Roadha Mihaaru
ވަޒީފާއިން ވަކިކޮށް، މުސާރައިން އުނިކުރާ ނަމަ އަންގާ

ކޮވިޑް-19 އާ ގުޅުވައިގެން ވަޒީފާ އިން ވަކިކޮށް، މުސާރަ އުނިކުރާ ނަމަ ސަރުކާރަށް އަންގަންޖެހޭ

21 މާޗް 2020

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ވަަޒީފާތަކުން މީހުން ވަކި ކުރާ ނަމަ ނުވަތަ މުސާރަތައް ދަށް ކުރާ ނަމަ އެކަން އެންގުމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ އެދިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ވަަޒީފާތަކުން މީހުން ވަކި ކުރާ ނަމަ ނުވަތަ މުސާރަތައް ދަށް ކުރާ ނަމަ އެކަން އެންގުމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ އެދިއްޖެ އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ ޓޫރިޒަމާއި އެހިހެން އިގްތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް މިހާރު އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމަށްޓަކައި ކޭޝްފްލޯ ފައިނޭންސިން ސްކީމްތައް ފަހިކޮށްދީ، އެހެނިހެން ފިޔަވަޅުތައް ވެސް ސަރުކާރުން އިސް ނަގައިގެން އަޅަމުން އަންނަ ކަމަށެވެ.

އެހެންވެ، ކޮވިޑް-19 ގެ ސަބަބުން އަންނަ ހީނަރުކަމާ ގުޅުވައިގެން، އެއްވެސް މީހަކު ވަޒީފާ އިން ވަކިކޮށްފައިވާ ނަމަ ނުވަތަ މުސާރަ އާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެސްފައިވާ ނަމަ އެކަން އެންގުމަށް އިކޮނޮމިކް މިނިސްޓްރީން އެދެ އެވެ. އެ މައުލޫމާތު ހިއްސާ ކުރަން ޖެހެނީ jobcenter.mv އަށް މެއިލް ކޮށްގެންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބަޔާން

މައުލޫމާތު ހުށަހަޅާއިރު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުންތައް ވެސް ހުށަހެޅުމަށް މިނިސްޓްރީން އެދެ އެވެ.

ކޮވިޑާ ގުޅުވައިގެން، ވަޒީފާތަކުން ވަކިކުރާ ނަމަ ނުވަތަ މުސާރަ އާއި އެލަވަންސް އުނިކުރާ ނަމަ، އެކަން އަންގަން އިކޮނޮމިކް މިނިސްޓްރީން އެދުނު ނަމަވެސް މިހާރު ވެސް ބައެއް ރިސޯޓުތަކާއި އަމިއްލަ އެހެނިހެން ކުންފުނިތަކުން ވަނީ އެ ތަންތަނުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދަށް ކުރަން ނިންމައި އެކަން އެ މީހުންނަށް އަންގައި ވެސްފަ އެވެ.

ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ހިމާޔަތް ކުރުމަށްޓަކައި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ސަރުކާރުން ވަނީ ތައާރަފު ކޮށްފަ އެވެ. އެކަމަކު، އެ ޕެކޭޖަށް އެދި ހުށަހެޅުމުގެ އެއް ޝަރުތަކީ އެ ކުންފުންޏެއްގެ މުވައްޒަފުންގެ މުސާރަ އިން އުނި ނުކުރުމެވެ.

Viyafaari thakah ehee vumuge gothun 2.5 billion rufiyaa dhenee

Viyafaari thakah ehee vumuge gothun 2.5 billion rufiyaa dhenee

The most trusted news source in the Maldives

Mihaaru

ވިޔަފާރިތަކަށް ހާއްސަ ސްކީމްތަކެއް ތައާރަފް ކުރުން

މިދުވަސްވަރު ދިމާވާ މާލީ އުނދަގޫތަކުން އަރައިގަތުމަށް ދޭ މި ލޯނުގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާތައް ހީނަރުވުމާ ގުޅިގެން ދިވެހިންގެ ވަޒީފާތައް ގެއްލުމުގެ ފުރުސަތުތައް ކުޑަ ކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ވަޒިފާތަކުގައި އުޅޭ މީހުންގެ މުސާރަތައް ކުޑަ ނުކޮށް، މީހުން މަދު ނުކޮށް ހިންގަން ވެސް މި ލޯނުތަކުން އެހީތެރިވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.