06 އެޕްރީލް 2020
ލަންޑަން (އޭޕްރީލް 6) - ކޮރޯނާވައިރަހުގެ ފެތުރޭތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަލުން ފަށަން ހާލަތެއް ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ އެ ދެ މުބާރާތް ކެންސަލްކުރަން ވެސް ޖެހިދާނެ ކަމަށް ޔުއެފާ އިން ބުނެފި އެވެ.
ލަންޑަން (އޭޕްރީލް 6) - ކޮރޯނާވައިރަހުގެ ފެތުރޭތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަލުން ފަށަން ހާލަތެއް ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ އެ ދެ މުބާރާތް ކެންސަލްކުރަން ވެސް ޖެހިދާނެ ކަމަށް ޔުއެފާ އިން ބުނެފި އެވެ.
ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ނޮކައުޓް މެޗުތައް ފަށާފައިވަނިކޮށް ހުއްޓާލަން ޖެހުނީ ޔޫރަޕްގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުންނެވެ. އެންމެ ފުރަތަމަ ޖޫން މަހުގެ ނިޔަލަށް އެ ދެ މުބާރާތް ނިންމަން ތާވަލުކުރި ނަމަވެސް ފަހުން ވަނީ ހާލަތު ރަނގަޅުވަންދެން މުއްދަތެއް ނެތް ގޮތަށް މުބާރާތް ފަސްކޮށްފަ އެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގެ ފުޓްބޯޅަ ސީޒަން ވެސް ހުއްޓިފައިވާއިރު، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ޔުއެފާ އިން އަންނަނީ ގައުމުތަކާ އެކު މަޝްވަރާކުރަމުންނެވެ.
ޖުލައި މަސް ތެރޭ ލަސް ވެގެން އެކި ގައުމުތަކުގެ ފުޓްބޯޅަ މުބާރާތްތަށް ނުފެށިއްޖެނަމަ ސީޒަން ގެއްލުމުގެ ބިރު ވެސް އެބައޮތް ކަމަށް ދާދި ފަހުން ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ ވިދާޅުވެފަ އެވެ.
ޔުއެފާ އިން ގައުމުތަކަށް ދާދި ފަހުން ފޮނުވާފައިވާ ލިޔެކިއުންތަކުގައިވާގޮތުން ސީޒަން ފަށަން ނިންމާނެ ވަކި ތާރީހެއް އަދި ނުނިންމޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި ކޮންމެ ކަމެއް ވެސް ކުރެވެން އޮތީ ސިއްހީ މާހިރުން ދޭ ލަފާގެ މަތިން ކަމަށް ބުނެފައިވެ އެވެ.
ޖަރުމަނުގެ މީޑިއާ އަކަށް ޔުއެފާގެ ރައީސް ކެފެރިން ވިދާޅުވީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު މާ ފަހަތަށް ޖައްސާލެވެން ނެތް ކަމަށެވެ.
"އަހަރެމެންނަށް އެ ދެ މުބާރާތް (ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު) ސެޕްޓެމްބަރާއި އޮކްޓޫބަރުގައި ނުކުޅެވޭނެ. ކަމާބެހޭ ފަރާތްތަކުން ކުޅުމުގެ ފުރުސަތު ނެތްކަމަށް ބުނާނަމަ އަހަރެމެންނަށް ނުކުޅެވޭނެ. ކެންސަލްކުރަން ވެސް ޖެހިދާނެ،" ސްލޮވީނިއާ އަށް އުފަން ކެފެރިން ވިދާޅުވި އެވެ.
ފުޓްބޯޅަ ސީޒަން ފަށަން ހާލަތު ތަންދޭނަމަ އަމަލުކުރާނެ ގޮތެއް ވެސް ޔުއެފާ އިން ވަނީ ގައުމުތަކާ އެކީ މަޝްވަރާކޮށްފަ އެވެ. އެ ގޮތުން ފުރަތަމަ ވިސްނުމަކީ ސަޕޯޓަރުން ނުވައްދައި މެޗުތައް ބޭއްވުމެވެ. ކެފެރިން ވިދާޅުވީ އެއީ ވެސް އޮތް ހައްލެއް ކަމަށެވެ.
"އެއްވެސް ގޮތަކަށް ނުކުޅުމަށް ވުރެ ރަނގަޅު ގޮތެއް އެއީ ސަޕޯޓަރުން ނުވައްދައި މެޗުތައް ބޭއްވުން ވެސް. އެއީ ޓީވީން މެޗުތައް ފެންނާނެ. އަނެއްކޮޅުން މިއީ ގިނަ ބަޔަކު ގޭތެރޭގައި ބައިތިއްބަން ވެސް ފަސޭހަވާނެ ގޮތެއް. މެޗުތައް އޮތިއްޔާ ގިނަ ބަޔަކު ގޭގައި ތިބޭނެ،" ކެފެރިން ވިދާޅުވި އެވެ.
ދާދި ފަހުން ބެލްޖިއަމުން ވަނީ އެ ގައުމުގެ ލީގު ކެންސަލްކޮށް އެއް ވަނައިގައި އޮތް ކްލަބް ބްރޫޖަށް ތަށި ދޭން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ނިންމުމަކީ ޔުއެފާ އިން ދީފައިވާ ލަފަޔާ ހިލާފު ނިންމުމެކެވެ. ޔުއެފާ އިން ވަނީ ފުޓްބޯޅަ ސީޒަން ކެންސަލްނުކޮށް ކުރިއަށް ދެވޭނެ ހާލަތެއް މެދުވެރިވަންދެން މަޑުކުރަން އަންގައިފަ އެވެ. ސީޒަން ފުރިހަމަނުކޮށް ނިންމާލާ ލީގުތަކުގެ ކްލަބްތަކަށް އަންނަ ސީޒަނުގެ ޔުއެފާ ކްލަބް މުބާރާތްތަކުން ފުރުސަތު ނުލިބިދާނެ ކަމުގެ އިންޒާރު ޔުއެފާ އިން ވަނީ ދީފަ އެވެ.
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ޔޫއެފާގެ އަމާޒު މުބާރާތްތަކުން 4.7 ބިލިއަން ހޯދުން
56 އަހަރަށް ފަހު އަވޭ ގޯލް ގަވާއިދު އުވާލައިފި
އަވޭ ގޯލްގެ ރޫލް އުވާލަން ޔޫއެފާއިން ތައްޔާރު ވެއްޖެ
މިނީ ޓޯނަމެންޓް ފޯމެޓަށް ޔުއެފާ ރައީސްގެ ތާއީދު
ޗެމްޕިއަންސް ލީގު ބާއްވަން ގައުމުތަކުގެ ހުށަހެޅުންތަކެއް
ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އޮގަސްޓުގައި؟
ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު މެދުކަނޑާލައިފި
ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި! ޔޫރޯ ފަސްކުރަނީ؟
ޗެމްޕިއަންސް ލީގުގައި ވީއޭއާރް ބޭނުންކުރަން ޖެހޭ!