21 ސެޕްޓެމްބަރ 2020
ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ ދަފްތަރު ކެޓަގަރީން ފްލެޓަށް އެދުނު މީހުންގެ ފޯމުތައް މި ސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން އިވެލުއޭޓްކޮށް ނެރެފައިވާ ލިސްޓާ މެދު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފި އެވެ.
ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ ދަފްތަރު ކެޓަގަރީން ފްލެޓަށް އެދުނު މީހުންގެ ފޯމުތައް މި ސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން އިވެލުއޭޓްކޮށް ނެރެފައިވާ ލިސްޓާ މެދު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފި އެވެ.
ދަފްތަރު ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ލިސްޓެއް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އާއްމުކުރައްވައި ފްލެޓް ލިބޭނެ ކަމުގެ ލިއުމެއް ދީފައި އޮއްވައި މި ސަރުކާރުން އިއްޔެ ވަނީ 2،700 މީހުން ހިމެނޭ އާ ލިސްޓެއް ނެރެފަ އެވެ. އެ ކެޓަގަރީގައި ދޫކުރާ 1044 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ކުރީގެ ސަރުކާރުގައި ލިބުނު ޕޮއިންޓާއި މި ސަރުކާރުގައި ލިބުނު ޕޮއިންޓްގެ އަދަދު އެ ލިސްޓުގައި ވަނީ އާއްމުކޮށްފަ އެވެ.
Ekugai, ehthaneggai, ulhey dhemafirinnah, ekaku anekakah thafaathu koh dhiriulhumuge haalathuge point misarukaarun mi dhenee keevve tho? Eyee kon gothakah ballavaafa baa? Miadhu nerunu H9 list gai mikan varah gina rayyithunnah dhimaavefavaa kamuge kanboduvun dhanee libemun.
— Dr Mohamed Muizzu (@MMuizzu) September 20, 2020
މުއިއްޒު ސުވާލު އުފެއްދެވީ އެއް ތަނެއްގައި އެކުގައި އުޅޭ ދެމަފިރިންނަށް ވަރަށް ތަފާތު ބޮޑުކޮށް ޕޮއިންޓް ދީފައިވާ ސަބަބާ މެދުގަ އެވެ. ދިރިއުޅުމުގެ ހާލަތުގެ ބައިން ދެމަފިރިންނަށް އެހާ ތަފާތު ބޮޑުކޮށް ޕޮއިންޓް ދެނީ ކޮން ގޮތަކަށް ބަލާފައިތޯ ވެސް މުއިއްޒުގެ ޓުވީޓުގައި އެއްސެވި އެވެ.
"..ލިސްޓުގައި މިކަން ވަރަށް ގިނަ ރައްޔިތުންނަށް ދިމާވެފައިވާ ކަމުގެ ކަންބޮޑުވުން ދަނީ ލިބެމުން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ އިޝާރާތް ކުރެއްވި ފަދަ ޝަކުވާއެއް ސޯޝަލް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.
ވަގުތީ ލިސްޓް ނެރުމާ އެކު ޓުވިޓާގައި ލިއެފައިވާ ގޮތުގައި ކުރީގެ ސަރުކާރުން ނެރުނު ލިސްޓުގައި އޭނާ އާއި ފިރިމީހާ އިނީ 84 ޕޮއިންޓާ އެކު 189 ވަނައިގަ އެވެ. އެކަމަކު މިފަހަރުގެ ލިސްޓުގައި 74 ޕޮއިންޓާ އެކު ފިރިމީހާ ވެއްޓުނީ 1011 ވަނައަށެވެ. އޭނާ އޮތީ 49 ޕޮއިންޓް ލިބިގެން 2518 ވަނާގައި ކަމަށް ވެސް ލިއެފައިވެ އެވެ.
މިގޮތަށް ދިމާވި ސަބަބު ސާފުކޮށްދޭން ފްލެޓް ކޮމިޓީގެ ބައެއް މެމްބަރުން ޓެގުކޮށް އެދިފައިވެ އެވެ.
ދަފްތަރު ކެޓަގަރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކުރިން އާއްމުކޮށްފައިވާ ހަތަރު ކެޓަގަރީއަކަށް ޝަކުވާ ހުށަހަޅަން އެދުނު މުއްދަތުގައި 3،000 އަށް ވުރެން ގިނަ ޝަކުވާ ހުށަހެޅި އެވެ.
ހިޔާ މަޝްރޫއުން ފްލެޓް ދިން ގޮތް މި ސަރުކާރުގެ ކޮމިޓީއަކުން ބަލަން ފެށީ ކުރީ ސަރުކާރުގައި އާއްމުކުރި ލިސްޓުތަކާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރުމުންނެވެ. އެކަމަކު އެ ތުހުމަތުތައް މުއިއްޒު ދޮގުކުރައްވަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ހައްގުވެރިންގެ އަތުން ފްލެޓް އަތުލައި ބޭއިންސާފުވެރިވަނީ މި ސަރުކާރުން ކަމަށެވެ. އެކަމަކު އިއްޔެ އާއްމުކުރި ދަފްތަރު ކެޓަގަރީން ފްލެޓް ހައްގުވާ މީހުންގެ ގޮތުގައި މާލޭގެ ގޯތި ލިބިފައިވާ މީހުންނާއި ދަފްތަރު މީހެއް ކަން އެނގޭނެ ލިއުން ނެތް މީހުންނަށް ވެސް ކުރިން ފްލެޓް ދީފައިވާ ކަމުގެ މައްސަލަ ފެންމަތިކޮށް ނަންތަކާ އެކު ފްލެޓް ކޮމިޓީން ލިސްޓެއް ވަނީ ގެޒެޓްކޮށްފަ އެވެ.
ހައްގުވެރިން ކަނޑައެޅުމުން ޕޮއިންޓުގައި ބޮޑު ފަރަގެއް!
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
މިވަގުތު އޮތް ހައްލަކީ ހިޔާ ފްލެޓްތައް ދިނުން:މުއިއްޒު
މައްސަލަ ފުންޏެއް، ހައްގުވެރިން ހޯދާނީ ކިހިނެއް؟
ފްލެޓު ކަށަވަރުވި މީހުންގެ ދިފާއުގައި އަނެއްކާ މުއިއްޒު
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!
7،000 ފްލެޓަށް އެޕްރީލް މަހު ވަދެވޭނެ: މިނިސްޓަރު