06 އޯގަސްޓް 2019
އައްޑޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ އާ ހޮސްޕިޓަލްގެ ފުރާޅު ބަދަލުކޮށް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
އައްޑޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ އާ ހޮސްޕިޓަލްގެ ފުރާޅު ބަދަލުކޮށް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިކަމަށް އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. ނަމަވެސް އަލުން ބީލަމަށްލީ އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކަމަށް ފިނޭންސުން ބުންޏެވެ.
މިނިސްޓްރީން ބުނީ ކުރީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރާ އިރު އެ އިމާރާތުގެ ފުރާޅުގެ ޓިނު ބަދަލު ކުރުމުގެ އިތުރުން އެޑްމިނިސްޓްރޭޓިވް އިމާރާތާއި މައި އިމާރާތުގެ މެދުގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ވެސް ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 އަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000ރ. ހުށަހަޅަން ޖެހޭ އިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ބީލަމުގައި ބައިވެރިވާން 500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ވެސް ދައްކަން ޖެހެ އެވެ. ފައިސާ ބަލައިގަންނާނީ މި މަހުގެ 20 އާ ހަމައަށެވެ.
އީސީސީގެ ބަދަލުކުރާ ފުރާޅަކީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އެންވަޔަރްމަންޓް މިނިސްޓްރީން 2017 ގައި ފެށި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ވެސް ހަރުކޮށްފައިވާ ތަނެކެވެ. އެކަމަކު އެތަނުގެ ފުރާޅު ބަދަލުކުރަނީ ފެން ލީކުވުމުގެ މައްސަލަ ދިމާވާތީ ކަމަށް އެނގިފައިވެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އީސީސީ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ތަނަށް ބޭނުންވާ އިކްއިޕްމަންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ އިރު، އަންނަ މަހުގެ ތެރޭގައި އެތަން ހުޅުވައި ހިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެތަނުގެ މަސައްކަތް ކުރިއަށް ގެންދަނީ އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ.
ހޮސްޕިޓަލަކަށް ބަދަލުކުރާ އީސީސީގެ ފުރާޅު ބަދަލުކުރަނީ
އެޗްއާރްއެޗްގެ ހުރިހާ ހިދުމަތްތަކެއް އައްޑޫ އާ ހޮސްޕިޓަލަށް
ޑައިލިސިސް ހެދުން އައްޑޫ އާ ހޮސްޕިޓަލަށް ބަދަލުކޮށްފި
އައްޑޫ އާ ހޮސްޕިޓަލްގެ ޚިދުމަތް ފެށުން ފަސްކޮށްފި
އައްޑޫ އާ ހޮސްޕިޓަލްގެ ތައްޔާރީތައް އަމީން ބައްލަވާލައިފި
އައްޑޫ އާ ހޮސްޕިޓަލް ހުޅުވުން އަންނަ ހަފުތާގައި
އައްޑޫ އާ ހޮސްޕިޓަލް އޮގަސްޓްގައި ހުޅުވޭތޯ ބަލަނީ
އައްޑޫ ހޮސްޕިޓަލް ނިމިއްޖެ، މަދުވަނީ ސާމާނު: މުއިއްޒު
އައްޑޫ އާ ހޮސްޕިޓަލަށް ތަކެތި ހޯދަން އިއުލާންކޮށްފި
އައްޑޫ އާ ހޮސްޕިޓަލް އަންނަ ޖުލައިގައި ނިމޭނެ: ނާޒިމް