11 ޑިސެމްބަރ 2019
އައްޑޫގައި ހަދާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަންނަ ހަފުތާގައި ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އައްޑޫގައި ހަދާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަންނަ ހަފުތާގައި ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރުކުރި ދަރުބާރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، މިހާރު ކުރަމުން އަންނަނީ މެޝިންތައް ބެެހެއްޓުމާއި ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ އަންނަ އާދިއްތަ ހިސާބުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ހުޅުމެވެ.
އާ ހޮސްޕިޓަލް ހުޅުވާއިރު ފުރަތަމަ ފޯރުކޮށްދޭން ނިންމާފައި ވަނީ އޯޕީޑީ، ލެބޯރެޓަރީ، އެކްސްރޭ އަދި ފިޒިއޮތެރަޕީގެ ޚިދުމަތެވެ.
އޮފިޝަލް ވިދާޅުވީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުން އައި ބައެއް ޚިދުމަތްތައް 2-3 ހަފުތާ ތެރޭގައި އާ ހޮސްޕިޓަލަށް ބަދަލު ކުރެވޭނެ ކަމަށެވެ.
"މެޝިންތައް އިންސްޓޯލްކޮށް، ކޮމިޝަން ކުރުމުގެ މަސައްކަތް ކުރަމުން މިހާރު އަންނަނީ. ތިއޭޓަރުގައި ވެސް ހިދުމަތް ދޭނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު،" އޮފިޝަލް ވިދާޅުވި އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އެތެރެ: އެތަން ހުޅުވަން އަމާޒު ހިފާފައިވަނީ އަންނަ ހަފުތާއަށް.- ފޭސްބުކް ފޮޓޯ: ނިޝާ މުހައްމަދު/ ޑެޕިއުޓީ މިނިސްޓަރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އައްޑޫ ގައި މަތީ ފެންވަރުގެ ހޮސްޕިޓަލެއް މި ހެދީ ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގަ އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި، އެހެން ހޮސްޕިޓަލްތަކާ ހިލާފަށް އޮކްސިޖަން ޕްލާންޓެއް ވަނީ ގާއިމްކޮށްފަ އެވެ. އެހެންވެ ފުޅި ބޭނުންކުރުމުގެ ބަދަލުގައި އެ ހޮސްޕިޓަލުގެ އެނދުތަކަށް ހުންނާނީ އޮކްސިޖަން ގުޅައިފަ އެވެ.
މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމްކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްހީ ހުރިހާ ވަސީލަތެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ އައްޑޫ އާ ހޮސްޕިޓަލްގައި ހަދާފަ އެވެ. ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ޚިދުމަތް ވެސް، ހިތަދޫގައި މީހުން އަލަށް އާބާދުވާ ސަރަހައްދުގައި ހުރި ހޮސްޕިޓަލުން ލިބޭނެ އެވެ.
ޑައިލިސިސް ހެދުން އައްޑޫ އާ ހޮސްޕިޓަލަށް ބަދަލުކޮށްފި
އައްޑޫ އާ ހޮސްޕިޓަލް އޮގަސްޓްގައި ހުޅުވޭތޯ ބަލަނީ
އައްޑޫ އާ ހޮސްޕިޓަލް އަންނަ ޖުލައިގައި ނިމޭނެ: ނާޒިމް
އައްޑޫގައި އެންޑޮސްކޮޕީގެ ހިދުމަތް ފަށައިފި
އައްޑޫގައި ކުރި މައިބަދައިގެ ދެ އޮޕަރޭޝަން ކާމިޔާބު
އެޗްއާރްއެޗްގެ ހުރިހާ ހިދުމަތްތަކެއް އައްޑޫ އާ ހޮސްޕިޓަލަށް
އައްޑޫ އާ ހޮސްޕިޓަލުން ހިދުމަތް ދޭން ފަށައިފި
އާ ހޮސްޕިޓަލް ހުޅުވައި ރީޖަނަލް ހޮސްޕިޓަލް އުވާލަނީ
އައްޑޫ އާ ހޮސްޕިޓަލްގެ ޚިދުމަތް ފެށުން ފަސްކޮށްފި
އައްޑޫ އާ ހޮސްޕިޓަލްގެ ތައްޔާރީތައް އަމީން ބައްލަވާލައިފި