Roadha Mihaaru
ހައި ކޯޓު ދެކުނު ގޮފީގެ ޝަރީއަތްތައް މާދަމާ ބާއްވަނީ

ހައި ކޯޓު ދެކުނު ގޮފީގެ ޝަރީއަތްތައް މާދަމާއިން ފެށިގެން ބާއްވަނީ

06 މާޗް 2020

ހައި ކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތް މާދަމާ އިން ފެށިގެން ބާއްވަން ނިންމައިފި އެވެ.

ހައި ކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތް މާދަމާ އިން ފެށިގެން ބާއްވަން ނިންމައިފި އެވެ.

ހައި ކޯޓުން ބުނީ އައްޑޫގައި ގާއިމުކޮށްފައިވާ އެ ކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގުމަށްޓަކައި ފަނޑިޔާރުންގެ ވަފުދު މިހާރު އައްޑޫ އަށް ގޮސްފައިވާ ކަމަށެވެ. އެ ވަފުދުން މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގާނެ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.

ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ގޮފި އުފައްދަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ވެސް ވަނީ ހައި ކޯޓުގެ ގޮތްޕެއް ގާއިމްކޮށްފަ އެވެ. އެ ގޮފިތަކުގައި ފަނޑިޔާރުން ދާއިމީކޮށް ތިބޭ ގޮތަށް ކުރިން ހަމަޖެއްސުމުން މާލޭގެ ހައި ކޯޓަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވާން ފެށުމުން ފަހުން ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިބެން ނުޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.