Roadha Mihaaru
އެޗްއައިއެޗް ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކޮށްފި

ކޮވިޑް1-19: އެޗްއަަައިއެޗް ކަރަންޓީނު ފެސިލިޓީއަަކަށް ބަދަލުކޮށް، ވިލިވަރު ހުސްކޮށްފި

18 މާޗް 2020

ކުރިން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ޓޫރިސްޓުން މަޑުކުރާ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކޮށް، ކޮވިޑް-19 ގެ އަލާމާތްތައް ހުރި 15 މީހަކު އެ ތަނުގައި ކަރަންޓީނު ކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރިން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ޓޫރިސްޓުން މަޑުކުރާ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކޮށް، ކޮވިޑް-19 ގެ އަލާމާތްތައް ހުރި 15 މީހަކު އެ ތަނުގައި ކަރަންޓީނު ކޮށްފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސަައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ދޭން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މީގެ 18 އަހަރު ކުރިން ހުޅުވި އެޗްއައިއެޗްގައި މިހާރު ކަރަންޓީން ކޮށްފައިވާ 15 މީހުންނަކީ މީގެ ކުރިން ކ. ވިލިވަރުގައި ތިބި މީހުން ކަމަށެވެ. އެކަމަކު އެ މީހުން ވިލިވަރުން އެޗްއައިއެޗަަށް ބަދަލުކުރި ސަބަބެެއް އޭނާ ވިދާޅެއް ނުވެ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ މީހުންނާއި އަލާމާތްތައް ހުންނަ މީހުންގެ ޓެސްޓް ހަދާ މަރުހަލާގެ މުއްދަތުގައި ބޭތިއްބުމަށްޓަކައި ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ވިލިވަރު ތަރައްގީ ކުރީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެކަމަކު، އެތަނުގެ ދެވަނަ ފިޔަވައްސެއް ހެދުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އެނގިފައިވާ ގޮތުގައި، ކުރިން ރިސޯޓެއް ހިންގުމަށް ފަހު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ވިލިވަރުގައި މަދިރީގެ އުނދަގޫ ވަރަށް ބޮޑެވެ.

"ވިލިވަރުގެ ކަރަންޓީނު ފެސިލިިޓީގައި މިހާރު އެއްވެސް ފަރާތެއް ނުވޭ. އެ ފަރާތްތައް މިހާރު ވަނީ ހުޅުލޭ ކަރަންޓީނު ފެސިލިޓީ އެޗްއައިޗްގައި. އަޅުގަނޑުމެން އެ ތަން ބޭނުންކުރަނީ ހުޅުލޭ ކަރަންޓީނު ފެސިލިޓީގެ ގޮތުގައި،" ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް އޮންނަ ހުޅުލޭގައި ހަދާފައިވާ އެޗްއައިއެޗާ ގުޅޭ ގޮތުން މަބްރޫކް ވިދާޅުވި އެވެ.

އެ ހޮޓަލަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ސިންގަޕޯ އެއާ ލައިންސްގެ، ސިންގަޕޯ އެއާޕޯޓް ޓާމިނަލް ސާވިސަސް ގުޅިގެން އޮޕަރޭޓް ކުރާ ތަނެކެވެ. މުޅި އެކު 136 ކޮޓަރީގެ އެ ހޮޓަލަކީ ރާއްޖެ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ޓްރާންސިޓް ކުރުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ހަދާފައިވާ ތަނެކެވެ.

Best Hotel in Maldives near Airport, Hulhule Island Hotel

Best Hotel in Maldives near Airport, Hulhule Island Hotel

Hulhule Island Hotel, located on the International airport island , is a modern and exotic hotel catering to the diversified needs of guests.

އެޗްއައިއެޗްގެ ވެބްސައިޓުގައިވާ ގޮތުން، އެ ހޮޓަލަށް ބުކިން ހެއްދުން 14 ދުވަހުގެ މުއްދަތަށް ވަނީ މަޑުޖައްސައިލާފައި.

އެޗްއައިއެޗްގެ ވެބްސައިޓްގައިވާ ގޮތުން، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ހޮޓަލަށް ބުކިންސްތައް ނެގުން ކުރިއަށް އޮތް 14 ދުވަހަށް ވަނީ ހުއްޓާލައިފަ އެވެ. އެކަން ކުރަނީ ކޮވިޑުން ރައްކާތެރި ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަަމަށް އެޗްއައިއެޗުން ބުނެ އެވެ.

ރާއްޖޭގެ ތަފާސްހިސާބު

ކޮވިޑް-19 އަށް ޕޮޒިޓިވް- 13

ފަރުކޮޅުފުށި- 23

އެޗްއައިއެޗް- 15

ރާއްޖެ އަަށް ދަތުތުކުރުން މިހާރު މަނާކޮށްފައިވާ ގައުމުތަކުން އަންނަ ދިވެހިން މީގެ ކުރިން ފޮނުވަމުން އައީ "އީ ހޯމް އައިސޮލޭޝަން" އަށް ކަމަށް ވިޔަސް މިހާރު ހަމަޖައްސާފައިވާ އުސޫލަކީ އެ މީހުން ރާއްޖެ އައުމާ އެކު ކަރަންޓީނު ކުރުމެވެ.

"ޗައިނާ އިން، އިރާނުން، ސައުތުކޮރެއާގެ ދެ ޕްރޮވިންސަކުން، އިޓަލީން، ސްޕެއިން، ފްރާންސްގެ ދެ ޕްރޮވިންސެއް ޖަރުމަނުގެ ތިން ޕްރޮވިންސެއް، މެލޭޝިއާ އިނގިރޭސި ވިލާތް، މިއިން އެެއްވެސް ތަނަކުން އަންނަ ދިވެހިންނާ މެދު ކަން ކުރާނެ ގޮތަކީ އެ އެންމެން ވެސް ރާއްޖެ އައުމާ އެކީގައި ފޮނުވޭނީ ކަރަންޓީނު ފެސިލިޓީއަކަށް،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެޗްއައިއެޗް ބޭނުންކުރާނީ ރިސޯޓްތަކަށް ދަތުުރުކުރުމުގައި މިހާރު ކަނޑައަޅާފައިވާ އުސޫލުތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ޓޫރިސްޓުން ބޭތިއްބުމަށެވެ. އެއީ ރޭގަނޑު އަންނަ ޓޫރިސްޓުން އެ މީހުންދާން ޖެހޭ ރިސޯޓަަަށް ދެވެންދެން މަޑުކުރާ ހަމަ އެކަނި ހޮޓަލުގެ ގޮތުގަ އެވެ.

ކޮވިޑް-19 ފެތުރޭތީ ފިޔަވަޅުތައް ނާޅާ އިރު، ދަންވަރު އަންނަ މީހުން، ހުޅުމާލެއާއި މާލޭގެ ގެސްޓް ހައުސްތަކުގައި ވެސް ތިބެވެ އެވެ. އެކަމަކު މިހާރު އެ ތަންތަނަށް ޓޫރިސްޓުން ގެންދިއުން އޮތީ މަނާކޮށްފަ އެވެ.

ފަސްތަރީގެ އެޗްއައިއެޗް ކަރަންޓީނު ފެސިލިޓީއަކަށް ބޭނުންކުރަން ފެށިއިރު، ބަންދުކޮށްފައި އޮތް ރިސޯޓެއް ކަމަށްވާ ވެލިދޫ އައިލެންޑް ރިސޯޓް ވެސް މިހާރު ވަނީ ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކޮށްފަ އެވެ.