11 އޮކްޓޯބަރ 2016
ޕެރިސް (އޮކްޓޯބަރު 11) - ސީރިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހަލަބަށް ބޮން އަޅަމުންދާތީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ރަޝިޔާގެ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބެލުމަށް ފްރާންސްގެ ރައީސް ފްރާންސުވާ އޮލެންޑާ ހުށަހަޅުއްވައިފި އެވެ.
ޕެރިސް (އޮކްޓޯބަރު 11) - ސީރިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހަލަބަށް ބޮން އަޅަމުންދާތީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ރަޝިޔާގެ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބެލުމަށް ފްރާންސްގެ ރައީސް ފްރާންސުވާ އޮލެންޑާ ހުށަހަޅުއްވައިފި އެވެ.
ފްރާންސް ޓީވީގައި ވާހަކަ ދައްކަވަމުން އޮލެންޑާ ވިދާޅުވީ ރަޝިޔާގެ މައްސަލަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ބަލަން ޖެހޭ ކަމަށެވެ. އަދި ރައީސް ލަޑިމިއާ ޕުޓިން އަންނަ ހަފުތާގައި ފްރާންސަށް ކުރާ ދަތުރުގައި އޭނާއާ ބައްދަލު ނުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ހަލަބަށް ދޭ ބޮމުގެ ހަމަލާތައް ހުއްޓާލުމަށް ފްރާންސް އާއި ސްޕޭން ސްޕޮންސާކޮށް މިދިޔަ ހަފުތާގައި ސަލާމަތީ މަޖިލީހަށް ހުށަޙެޅި ގަރާރު ރަޝިޔާ އިން ވަނީ ވީޓޯކޮށްފަ އެވެ. ރަޝިޔާ އިން ތަކުރާރުކޮށް ބުނަމުން ދަނީ ސީރިއާގެ އާއްމުންނަށް ހަމަލާ ނުދޭ ކަމަށެވެ. އަދި ހަމަލާތަކުގެ އަމާޒަކީ ސީރިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓުން ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ. ރަޝިޔާ އަދި ސީރިއާ އަކީ ވެސް އައިސީސީގެ މެންބަރެއް ނޫނެވެ.
"ހަނގުރާމައިގެ ޖަރީމާތައް ހިންގާ މީހުން އެކަމަށް ޒިންމާ އުފުލަން ޖެހޭނެ. އޭގެ ތެރޭގައި އައިސީސީން އެ މީހުންގެ މައްސަލަ ބެލުން ވެސް ހިމެނޭ،" އޮލެންޑާ ވިދާޅުވި އެވެ. "ޕުޓިންއާ ބައްދަލުކޮށްފިއްޔާ އަޅުގަނޑު ދަންނަވާނަން ރަޝިޔާ އިން ހިންގާ އަމަލުތައް ގަބޫލް ނުކުރެވޭނެ ކަމަށް."
އޮލެންޑާ މި މޭރުމުން ވާހަކަ ދެއްކެވި އިރު ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-މާކް އޭހޫ ވަނީ އައިސީސީން ރަޝިޔާގެ މައްސަލަ ބެލުމަށް ތަހުގީގެއް ފެށުމަށް ފްރާންސް އިން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވެސް މިދިޔަ ހަފުތާގައި ވަނީ ސީރިއާގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ވިދާޅުވެފަ އެވެ. ރަޝިޔާ އާއި ސީރިއާ ސަރުކާރުން ހޮސްޕިޓަލްތަކަށް ދޭ ހަމަލާތަކަކީ އެކްސިޑެންޓަކުންވާ ކަމެއް ނޫން ކަމަށާއި އެއީ ގަސްދުކުރާ ކަމެއް ކަމަށް ކެރީ ވަނީ ވިދާޅުވެފަ އެވެ.
ހަނގުރާމައިގެ ކުށްވެރިންގެ 600 މީހަކު ފާހަގަވެއްޖެ
މެދުއިރުމަތީގެ ހަމައެކަނި ހައްލަކީ ދެ ދައުލަތް
ތިން ދުވަހަށް ފަހު ހަލަބުގެ ހަމަލާތައް ފަށައިފި
ހަލަބަށް އަނެއްކާވެސް ވަރުގަދަ އަށް ވައިގެ ހަމަލާ ދެނީ
ރަޝިޔާގެ ހަމަލާތަކުގައި ސީރިއާއިން 9300 މީހުން މަރު
ސީރިއާ މައްސަލާގައި ރަޝިޔާ އިން ދަނީ ދޮގު ހަދަމުން
ސީރިއާގެ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނީ ރަޝިޔާ
ސީރިއާގެ ސުލްހައިގެ ޕްލޭނަށް އެމެރިކާ، ރަޝިޔާ އެއްބަސް
ސީރިއާގެ ހަލަބު ސިޓީގެ ހަނގުރާމަ ހޫނުވެއްޖެ
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓު ދޭން އެދެފި