަމާ ގުޅިގެން އެހީ ފޯރުކޮށްދޭ ދެމަފިރިން ފައިސާ ހަދިޔާކޮށްފައި ވަނީ ލެބަނީޒް ފުޑް ބޭންކާއި އިޓަލީގެ ލޮމްބާޑޯއަށާއި އިނގިރޭސިވިލާތުގެ އެންއެޗްއެސް އާއި މޯޝަން ޕިކްޗާ އެންޑް ޓެލެވިޝަނުން ހުޅުވާފައިވާ ސެގް-އޭއެފްޓީއާރްއޭ ފަންޑްގެ އިތުރުން ލޮސް އެންޖެލިސް މޭޔާޒް ފަންޑަށެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ތަންތަނަށް ދިން އެހީތަކަށް ބަލާ އިރު ލެބަނީޒް ފުޑް ބޭންކާއި އިޓަލީގެ ލޮބްބާޑޯގެ އިތުރުން އެންއެޗްއެސް މިއިން ކޮންމެ ތަނަކަށް ހަދިޔާކުރީ 300،000 ޑޮލަރެވެ. ދެން ހުރި ކޮންމެ ތަނަކަށް ހަދިޔާކޮށްފައި ވަނީ 250،000 ޑޮލަރެވެ.

ކޮރޯނާވައިރަހާ ދިމާކޮށް ހުޅުވި ވަރަށް ގިނަ ފަންޑްތަކަށް ހޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންގެ އިތުރުން މަޝްހޫރު އެތައް ސެލެބްރިޓީންނެއް ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކޮށްފައިވެ އެވެ.