Roadha Mihaaru
އެސްއެމްއެސް ކޮށްލުމުން މޯލްޑިވް ގޭސް ގެޔަށް

އެސްއެމްއެސް ކޮށްލުމުން މޯލްޑިވް ގޭސް ގެޔަށް

06 އެޕްރީލް 2020

ކޮވިޑް-19 އިން ރައްކާތެރިވާން ގޭގައި ތިބެން ބާރުއެޅުމުގެ ގޮތުން، އެސްއެމްއެސް ކޮށްގެން ގޭސް ފުޅި އަށް އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭސް އިން ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އިން ރައްކާތެރިވާން ގޭގައި ތިބެން ބާރުއެޅުމުގެ ގޮތުން، އެސްއެމްއެސް ކޮށްގެން ގޭސް ފުޅި އަށް އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭސް އިން ހަމަޖައްސައިފި އެވެ.

މިއަދު ފެށި މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން އެ ކަސްޓަމަރެއްގެ ކޯޑާއި އައިޑީ ކާޑު ނަންބަރު އަދި އައިޓަމް ކޯޑު ޖެހުމަށް ފަހު 7201616 އަށް އެސްއެމްއެސް ކުރުމުން އޯޑަރު ކުރެވޭނެ އެވެ. އަދި އިތުރު އެހީއެއް ބޭނުންވާ ނަމަ "ހެލްޕް" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން އެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ރީ-އޯޑާ ކުރާ ކަސްޓަމަރުން، އެ މީހެއްގެ ކޯޑާއި އައިޑީ ކާޑު ނަމްބަރު އެކަނި ފޮނުވުމުން ވެސް ގޭސް ފުޅި އަށް އޯޑަރު ކުރެވޭނެ ކަމަށް މޯލްޑިވް ގޭސް އިން ބުންޏެވެ.

މޯލްޑިވް ގޭސްގެ ގޭސް ފުޅިއަށް އޯޑަރު ކުރާ ގޮތް ދައްކުވައިދޭ ކުރެހުމެއް.

މޯލްޑިވް ގޭސްގެ ގޭސް ފުޅިއަށް އޯޑަރު ކުރާ ގޮތް ދައްކުވައިދޭ ކުރެހުމެއް.

މޯލްޑިވް ގޭސް އިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ގޭހަށް ފައިސާ ދެއްކޭ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. އެގޮތުން އެ ކުންފުނީގެ ވެބްސައިޓު maldivegas.com/order އަށް ޒިޔާރަތް ކުރުމުން އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށް މޯލްޑިވް ގޭސް އިން ބުންޏެވެ.

މޯލްޑިވް ގޭސްގެ ފުޅިތަކަށް އޯޑަރު ކުރާނެ ގޮތް ދައްކުވައިދޭ ވީޑިއޯއެއް--

މޯލްޑިވް ގޭސް އިން މީގެ ކުރިން ވެސް ވަނީ ބަލިމަޑުކަމުގެ މި ހާލަތުގައި ރައްކާތެރިކަމުގެ ގޮތުން ހިދުމަތަށް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން، މިދިޔަ މަހު އެ ކުންފުނިން ވަނީ ގޭސްފުޅިތަކާއި ވެހިކަލްތައް ޑިސްއިންފެކްޓު ކުރަން ވެސް ފަށައިފަ އެވެ.

މި ދަނޑިވަޅުގައި ގިނަވަގުތު ގޭގައި ތިބުމަށާއި އޮންލައިންކޮށް ވިޔަފާރި ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ވިޔަފާރިވެރިން އަންނަނީ ބާރުއަޅަމުންނެވެ. މިކަމާ ގުޅިގެން މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ވިޔަފާރިތަކެއް މިހާރު ވަނީ އޮންލައިންކޮށްފަ އެވެ.