10 މާޗް 2020
އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށްލައި، ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކު އެޑަޕްޓްކޮށް، ފަހުން ހާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް ކައުންސެލިންގެ ހިދުމަތް ދެމުން އަންނަ އިންޑިއާގެ ފިރިހެނަކަށް "ބެސްޓް މަމީ އެވޯޑް" ލިބިއްޖެ އެވެ.
އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށްލައި، ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކު އެޑަޕްޓްކޮށް، ފަހުން ހާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް ކައުންސެލިންގެ ހިދުމަތް ދެމުން އަންނަ އިންޑިއާގެ ފިރިހެނަކަށް "ބެސްޓް މަމީ އެވޯޑް" ލިބިއްޖެ އެވެ.
ޕޫނޭ އަށް ނިސްބަތްވާ އަދިތިޔާ ތިވާރީ އަށް ވަނީ އާދީއްތަ ދުވަހު ފާހަގަކުރި މި އަހަރުގެ އަންހެނުންގެ ދުވަހު، އދ. އިން ދޭހާއްސަ އެވޯޑެއް ދީފަ އެވެ.
އޭނާ ބުނީ އަވްނީޝް ކިޔާ ޑައުން ސިންޑްރޯމް ހުންނަ ކުއްޖާ އެޑޮޕްޓްކުރީ 2016 ގައި ކަމަށާއި އެ ކުއްޖާގެ ބެލެނިވެރިކަން ރަސްމީކޮށް ލިބުނީ އެ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.
އަތިޔާ އަކީ ކުރިން އައިޓީ ކުންފުންޏެއްގައި މަސައްކަތްކުރި މީހެކެވެ. އެކަމަކު ކުއްޖަކު އެޑަޕްޓްކުރުމާ އެކު އޭނާ ވަނީ އެ ވަޒީފާ ދޫކޮށްލައިފަ އެވެ.
އަދިތިޔާ އާއި އަވްނީޝް.
"އޭގެ ފަހުން އަހަރެން މަސައްކަތް މި ކުރަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް ކައުންސެލިން ދިނުމައި،" އޭނާ ބުންޏެވެ.
އަދިތިޔާ ކިޔައިދިން ގޮތުގައި އެޑޮޕްޓްކުރި ދަރިއަކާ އެކު އޭނާ ދިރިއުޅުން ވަނީ އެއްކޮށް ބަދަލުވެފަ އެވެ. އަދި އެކަނި ބެލެނިވެރިއެއްގެ ގޮތުގައި ކުއްޖަކު ބެލުމަކީ ފިރިހެނަކަށް ވެސް ވެދާނެކަމެއް ކަމަށް ބުންޏެވެ.
"އަހަރެން މަސައްކަތެއް ނުކުރަން ރަނގަޅު ބައްޕައަކަށް ނުވަތަ މަޔަކަށްވާކަށް. އަހަރެން މަސައްކަތްކުރަނީ ރަނގަޅު ބެލެނިވެރިއަކަށްވާން." އޭނާ ބުންޏެވެ. "އަދި އަހަރެން އެންމެ އުފާވަނީ އަވްނީޝް އަހަރެން ބަލައިގެންފައިވާތީ. އަހަރެންގެ ހުރިހާ ވެސް އުފަލަކީ ދުނިޔެ އަކީ މިހާރު އެއީ."
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފޭސްބުކް ޕޭޖް "ހިއުމަންސް އޮފް ބޮމްބޭ" އަށް އަދިތިޔާ ކިޔައިދިން ގޮތުގައި ކުއްޖަކު އެޑޮޕްޓްކުރުމުގެ ވިސްނުން އައީ އެ އަހަރު ބައްޕަ އުފަން ދުވަހާ ދިމާކޮށް ޔަތީމްޚާނާއަކަށް ހަދިޔާ ބަހަން ކުރި ޒިޔާރެއްގެ ތެރެއިންނެވެ.
"އެތަނުން އަހަންނަށް އަވްނީޝް ފެނުނު އިރު އޭނަގެ އުމުރުން އެންމެ ފަސް މަސް. އެ ދުވަހު އެ ކުއްޖާ ފެނުނު އިރު އޮތީ އެނދެއްގައި ބާއްވާފައި. ކައިރީގައި އަޅާނެ އެއްވެސް މީހަކު ނެތް. ދެން ވަރަށް އަސަރު ކުރި ކަމަކަށް އެކަންވީ." އޭނާ ބުންޏެވެ.
އަދިތިޔާ ބުނީ ޔަގީމްޚާނާގެ މީހުންނާ ވާހަކަ ދައްކައިލުމުން އެނގުނީ އަވްނީޝް އަކީ ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކަށްވާތީ އެއްވެސް ބަޔަކު އެ ކުއްޖާ އެޑޮޕްޓްކުރަން ބޭނުން ނުވި ކަމެވެ.
"އެ ހިސާބުން އަހަރަން ނިންމައިފިން އެ ކުއްޖާ އެޑޮޕްޓްކުރަން." އޭނާ ބުންޏެވެ. "މިއަދު އަހަރެން އެންމެ އުފާވާ ކަމަކީ މިއީ."
އދ އިން ލިބުނު "ބެސްޓް މޮމީ އެވޯޑް" އާ އެކު އަދިތިޔާ އަށް ވަނީ އެ ޖަމިއްޔާ އިން ބާއްވާ ކޮމްފަރެންސްގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ލިބިފަ އެވެ.
ފަސް ބެއިން އެޑަޕްޓްކޮށްގެން އުޅޭ ޒުވާނެއް
ކުޑަކުދިންނަށް އޮތީ ބަނަ ކުރިމަގެއް: ޔުނިސެފް
ދަރިންނާ ބައްދަލުކުރަން އެޕޮއިންޓްމަންޓް: އަނިޔާއެއް!
ބައްޕަގެ ދިރިއުޅުމުން ކުއްޖާގެ ސިއްހަތަށް ކުރާ އަސަރު
އަޚުލާގީ ތަރުބިޔަތުގައި އާއިލާގެ ދައުރު އަދާކުރެވޭބާ؟
ދަރިފުޅުގެ ހަންގަނޑާ ބެހޭ ގޮތުން އެނގެން ޖެހޭ
ކުޑަދަރިފުޅު އެނދުގައި ނުނިދާނަމަ ދެންހަދާނީ ކިހިނެއް؟
ފުރާވަރަށް އަޅާ ކުދިންނާމެދު ސަމާލުވާންވީ ތިން ކަމެއް
މައިންބަފައިން ދަރިންނަށް ކުރާ ދުއާގެ ބާރު ގަދަ!
ދަރިން ދެކެ ލޯބިވުމާއި ހިތާމަތަކަށް ކެތްކުރުން