Roadha Mihaaru
އައްޑޫ އާ ހޮސްޕިޓަލް އޮގަސްޓްގައި ހުޅުވޭތޯ ބަލަނީ

އައްޑޫ އާ ހޮސްޕިޓަލް އޮގަސްޓްގައި ހުޅުވޭނެކަމުގެ އުންމީދު ބޮޑު: ޝާހް

07 މެއި 2019

އައްޑޫގައި ހަދަމުން އަންނަ އާ ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގެވުމާ ހަވާލުވެ ހުންނެވި ޝާހް ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ހަދަމުން އަންނަ އާ ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގެވުމާ ހަވާލުވެ ހުންނެވި ޝާހް ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ތަރައްގީކުރާ 100 އެނދުގެ އާ ހޮސްޕިޓަލަކީ ހިތަދޫގައި އިމާރާތްކޮށްފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެތަނުގެ މަސައްކަތް ކުރަނީ އެލިއާ ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުންޏަށް 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ. މި މަޝްރޫއު ނިންމައި މިދިޔަ އަހަރުގެ ތެރޭގައި ހުޅުވަން ކުރިން މަސައްކަތްކުރި އެވެ.

ޝާހް "މިހާރު" އަށް ވިދާޅުވީ ހޮސްޕިޓަލަކަށް ބަދަލުކުރަން އީސީސީ އިމާރާތަށް ގެންނަން ޖެހޭ ބޮޑެތި ހުރިހާ ބަދަކުތަކެއް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެތަނުގައި ތަކެތި އިންސްޓޯލްކުރުން ކަމަށެވެ.

ޝާހް: އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅު ކުރަން މަސައްކަތް ކުރައްވާ ކަމަށް.

ޝާހް: އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅު ކުރަން މަސައްކަތް ކުރައްވާ ކަމަށް.

"އެންމެ ފަހުން އެތަނުގެ އަޕްޑޭޓެއް އަޅުގަނޑުމެން ބަލައިލި އިރު ވެސް އިންސްޓަލޭޝަންގެ ވަރަށް ބޮޑު ބައެއް އޮތީ ނިމިފައި. އެހެންވީމާ ވަރަށް ބޮޑަށް އުންމީދު ކުރެވޭ އޮގަސްޓް މަހުގެ ތެރޭގއި ހިދުމަތް ދޭން ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޝާހް ވިދާޅުވީ އައްޑު އަށް މި ވަގުތު ދިމާވެފައިވާ ސިއްހީ ބޮޑެތި މައްސަލަތަކުގެ ހައްލު ގުޅިފައި ވަނީ އާ ހޮސްޕިޓަލާ ކަމަށެވެ.

"އެހެންވެ މިއީ ސިއްހީ ހިދުމަތަަށް ރައްޔިތުން އެދޭ ކަހަލަ ބަދަލެއް އަންނާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އެޗްއާރްއެޗްގައި މި ވަގުތު ކަށީގެ ޑޮކްޓަރަކާއި ރޭޑިއޮލޮޖިސްޓަކު ނެތުމުން އެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ. ޝާހް ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ޑޮކްޓަރުން ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ހަމަ ހުއްޓުމެއް ނެތި، ހޮސްޕިޓަލްގެ ހިދުމަތްތައް ރައްޔިތުން ބޭނުންވާ ގޮތަށް ދެވޭތޯ މަސައްކަތް ކުރަމުން. އެކަމަކު ޑޮކްޓަރުން ހޯދުން ކަހަލަ ކަންކަމަކީ އެހާ އަވަހަށް އަދި އެހާ ފަސޭހަ އިން ކުރެވޭ ކަހަލަ ކަންކަމަށް ނުވާތީ މީގައި ޑިލޭތަކެއް ކުރިމަތި ވަނީ،" އޭނާ ވިދާޅުވި އެވެ.

Addu tertiary hospital ge ummeedh hageegathakah vaane: Ameen

Addu tertiary hospital ge ummeedh hageegathakah vaane: Ameen

The most trusted news source in the Maldives

Mihaaru

އައްޑޫ އާ ހޮސްޕިޓަލްގެ މަސައްކަތްް ފެށީ 2016 ގައި.

އައްޑޫގައި ހުރި ސިއްހީ މައްސަލަތައް ހައްލުކުރަން ގޮވާލައި، މިދިޔަ ހުކުރު ދުވަހު ބަޔަކު ވަނީ ހޮސްޕިޓަލް ކައިރީގައި މުޒަހާރާ ވެސް ކޮށްފަ އެވެ.

ޝާހް ވިދާޅުވީ އަބަދު ވެސް ރައްޔިތުންގެ އަޑު ހޮސްޕިޓަލްގެ މެނޭޖްމަންޓުން އަހައި، ރަނގަޅު ކުރަން ހުންނަ ކަންކަން ރަނގަޅު ކުރަން މަސައްކަތްކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމަ ރައްޔިތުންނަށް ފެންވަރު ސިއްހީ ހިދުމަތްތަކެއް ހުއްޓުމެއް ނެތި ދެވޭތޯ،" އޭނާ ވިދާޅުވި އެވެ. "މުވައްޒަފުންނާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވެސް ހޮސްިޓަލްގެ މެނޭޖްމަންޓުން އަޑު އަހާނެ."