02 އެޕްރީލް 2020
އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއާރް) ގައި ދެމުން ގެންދިޔަ ހުރިހާ ހިދުމަތްތަތްކެއް މިއަދުން ފެށިގެން، އައްޑޫގެ އާ ހޮސްޕިޓަލްގައި ދޭން ފަށައިފި އެވެ.
އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއާރް) ގައި ދެމުން ގެންދިޔަ ހުރިހާ ހިދުމަތްތަތްކެއް މިއަދުން ފެށިގެން، އައްޑޫގެ އާ ހޮސްޕިޓަލްގައި ދޭން ފަށައިފި އެވެ.
ކުރީގެ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ގާއިމުކުރި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދެމުން އައި ހުރިހާ ހިދުމަތްތަކެއް މިއަދު ހަވީރު 4:00 އިން ފެށިގެން ދެމުން ގެންދާނީ އާ ހޮސްޕިޓަލްގައި ކަމަށެވެ.
Please share this information. @MoHmv @AdduCityCouncil @ameenex pic.twitter.com/s5bDEvSiWa
— Addu Equatorial Hospital (@aeh_mv) April 2, 2020
އޭއީއެޗަށް ހުރިހާ ހިދުމަތްތަކެއް ބަދަލުކޮށް ނިންމައިލި އިރު، ބައެއް ހިދުމަތްތަކާ އެކު އާ ހޮސްޕިޓަލް ބޭނުންކުރަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.
Please share this information.@MoHmv @HPA_MV @AdduCityCouncil pic.twitter.com/51gmyx098O
— Addu Equatorial Hospital (@aeh_mv) April 1, 2020
އޭގެ ފަހުން އެޗްއާރްއެޗްގެ އެކިއެކި ޑިޕާޓްމަންޓައް ގެންދިޔައީ އާ ހޮސްޕިޓަލަށް ބަދަލުކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ބަދަލުކުރި ހިދުމަތްކަކީ އިމަޖެންސީ އައިޕީޑީގެ ހިދުމަތެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްނަގައިގެން ގާއިމްކުރި އައްޑޫ އާ ހޮސްޕިޓަލަށް ހުރިހާ ހިދުމަތެއް ބަދަލުކޮށް ނިމުމާ އެކު، އެޗްއާރްއެޗް އުވައިލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު މި ވަގުތު އެތަނުގައި ކޮރޯނާވައިރަހާ ދިމާކޮށް ގާއިމުކުރި ފްލޫ ކްލިނިކް މިދިޔަ މަހުގެ 21 އިން ފެށިގެން އަންނަނީ ހިންގަމުންނެވެ.
އޭއީއެޗުން ބުނީ އަދިވެސް ފްލޫ ކްލިނިކްގެ މަަސައްކަތްތައް ހިނގާނީ އެޗްއާރްއެޗްގައި ކަމަށެވެ.
އައްޑޫގައި ގާއިމުކުރި 100 އެނދުގެ ޓާޝަރީ އާ ހޮސްޕިޓަލަކީ ކުރިން ނުލިބޭ ވަރަށް ގިނަ ހިދުމަތްތަކާ އެކު ހިދުމަތްތައް ފުޅާކުރަން ހަމަޖެހިފައިވާ ތަނެކެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު ވަނީ އެއްކޮށްހެން ނިންމާލައިފަ އެވެ.
އާ ހޮސްޕިޓަލް ހުޅުވައި ރީޖަނަލް ހޮސްޕިޓަލް އުވާލަނީ
އައްޑޫ އާ ހޮސްޕިޓަލްގެ ޚިދުމަތް ފެށުން ފަސްކޮށްފި
އައްޑޫ އާ ހޮސްޕިޓަލް އޮގަސްޓްގައި ހުޅުވޭތޯ ބަލަނީ
އައްޑޫގައި އެންޑޮސްކޮޕީގެ ހިދުމަތް ފަށައިފި
ޑައިލިސިސް ހެދުން އައްޑޫ އާ ހޮސްޕިޓަލަށް ބަދަލުކޮށްފި
އައްޑޫ އާ ހޮސްޕިޓަލުން ހިދުމަތް ދޭން ފަށައިފި
އައްޑޫ އާ ހޮސްޕިޓަލަށް ލޯގޯއެއް ހަދަން ހުޅުވާލައިފި
އައްޑޫ އާ ހޮސްޕިޓަލްގެ ތައްޔާރީތައް އަމީން ބައްލަވާލައިފި
އައްޑޫ އާ ހޮސްޕިޓަލް ހުޅުވުން އަންނަ ހަފުތާގައި
އައްޑޫ ހޮސްޕިޓަލުގެ ފުރާޅު ބަދަލުކުރަން އަލުން ބީލަމަށް