Roadha Mihaaru
"ޒޫމް" އެޕް ބޭނުންކުރާ ނަމަ ސަމާލުވޭ

"ޒޫމް" އެޕްް ބޭނުންކުރާ ނަމަ ސަމާލުވޭ

02 އެޕްރީލް 2020

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު އެންމެ ބޮޑަށް ބާރުބޮޑުވި އެއް އެޕަކީ ވީޑިއޯ ކޮންފަރެންސިން އަށް ހާއްސަ އެޕް "ޒޫމް" އެވެ. ގިނަ ބަޔަކު ގޭތެރޭގައި އައިސޮލޭޓްވެގެން ތިބެން ޖެހުމުން ގުޅުންތައް ދެމެހެއްޓުމަށާއި އެ ނޫން ވެސް މުއާމަލާތްތަކަށް އެ އެޕް ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު އެންމެ ބޮޑަށް ބާރުބޮޑުވި އެއް އެޕަކީ ވީޑިއޯ ކޮންފަރެންސިން އަށް ހާއްސަ އެޕް "ޒޫމް" އެވެ. ގިނަ ބަޔަކު ގޭތެރޭގައި އައިސޮލޭޓްވެގެން ތިބެން ޖެހުމުން ގުޅުންތައް ދެމެހެއްޓުމަށާއި އެ ނޫން ވެސް މުއާމަލާތްތަކަށް އެ އެޕް ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ.

މިއާ އެކު މިހާރު މި ވަނީ އިތުރު ހާސްކަމެއް ވެސް އުފެދިފަ އެވެ. އެއީ "ޒޫމް" އަށް ލިބެން ފެށި މަގުބޫލުކަމާ އެކު ބޭނުންކުރާ މީހުންގެ ޕްރައިވެސީ އާއި ކަސްޓަމަރުންގެ ޑޭޓާ ސެކިއުރިޓީއާ ދޭތެރޭ ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމެވެ. އެހެންވެ "ޒޫމް" ބޭނުންކުރާ ނަމަ ކުރިއަށް ވުރެ ބޮޑަަށް ފަރުވާތެރިވުން ވަރަށް މުހިއްމެވެ.

މި އެޕާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެމެރިކާގެ ނިޔު ޔޯކް ސިޓީގެ އެޓާނީ ޖެނެރަލް ލެޓިޓިއާ ޖޭމްސް "ޒޫމް" އަށް އަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެޕްގެ ރައްކާތެރިކަމާ ދޭތެރޭ މިހާރު ސުވާލުތަކެއް އުފެދިފައިވާތީ އެޕްގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ފިޔަވަޅުތަކެއް އެޅުއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އެޓާނީ ޖެނެރަލްގެ ސިޓީގައި ވަނީ އެޕް މިހާރު ވަރަށް ބޮޑަށް ލަސްވަމުންދާކަން ވެސް ފާހަގަކުރައްވައިފަ އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި "ޒޫމް" އަށް ލިބުނު މަގުބޫލުކަމާ އެކު ކަސްޓަމަރުން އިތުބާރުކުރާ، ރައްކާތެރި އެޕެއްކަން ކަށަވަރުކޮށް ދިނުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ޒޫމް" ގެ ތަރުޖަމާނު ބީބީސީ އަށް ބުނީ އެ އެޕަކީ އަބަދު ވެސް ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ހިމާޔަތްކުރާނެ އަދި ޕްރައިވެސީ ވެސް އެންމެ މަތީ މިންވަރުގައި ހިފަހައްޓައިދޭނެ އެއްޗެއް ކަމަށެވެ.

ބޮރިސް "ޒޫމް" މެދިވެރިކޮށް ކެބިނެޓާ އެކު.

"އަހަރެމެން ވަރަށް ބޮޑަށް ޝުކުރުވެރި ވެސް ވަން މިފަދަ ދަނޑިވަޅަކާ ދިމާކޮށް ޒޫމްގެ ބޭނުން ގިނަ ބަޔަކު ހިފާތީ. އަދި އެޓާނީ ޖެނެރަލް ފާޅުކުރެއްވި ކަންބޮޑުންތައް ބަލައިގަނެ، އެޕް އިތުރަށް ހަރުދަނާކުރުމުގެ ފިޔަވަޅުތައް ވެސް އަޅަމުންދާނެ." ތަރުޖަމާނު ވިދާޅުވި އެވެ.

"ޒޫމް" ގެ މަގުބޫލުކަން މި ދަނޑިވަޅުގައި ބޮޑުވި މިންވަރަކީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިޒްވުމާ ގުޅިގެން އައިސޮލޭޓްވެވަޑައިގަންނަވަން ޖެހި ސަރުކާރު ހިންގުމުގެ މަޝްވަރާތައް "ޒޫމް" މެދުވެރިކޮށް ކުރައްވަން ފެއްޓެވުމެވެ.

މި އެޕަކީ ގޫގްލް އާއި ޕްލޭސްޓޯރުން ޑައުންލޯޑްކުރެވޭ އެޕެކެވެ.