26 އެޕްރީލް 2024
ތުރުކީ އާ އެކު ކުރިއަށްދާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ދަށުން 214 ބާވަތަކުން ސުން ޕަސެންޓުގައި ތުރުކީއަށް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ނިންމައިފި އެވެ.
ތުރުކީ އާ އެކު ކުރިއަށްދާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ދަށުން 214 ބާވަތަކުން ސުން ޕަސެންޓުގައި ތުރުކީއަށް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެކަން ހަމަޖައްސައި ދޭން ތުރުކީ ސަރުކާރުގައި މިހާރު އެދިފައިވާ ކަމަށެވެ.
ރާއްޖެ އާއި ތުރުކީ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި ދެ ގައުމުގެ މެދުގައި އެ ކަމުގެ މަޝްވަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެކަމުގެ ދަށުން އިއްޔެ ވަނީ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުން ބާއްވާފަ އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ތުރުކީއާ އެކު ކުރިއަށް ގެންދާ އެއްބަސްވުމުގެ ތެރެއިން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ވިޔަފާރީގެ މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުން އެކްސްޕޯޓު ކުރާ ބައެއް މުދާތަކުން ލުއި ގޮތްތައް ހަމަޖެހިގެންދާނެ އެވެ. މި އެއްބަސްވުމުގެ ދަށުން ހިމެނޭނެ މުދަލުގެ ތަފްސީލު ހާމަކޮށްފައިނުވިޔަސް، ރާއްޖެ އަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ގެންނަން ތުރުކީ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.
އެ އެއްބަސްވުމުގެ ދަށުން އެ ގައުމުން ކާޑުގެ ބާވަތްތައް ގެންނަން ވަނީ ފަށައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އާއި ތުރުކީއާ ދެމެދު ގާތްގުޅުމެއް ވަނީ ބާއްވަން ފައްޓަވައިފަ އެވެ. އެ މަނިކުފާނު މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރެއްވީ ތުރުކީއަށެވެ.
ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
"ރާއްޖޭގައި 400 އޮންލައިން ވިޔަފާރިވެރިން އެބަތިބި"
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ ލައިސަންސަށް އެދިއްޖެ
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
އެސްއީޒެޑްގެ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދީފި
ސޮވެރިންފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފި:ސައީދު
ދޮގު ވާހަކަ ފަތުރަނީ ރިފޯމް އެޖެންޑާއަށް ހުރަސްއަޅަން