Roadha Mihaaru
ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރުގެ ހާލު ރަނގަޅު

ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރުގެ ހާލު ރަނގަޅު

07 އެޕްރީލް 2020

ލަންޑަން (އެޕްރީލް 7) - ކޮވިޑް-19 އަށް އައިސީޔޫގައި މިހާރު ފަރުވާ ދެމުން އަންނަ އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ހާލު ރަނގަޅު ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (އެޕްރީލް 7) - ކޮވިޑް-19 އަށް އައިސީޔޫގައި މިހާރު ފަރުވާ ދެމުން އަންނަ އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ހާލު ރަނގަޅު ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

ބޮޑު ވަޒީރުގެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ ޖޯންސަން އަށް މިހާރު ދެނީ "ސްޓެންޑާޑް" އޮކްސިޖަން ޓްރީމަންޓެއް ކަމަށެވެ. އަދި ނޭވާލުމަށް އެހެން ޑިވައިސްއެއް ބޭނުން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖޯންސަން އަށް މެކޭނިކަލް ވެންޓިލޭޝަނެއް ނުވަތަ ރެސްޕިރޭޓަރީ ސަޕޯޓެއް ބޭނުން ކުރާކަށް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ ޖޯންސަން އަށް ނިއުމޯނިއާ ޖެހިފައި ނުވާ ކަމަށެވެ. ލަންޑަންގެ ތޯމަސް ހޮސްޕިޓަލްގައި ޖޯންސަން އެޑްމިޓްކުރީ އާދިއްތަ ދުވަހު ހަވީރު އެވެ. އައިސީޔޫ އަށް ބަދަލުކޮށްފައި ވަނީ ހޯމަ ދުވަހުގެ ރެ އެވެ.

އިނގިރޭސި ވިލާތުން މިހާތަނަށް ވަނީ 51،608 މީހުން ޕޮޒިޓިވްވެ 5،373 މީހުން މަރުވެފަ އެވެ.