Roadha Mihaaru
ހައި ކޯޓުގެ ޝަރީއަތްތަކުގެ ވީޑިއޯ އާންމުކުރަން ފަށަނީ

ހައި ކޯޓުގެ ޝަރީއަތްތަކުގެ ވީޑިއޯ އާއި އޯޑިއޯ އާންމު ކުރަން ފަށަނީ

01 އެޕްރީލް 2022

ހައި ކޯޓުގެ ޝަރީއަތްތަކުގެ ވީޑިއޯ އާއި އޯޑިއޯ އާންމުކުރަން އެ ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ޝަރީއަތްތަކުގެ ވީޑިއޯ އާއި އޯޑިއޯ އާންމުކުރަން އެ ކޯޓުން ނިންމައިފި އެވެ.

ހައި ކޯޓުން ބުނީ އެ ކޯޓުން އާންމުކޮށް ހުޅުވާލައިގެން ގެންދާ ހުރިހާ ޝަރީއަތްތަކެއް ވީޑިއޯ އާއި އޯޑިއޯ ޔޫޓިއުބް މެދުވެރިކޮށް އާންމުކުރާނެ ކަމަށެވެ. މިހާތަނަށް އެ ކޯޓުގެ ޔޫޓިއުބް ޗެނަލުން އާންމު ކުރަނީ ލައިވްކުރާ ޝަރީއަތްތައް އެކަންޏެވެ.

މިއީ ސުޕްރީމް ކޯޓު ފިޔަވައި ރާއްޖޭގެ އެހެން ކޯޓަކުން ހުރިހާ ޝަރީއަތްތަކުގެ ވީޑިއޯ އާއި އޯޑިއޯ އާންމުކުރާ ފުރަތަމަ ފަހަރެވެ. ސުޕްރީމް ކޯޓުން ސިއްރުކުރާ ޝަރީއަތްތައް ފިޔަވައި އެހެން ހުރިހާ ޝަރީއަތްތަކެއްގެ ވީޑިއޯ އަދި އޯޑިއޯ އެ ކޯޓުގެ ޓްވިޓާ އައި ޔޫޓިއުބް މެދުވެރިކޮށް ފެންނާނެ އެވެ.

ކްރިމިނަލް ކޯޓުން މީގެކުރިން ބައެއް ޝަރީއަތްތަކުގެ ވީޑިއޯ އަދި އޯޑިއޯ އާންމު ކުރިޔަސް، މިހާރު އެކަން ވަނީ އެއްކޮށް ހުއްޓާލައިފަ އެވެ.