Roadha Mihaaru
ޝޯމީ ފޯނެއް ވަރަށް ތަފާތު ކޮންސެޕްޓަކަށް

ޝޯމީ ފޯނެއް ވަރަށް ތަފާތު ކޮންސެޕްޓަކަށް

06 ފެބުރުއަރީ 2021

ސްމާޓްފޯނު ނެރޭ ކުންފުނިތަކުން އަބަދު ވެސް އެ މީހުންގެ ފޯނުތަކުގައި ކޮންމެވެސް އާ ކަމެއް ހިމެނޭތޯ މަސައްކަތްކުރެ އެވެެ. ޗައިނާގެ ޝޯމީން ވެސް މިހާރު މިއޮތީ އެ ކުންފުނިން އަލަށް ނެރޭނެ ކަމަށް ބެލެވޭ ފޯނަކުން ތަފާތު ކަމެއް ދައްކާލައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯނު ނެރޭ ކުންފުނިތަކުން އަބަދު ވެސް އެ މީހުންގެ ފޯނުތަކުގައި ކޮންމެވެސް އާ ކަމެއް ހިމެނޭތޯ މަސައްކަތްކުރެ އެވެެ. ޗައިނާގެ ޝޯމީން ވެސް މިހާރު މިއޮތީ އެ ކުންފުނިން އަލަށް ނެރޭނެ ކަމަށް ބެލެވޭ ފޯނަކުން ތަފާތު ކަމެއް ދައްކާލައިފަ އެވެ.

ޝޯމީގެ މި އުކުޅަކީ އަދި އެހެން ކުންފުންޏަކުން މިހާތަނަށް ނުކުރާ ކަމެކެވެ. އެހެންވެ ވަރަށް ހާއްސަވާނެ ކަމަށް ބުނެ އެ ކުންފުނިން ވީޑިއޯއަކުން ދައްކައިލި މި ފޯނަކީ އޭގެ ހަތަރު ފަރާތުގައި "ވޯޓަފޯލް" ހިމެނޭ ފަރުމާއެކެވެ. -- ފޯނުގެ ދެ އަރިމަތިންނާއި މައްޗާއި ތިރިން "ފެން އޮހޭތަން" ފެންނާނެ ފަރުމާއެކެވެ.

ވަކި ނަމެއް އަދި ދީފައި ނުވާ ފޯނު ޝޯމީން ފަރުމާކޮށްފައި ވަނީ އޭގެ ހަތަރު ފަރާތުން 88 ޑިގްރީގެ "ވޯޓަލްފޯލް" އެކުލެވޭ ގޮތަށެވެ. މީގައި އެއްވެސް ޕޯޓެއް ނީންނާނެ އެވެ. އެހެންވެ މިއީ ފޯނުގެ ޑިސްޕްލޭއާ އެކު އިތުރަށް ފޯނުގެ ހަތަރު ފަރާތުގެ ބޭނުން ވެސް ތަފާތު ގޮތަކަށް ހިފޭނެ އެއްޗެކެވެ.

މީގެ މާ ބޮޑު ތަފުސީލުތަކެއް އަދި ޝޯމީން ހާމައެއް ނުކުރެ އެވެ. އެކަމަކު ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "ވޯޓަފޯލް" ފޯނަކީ އެ ކުންފުނިން މާ ލަސްތަކެއް ނުވެ ނެރޭނެ އެއްޗެކެވެ. މީގެ ޕޭޓަންޓްތައް އޮތީ ދުރާލައި ރަޖިސްޓްރީކޮށްފަ އެވެ. އެހެންވެ ޝޯމީގެ އަމާޒަކީ ދުރު ނޫން މުސްތަގުބަލެއްގައި ބޮޑު ތަފާތެއް ދައްކުވައިދޭނެ ސްމާޓްފޯނެއް މާކެޓަށް ނެރުމެވެ.

އެ ކުންފުނީގެ މައި 11 ފްލްގެޝިޕްގެ ފޯނުތަކާ ބެހޭ މައުލޫމާތު ހިއްސާކުރަން އަންނަ ހޯމަ ދުވަހު "ސްޕޮޓްލައިޓް އޮން" ގެ ނަމުގައި އިވެންޓެއް ވެސް ބާއްވާ ގޮތަށް މިހާރު އޮތީ ހަމަޖެހިފަ އެވެ. އެހެންވެ ފަހަރުގައި އެ އިވެންޓަކީ ޝޯމީގެ "ވޯޓަފޯލް" ޑިސްޕްލޭ ފޯނާ ބެހޭ ކޮންމެވެސް ވަރެއްގެ ވާހަކަތަކެއް ރަސްމީކޮށް ތިލަވާނެ އިވެންޓަކަށް ވާނެ އެވެ.

ޝޯމީން މިދިޔަ ހަފުތާގައި ވަނީ ވައިފައި އިންޓަނެޓް ލިބޭ ގޮތަށް މަސައްކަތްކުރާ ޗާޖިން ޓެކްނޮލޮޖީއެއްގެ އުންމީދު ވެސް އާކޮށްދީފަ އެވެ.