Roadha Mihaaru
މޯލްޑިވް ގޭހުގެ ވެހިކަލްތައް ޑިސްއިންފެކްޓް ކުރަނީ

މޯލްޑިވް ގޭހުގައި، ގޭސް އުފުލާ ވެހިކަލްތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓް ކުރަނީ

19 މާޗް 2020

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އަދި ސަރުކާރު ބަންދުކޮށްފައި ވިޔަސް ތަންތަނަށް ގޭސް ފުޅި ގެންގޮސްދިނުން ހުއްޓާލެވޭކަށް ނެތެވެ. މޯލްޑިވް ގޭހުގެ މުވައްޒަފުން ތިބީ އެ މަސައްކަތުގަ އެވެ. އަދި އެ މީހުންނަށް މިއަދު ލިބުނު ހިތްވަރަކީ، އެކްޓިން އެމްޑީ ވެސް ޑެލިވަރީގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އަދި ސަރުކާރު ބަންދުކޮށްފައި ވިޔަސް ތަންތަނަށް ގޭސް ފުޅި ގެންގޮސްދިނުން ހުއްޓާލެވޭކަށް ނެތެވެ. މޯލްޑިވް ގޭހުގެ މުވައްޒަފުން ތިބީ އެ މަސައްކަތުގަ އެވެ. އަދި އެ މީހުންނަށް މިއަދު ލިބުނު ހިތްވަރަކީ، އެކްޓިން އެމްޑީ ވެސް ޑެލިވަރީގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމެވެ.

އެކްޓިން އެމްޑީ އަލީ އިކްރާމާއި މޯލްޑިވް ގޭހުގެ އިސް ވެރިން މާލޭގެ އެކި ތަންތަނަށް ގޭސް ޑެލިވަރީ ކޮށްދެއްވީ، އެ ކުންފުނިން ބުނި ގޮތުގައި، މިކަހަލަ ކުއްލި ހާލަތްތަކުގައި މުވައްޒަފުން ކުރާ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ.

"އިސް މެނޭޖްމެންޓުގެ އަންހެން ފިރިހެން މުވައްޒަފުން ވަނީ ބައިވެރިވެފައި. ގާތްގަނޑަކަށް 11 މީހުން ޑެލިވަރީ ކުރުމުގައި އުޅުނު،" މޯލްޑިވް ގޭހުން ބުންޏެވެ.

މޯލްޑިވް ގޭހުގެ ޑެލިވަރީ ވެހިކަލް ޑިސްއިންފެކްޓްކުރަނީ.

މޯލްޑިވް ގޭހުގެ ޑެލިވަރީ ވެހިކަލް ޑިސްއިންފެކްޓްކުރަނީ.

ކޮވިޑް-19 އާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް މޯލްޑިވް ގޭހުން ވެސް އަންނަނީ އަޅަމުންނެވެ. އެގޮތުން ގޭގެއަށް ޑެލިވަރީ ކުރާ ހުރިހާ ގޭސް ސިލިންޑަރުތަކާއި ޑެލިވަރީ ކުރުމުގައި ގެންގުޅޭ ވެހިކަލްތައް ކޮންމެ ދަތުރަކަށް ފަހު ޑިސްއިންފެކްޓް ކުރެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މީހުން ބޭރަށް ނުކުމެ އުޅުން ރައްކާތެރިނުވާނެތީ މޯލްޑިވް ގޭހުން ވަނީ އޮންލައިންކޮށް ފައިސާ ބަލައިގަނެ، ޚިދުމަތް ދޭން ވެސް ފަށައިފަ އެވެ.