01 އެޕްރީލް 2020
އިހުތިޔާރަކާ ނުލައި މޫނާ އަތް ކައިރިކުރެވޭ ނަމަ އަންގައިދޭ ސެންސައެއް ހަދަން އުޅުނު އޮސްޓްރޭލިއާގެ ޒުވާން ސައިސްޓިސްޓަކަށް އަމިއްލަ އަށް ލިބުނު ބޮޑު ލަނޑަކާ ހެދި ހޮސްޕިޓަލްގައި ފަރުވާ ހޯދަން ޖެހިއްޖެ އެވެ.
އިހުތިޔާރަކާ ނުލައި މޫނާ އަތް ކައިރިކުރެވޭ ނަމަ އަންގައިދޭ ސެންސައެއް ހަދަން އުޅުނު އޮސްޓްރޭލިއާގެ ޒުވާން ސައިސްޓިސްޓަކަށް އަމިއްލަ އަށް ލިބުނު ބޮޑު ލަނޑަކާ ހެދި ހޮސްޕިޓަލްގައި ފަރުވާ ހޯދަން ޖެހިއްޖެ އެވެ.
އެސްޓްރޮފިޒިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ އަދި މެލްބަންގައި ދިރިއުޅޭ ޑެނިއަލް ރިއާޑަން، 27، ކިޔައިދިން ގޮތުގައި އޭނާ މަސައްކަތްކުރީ ކޮރޯނާވައިރަހުގެ މި ބަލިމަޑުކަމުގެ ތެރޭގައި ކުރާނެ ކަމެއް ނެތިފައި ގޭގައި ހުންނަން ޖެހި، ފޫހިފިލުވުމުގެ ގޮތުންނާ އެކު ކޮވިޑް-19 އަށް ހާއްސަ ސެންސައެއް އީދާޖުކުރާށެވެ. އެގޮތުން ކުރި މަސައްކަތުގެ ތެރޭގައި ގެންގުޅުނު އާލާތްތަކުގެ ތެރޭގައި ހުރި ކުދިކުދި ދަގަތްފާނުކޮޅުތަކެއް ކަންފަތާއި ނޭފަތް ފަދަ ތަންތަނުގައި ޖައްސައިގެން އުޅެނިކޮށް ނޭފަތުގެ އެތެރޭގައި ދަގަތްފާނުކޮޅުތައް ތަތްލައި، އަމިއްލަ އަށް ނުނެއްޓިގެން ހޮސްޕިޓަލަށް ދާން ޖެހުނީ އެވެ.
މި ވާހަކަ ސިއެންއެން އަށް ކިޔައިދެމުން ޑެނިއަލް ވަނީ އޭނާ އަށް ހޮސްޕިޓަލްގެ މެޑިކަލް ރިޕޯޓް ވެސް ހިއްސާކޮށްފަ އެވެ. އަދި މިކަން ކިޔައިދިނުމުން، ފަރުވާ ދިން ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ މީހުން ވެސް ޑެނިއަލް އަށް ދިމާވި ކަންތަކަށް ޖޯކް ޖެހި އެވެ.
"މިއީ އަހަރެންގެ ގަމާރުކަމުންވީ ކަމެއްގެ ގޮތުގައި މިހާރު ގަބޫލުކުރަނީ. ހަގީގަތުގައި ވެސް ޑޮކްޓަރުންނަށް ވަރަށް މަޖާ ޖޯކު ކަމަކަށްވީ އަހަރެން ދަގަތްފާނުކޮޅުތަކެއް ނޭފަތުގެ ތެރޭގައި ތާށިވެގެން ދިޔައިމަ،" އޭނާ ބުންޏެވެ.
ޑެނިއަލްގެ މެޑިކަލް ރިޕޯޓް.
ޑެނިއަލް ބުނީ އޭނާ އަށް ފަރުވާދޭން ޑޮކްޓަރުން ނެގީ ގަޑިއެއްހާއިރު ކަމަށާއި އެ މީހުންގެ މަސައްކަތް ވަރަށް ވެސް ހަލުވިވެފައި ރަނގަޅު ކަމަށެވެ.
"މިކަން ހަމަ އަސްލު ވެސް ޑޮކްޓަރުންނާއި ނަރުހުންނަށް ވަރަށް މަޖާވި ކަމަކަށްވީ. އަހަންނަށް އެ މީހުން ފަރުވާ ދިނީ އެންޖޯއިކުރަމުން." ދިމާވި ކަންތަކާ ހުރެ އަމިއްލަ އަށް ވެސް ހިނި އަންނަ ކަމަށް ބުނެ އޭނާ ބުންޏެވެ. "ދަގަތްފާނުކޮޅުތައް ނެއްޓި އިރު ކޮންމެވެސް ވަރަކަށް ތަދުވެސްވި. އެކަމަކު މިހާރު ހަމަ ބަރާބަރު. ދެން ދުވަހަކު ވެސް މިކަހަލަ ގަމާރު ކަމެއް ނުނުކުރާނަން."
ޑެނިއަލް ބުނީ ސެންސަ އުފެއްދުމަށް ފެށި މަސައްކަތް އަލުން ކުރާނެ ކަމަށާއި ދެން ކުރިއަށް އަށް ވުރެ ބޮޑަށް ސަމާލުވާނެ ކަމަށެވެ.
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
މުސާރައާ ގުޅޭ ޝަކުވާތަކަށް ހައްލުތަކެއް ގެނެސްދީފި
ސިއްހީ ދާއިރާ މުވައްޒަފުންގެ އޯޓީ ލިމިޓްކުރުމުން ޝަކުވާ ބޮޑުވެއްޖެ
ސިއްހީ ދާއިރާގެ މުސާރައަށް އިތުރު ބަދަލުތަކެއް ގެންނަނީ
އިތުރު ތަނެއްގައި މަސައްކަތްނުކުރާނަމަ އެލަވަންސެއް
ބ. އަތޮޅަށް 14 ޑޮކްޓަރުންނާއި 38 ނަރުހުން ހޯދަނީ
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެ: ފިނޭންސް
ޑޮކްޓަރުންނާއި ނަރުހުންގެ މުސާރައަށް 500 މިލިއަން