Roadha Mihaaru
ޓީސީއެލް އިން ތިން ތަނުން ފަށްޖެހޭ ފޯނެއް

ޓީސީއެލް އިން ތިން ތަނުން ފަށްޖެހޭ ފޯނެއް

07 މާޗް 2020

ފޯނު އުފައްދާ ކުންފުނިތަކުގައި މެދުގައި މިހާރު އޮތް އެންމެ ބޮޑު އެއް ވާދަވެރި ކަމަކީ އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު މޮޅަށް އަދި ފުރިހަމަ އަށް ފަތްޖެހޭ ފޯނެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމެވެ. މި ރޭހުގެ ކުރި ހޯދައި ދެކުނު ކޮރެއާގެ ސެންސަންގުން މިދިޔަ އަހަރު ނެރުނު ގެލެކްސީ ފޯލްޑާ އެކު، ތާރީހުގެ ތެރެއަށް ވަން ނަމަވެސް އަދި މި ބާވަތުގެ ފޯނުތަކާ ދޭތެރޭ އާންމުންކުރާ އިތުބާރު ކުޑަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެހެންވެ މަސައްކަތްތައް އަދިވެސް ކުރިއަށް އޮތީ އެވެ. އެގޮތުން މިހާރު މި ދެކެވެނީ އަނެއްކާ ވެސް އެހެން ކުންފުންޏެއްގެ ފަތްޖެހޭ ފޯނެއްގެ ވާހަކަ އެވެ. އެއީ ޗައިނާގެ ޓީސީއެލް ކޯޕަރޭޝަނެވެ. މިއީ މިހާތަނަށް ކުންފުނިތަކުން ދައްކައިލި ފަތްޖެހޭ ފޯތަކާ ތަންކޮޅެއް ތަފާތު އުފެއްދުމެކެވެ. ސަބަބަކީ ފޯނު ތިން ފަތްކޮށްލެވު މެވެ.

އެއްކޮށް ދަމައިލުމުން ބޮޑު މިނުގައި 10 އިންޗީގެ ޓަޗް ސްކްރީނެއް އިންނާނެ އެވެ. އެހެންވީމާ މިއީ ޓެބްލެޓުން ކުރާ މަސައްކަތްތަކަށް ފަސޭހަކޮށްދޭނެ އުފެއްދުމަކަށް ވާނެ އެވެ. ފޯނު އެއްކޮށް ފަތްޖަހައިލުމުން ސްކްރީނުގައި އިންނާނީ 6.65 އިންޗެވެ.

ޓީސީއެލްގެ "ޓްރައި-ފޯލްޑް" ގެ ވާހަކަ މި ވަގުތު ދެކެވުނު ނަމަވެސް މިއީ މާކެޓެއް ނެރެން އުޅޭ ފޯނެއްތޯ އަދި ކަށަވަރެއް ނުވެ އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި މި އުފެއްދުމާ ބެހޭ ގޮތުން ޓީސީއެލް މި ވަގުތު ރަސްމީކޮށް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ކުންފުނިން އަމާޒު ހިފާފައި ވަނީ އިންގިލާބީ ބަދަލެއް ގެންނާނެ އުފެއްދުމަކަށް ކަމަށްވެ އެވެ.