25 އޯގަސްޓް 2017
އެމެރިކާގައި ބައިބައިވުން އުފައްދަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ސަދަން ޕަވަޓީ ލޯ ސެންޓަރު (އެސްޕީއެލްސީ) އިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީގެ ދަ ކްލޫނީ ފައުންޑޭޝަން ފޮ ޖަސްޓިސް އިން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
އެމެރިކާގައި ބައިބައިވުން އުފައްދަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ސަދަން ޕަވަޓީ ލޯ ސެންޓަރު (އެސްޕީއެލްސީ) އިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީގެ ދަ ކްލޫނީ ފައުންޑޭޝަން ފޮ ޖަސްޓިސް އިން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
ޖޯޖް އާއި އޭނާގެ އަންހެނުން އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ވަކީލާ އަމާލް ކްލޫނީގެ ނަމުގައި ފައިސާ ހަދިޔާ ކުރުމާ ގުޅިގެން އެސްޕީއެލްސީން ވަނީ އެ މީހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
ދާދި ފަހުން ޗާލޮޓެސްވިލްގައި ހިނގި ހާދިސާތަކަށް އިޝާރާތްކޮށް އެސްޕީއެލްސީގެ ރައީސް ރިޗަޑް ކޮއެން ބުނީ އެމެރިކާގައި މި ފަހަކަށް އައިސް ހިނގާ ބޮޑެތި ހާދިސާތަކާ ގުޅިގެން ވަރަށް ކަންބޮޑުވާ ކަމަށާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި ލޯބި އާލާ ކުރަން ޖެހޭ ކަމަށެވެ. އަދި އެއް ބަޔަކު އަނެއް ބައެއްގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައިގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް ބުންޏެވެ.
އޭނާ ބުނީ އެސްޕީއެލްސީން ފާއިތުވި 45 އަހަރު ދުވަހުގެ ތެރޭގައި ކުރި މައިގަނޑު މަސައްކަތަކީ ވެސް އާންމުންގެ ހައްގުތައް ހިމާޔަތްކޮށް، ރައްކާތެރި މާހައުލެއް ރައްޔިތުންނަށް ކަށަވަރުކޮށް ދިނުން ކަމަށެވެ.
އެހެން ނަމަވެސް ގޮންޖެހުންތައް ބޮޑު ކަމަށާއި ކްލޫނީ ފައުންޑޭޝަން ފަދަ ތަންތަނުން އެ މީހުންގެ މަސައްކަތްތަކަށް ހިތްވަރު ދިނުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ޖޯޖް އާއި އަމާލް.
"މި ދަނޑިވަޅުގައި ކްލޫނީ ފައުންޑޭޝަނުން އަހަރެމެންނަށް ފޯރުކޮށް ދިން މާލީ އެހީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" ރިޗަޑް ބުންޏެވެ.
ޖޯޖް އާއި އަމާލްއަކީ އިންސާނިއްޔަތަށް ކުރާ މަސައްކަތްތަކަށް އަބަދު ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ބައެކެވެ.
އެގޮތުން ލުބުނާންގައި ތިބޭ ސީރިޔާގެ ރެފިއުޖީ ކުދިންނަށް ތައުލީމް ފޯރުކޮށް ދިނުމަށް ގޫގްލް އާއި އެޗްޕީ އަދި ޔުނިސެފް ގުޅިގެން ހިންގާ ޕްރޮގްރާމަށް ވެސް އެ މީހުން އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.
ސިޔާސީ ދެބަސްވުމެއްގައި ޖޯޖް އާއި އާމާލް ވަރިފަށަށް
ޖޯޖް އާއި އަމާލަށް ތިން ވަނަ ދަރިޔަކު ލިބެނީ؟
އުމުރުން 60 ވުމުން ޖޯޖް ކްލޫނީ ޖެހީ ޖޯކެއް
ކްލޫނީގެ ދެމަފިރިންގެ 100،000 ޑޮލަރު ބޭރޫތަށް
ކްލޫނީގެ ދެމަފިރިންގެ ފަރާތުން އެއް މިލިއަން ޑޮލަރު
އުމުރުގެ ފަރަގަކީ މައްސަލައެއްތަ؟
ނެޓްފްލިކްސް އަށް ކްލޫނީ ފިލްމެއް ޑައިރެކްޓް ކުރަނީ
ކްލޫނީ އާއި އަމާލް ވަރީގެ ވާހަކަ ދޮގުކޮށްފި
ދަރިން ލިބުނު ފަހުން ޒިންމާދާރު މީހަކަށް ވެވިއްޖެ: ކްލޫނީ
ދަރިންގެ ފޮޓޯ އާންމު ކުރުމުން ކްލޫނީ ރުޅިގަދަވެއްޖެ