02 އެޕްރީލް 2020
މާލޭގައި ބޯހިޔާވަހިކަމަށް މިވަގުތު ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް އެންމެ ބޮޑު ލުޔެއް ދެވެން އޮތީ ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 7،000 ފްލެޓް ލިބުނު މީހުންނަށް އެކަން ކަށަވަރު ކޮށްދީގެން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގައި ބޯހިޔާވަހިކަމަށް މިވަގުތު ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް އެންމެ ބޮޑު ލުޔެއް ދެވެން އޮތީ ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 7،000 ފްލެޓް ލިބުނު މީހުންނަށް އެކަން ކަށަވަރު ކޮށްދީގެން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވެސް ވާދަކުރައްވާ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އާއްމުންގެ ދިރިއުޅުމަށް ދަތިަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ސަރުކާރަށް ކުރެވެން އޮތް ކަމަކީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތައް ހެދުން ކަމަށެވެ. އަދި އެ މީހުންނަށް ފްލެޓްތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
Mi dhandivalhugai Male gai boahiyaavahikamah luyeh hoadhaidhevvumah sarukaarah kurevven oi emme bodu eh kamakee Hiyaa Mashroouge dhashun flat libifaivaa faraaithakaaeku agreement hahdhavaa e faraaithakah flat kashavaru kohdhevvun. Adhi e flat thah avahah nimmava havaalukurevvun
— Dr Mohamed Muizzu (@MMuizzu) April 1, 2020
މުއިއްޒުގެ ޓުވީޓް
އެ ފްލެޓްއް ވީހާވެސް އަވަހަށް ނިންމައި ހަވާލުކުރަން ވެސް އޭނާ ގޮވާލެއްވި އެވެ.
ކޮވިޑް19އާ ހެދި ވިޔަފާރިތަކާއި އާއްމުންގެ ދިރިއުޅުމަށް ބުރޫއަރައި، އާމްދަނީ ދަށްވެފައިވާތީ މާލޭގެ ގޭގޭގެ ކުލި ދެއްކުމުގައި ގިނަ ބަޔަކަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. މިކަމުގައި ލުޔެއް ހޯދައި ދިނުމުގެ ގޮތުން ތަންތަން ކުއްޔަށް ދީގެން އުޅޭ ބައެއް މީހުން އަންނަނީ ކުލި ކުޑަކޮށްދެމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އެ މަޝްރޫއުގެ 12 ކެޓަގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ގިނަ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދޫކޮށްފަ އެވެ.
އެކަމަކު، ފްލެޓް ލިބޭނެ މީހުން ހޮވީ ބޭއިންސާފުން ކަމުގެ ތުހުމަތައް ކުރުމާއެކު އެކަން ބަލަން މި ސަރުކާރުން ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީން ބުނެފައިވާ ގޮތުގައި، ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔައީ ޕޮއިންޓް ދޭން އާއްމުކުރި އުސޫލާ ވެސް އެއްގޮތަށް ނޫނެވެ. ހުރިހާ ފޯމެއް ވަކިވަކިން މިހާތަނަށް ބެލި އިރު ބޮޑެތި މައްސަލަތަކެއް ފެނިފައިވާ ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.
އެ މަޝްރޫއުން ފްލެޓްތައް ދިން ގޮތް ބަލައި ލިސްޓު އާއްމުކުރަން ތައްޔާރުވެފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި ފްލެޓްތައް ދޫކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ދަފްތަރު ލިސްޓާ މެދު މުއިއްޒު ސުވާލު އުފައްދަވައިފި
ހައްގުވެރިން ކަނޑައެޅުމުން ޕޮއިންޓުގައި ބޮޑު ފަރަގެއް!
އެއް ކޮޓަރި ފްލެޓު ނުދިނުމުގައި ގޯހެއް ހެދިތޯ ބަލަނީ
ލިއުން ދިން 655 މީހުންނަށް ފްލެޓެއް ނުލިބޭ: ޖަމިއްޔާ
ހައްގު ހޯދަން "ކޮތަރު ކޮށި" ޖަމިއްޔާއަަކަށް ހަދައިފި
އެންމެ ގިނަ މީހުން ފޯމުލީ ކެޓަގަރީން ހާލަތު ބަލަނީ
ދަފްތަރުގައި ނެތީސް ފްލެޓް ދިން މީހުން އުނިކޮށްފި
ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު އާއްމުކޮށްފި
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ