Roadha Mihaaru
ޕިއްޒާއަކަށް އިންޑިއާ-ޕާކިސްތާނު ބޯޑަރުގެ ނަން

ޕިއްޒާއަކަށް އިންޑިއާ-ޕާކިސްތާނު ބޯޑަރަށް ނިސްބަތްކޮށް ނަން ކިޔައިފި

12 އޮކްޓޯބަރ 2016

އިންޑިއާ އާއި ޕާކިސްތާނުގެ ދެކޮޅުވެރިކަން ބޮޑުވެފައިވާ މި ދުވަސްވަރު އެ ދެ ގައުމުގައި ވެސް ދަނީ މި މައްސަލަ އަށް ނިސްބަތްވާ އެކި ކަންތައްތައް ކުރަމުންނެވެ. މަސްރަހު ފިނިކުރުމަށް ބައެއް މީހުން މަސައްކަތްކުރަމުން އަންނައިރު ޕާކިސްތާނުގެ ކެފޭއަކުން ވަނީ "އެލްއޯސީ" ޕިއްޒާ ހަދައިފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާ އާއި ޕާކިސްތާނުގެ ދެކޮޅުވެރިކަން ބޮޑުވެފައިވާ މި ދުވަސްވަރު އެ ދެ ގައުމުގައި ވެސް ދަނީ މި މައްސަލަ އަށް ނިސްބަތްވާ އެކި ކަންތައްތައް ކުރަމުންނެވެ. މަސްރަހު ފިނިކުރުމަށް ބައެއް މީހުން މަސައްކަތްކުރަމުން އަންނައިރު ޕާކިސްތާނުގެ ކެފޭއަކުން ވަނީ "އެލްއޯސީ" ޕިއްޒާ ހަދައިފަ އެވެ.

މަޝްހޫރު ސްޓާބަކްގެ ލޯގޯއާ ވައްތަރު ގޮތަކަށް ހަދާފައިވާ ލޯގޯއަކާ އެކު މެނޫ އަށް އިތުރުކުރި ޕިއްޒާ އަށް ނަން ކިޔާފައިވާ އެލްއީސީ (ލައިން އޮފް ކޮންޓްރޯލް) އަކީ ދެ ގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން އެންމެ އާންމު ހިސާބެވެ.

މި ޕިއްޒާގެ އެންމެ ހާއްސަ ސިފަޔަކީ މެދުން ބައިކޮށް، އެއްބައި ވެޖެޓޭރިއަން ގޮތަށް ތައްޔާރުކޮށްފައި އަނެއްބައި ގެރި މަސް ބޭނުންކޮށްގެން ހަދާފައި ވާތީ އެވެ.

މިތަނުން މި ނޫނަސް ވަރަށް ހެއްވާ ނަންތައް ކިޔާ އެއްޗެހި ހުރެ އެވެ. އެއްިން އެއް ވައްތަރަކީ "ބޭޝަރަމް ޓޮޕްލެސް ބާގާ" އެވެ. އަދި "ދެހެޝަތުގަރްދު ސްޕައިސީ ޕިއްޒާ" ވެސް ހުރެ އެވެ. ދެހެޝަތުގަރްދުގެ މާނަ އަކީ "ޓެރަރިސްޓް" އެވެ.

މި ކެފޭ ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ޕާކިސްތާނުގައި މަގުބޫލު ތަނަކަށް ވެފަ އެވެ. ހެއްވާ ނަންނަން ކާ އެއްޗިއްސަށް ކިޔާތީ އަދި އެ ތަކެތި ހަދާފައި ހުންނަނީ ވެސް އެ ކިޔާ ނަން ނަމާ ގުޅޭ ގޮތަށް ކަމަށް ވާތީ ގިނަ ބަޔެއްގެ ޝައުގުވެރިކަން މި ތަނުން އުފައްދާ ކާއެއްޗިއްސަށް މިހާރު ވަނީ ލިބިފަ އެވެ.