ހައި ކޯޓުގެ ދެކުނާއި އުތުރު ގޮފީގެ ޝަރީއަތް އެއް ވަގުތެއްގައި ފުރަތަމަ ފަހަރަށް މާދަމާ ހިންގަން ނިންމައިފި އެވެ.
07 ފެބުރުއަރީ 2020
ހައި ކޯޓުގެ ދެކުނާއި އުތުރު ގޮފީގެ ޝަރީއަތް އެއް ވަގުތެއްގައި ފުރަތަމަ ފަހަރަށް މާދަމާ ހިންގަން ނިންމައިފި އެވެ.
އައްޑޫ އާއި ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ދެ ގޮފީގެ ޝަރީއަތް މީގެ ކުރިން ހިންގަނީ ކޮންމެ ގޮތްޕަކަށް ފަނޑިޔާރުންގެ ވަފުދެއް ވަކިން ގޮސްގެންނެވެ. އެގޮތަށް ފަނޑިޔާރުންގެ ވަފުދުތައް ޒިޔާރަތްކުރަނީ ވެސް ފަހަރަކު ގޮތްޕަކަށެވެ.
އެކަމަކު މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ ގޮފީގެ ޝަރީއަތްތައް އެއްކޮށް ހިންގާނެ ކަމަށް ހައި ކޯޓުން ބުންޏެވެ. އެ ކޯޓުން ބުނީ ޝަރީއަތްތައް ހިންގުމަށްޓަކައި ފަނޑިޔާރުންގެ ދެ ވަފުދެއް އައްޑޫ އާއި ކުޅުދުއްފުށްޓަށް މިހާރު ގޮސްފައިވާ ކަމަށެވެ.
ހައި ކޯޓުގެ ދެ ގޮފި ގާއިމުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ފުރަތަމަ ހަމަޖެއްސީ ކޮންމެ ގޮތްޕެއްގައި ތިން ފަނޑިޔާރުން ދާއިމީކޮށް ތިބޭ ގޮތަށެވެ. އެކަމަކު އެގޮތަށް ހެދުމުން އޭރު ނުވަ ފަނޑިޔާރުންގެ ބެންޗެއް އޮތް މާލޭގެ ހައި ކޯޓަށް ފަނޑިޔާރުން ދަތިކަން ކުރިމަތިވި އެވެ. އެހެންވެ، ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ނުތިބޭ ގޮތަށް ސުޕްރީމް ކޯޓުން ފަހުން ވަނީ ހަމަޖައްސައިފަ އެވެ.
އޭގެފަހުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ހައި ކޯޓުގައި މިހާރު 11 ފަނޑިޔާރުން ތިއްބަވަ އެވެ.
ބިލު ތަސްދީގު ކުރުމާއެކު ހައި ކޯޓުގެ ދެ ގޮފި އުވިއްޖެ
ފަނޑިޔާރަކު އެއް މައްސަލައެއް ދެ ފަހަރަށް ބަލައިފި
ހައި ކޯޓު ދެކުނު ގޮފީގެ ޝަރީއަތްތައް މާދަމާ ބާއްވަނީ
ހައި ކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފަށައިފި
ވަފުދަކުން ގޮސް ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގަނީ
ހައި ކޯޓު އުތުރު ގޮފީގެ ޝަރީއަތްތައް ފަށަން އަންގައިފި
ހައި ކޯޓު ދެކުނު ގޮފީގެ މަސައްކަތް އަލުން ފަށަނީ
ދެކުނު ގޮފިން 93 ޕަސެންޓް މައްސަލަ ނިންމައިފި
ގޮފިތަކަށް ހުށަހެޅި މައްސަލަތައް ބޮޑުތަނުން އިތުރުވެއްޖެ
ސިޓީތަކުން އަވަހަށް ޕާސްޕޯޓް ދޫކުރަނީ