05 މާޗް 2020
ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެޔާ "އައިޓީބީ" ކެންސަލްވުމުން އޭގެ ގެއްލުން މިހާރު ވެސް ފެންނަ ކަމަށާއި މި އުނދަގޫ ދަނޑިވަޅުގައި ވެސް ރާއްޖެ އިޝްތިހާރު ކުރުމުގައި ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެޔާ "އައިޓީބީ" ކެންސަލްވުމުން އޭގެ ގެއްލުން މިހާރު ވެސް ފެންނަ ކަމަށާއި މި އުނދަގޫ ދަނޑިވަޅުގައި ވެސް ރާއްޖެ އިޝްތިހާރު ކުރުމުގައި ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮއްޔިބު ވިދާޅުވީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައި ކަމަށެވެ. އެގޮތުން އިޝްތިހާރު ކުރުމުގައި ވެސް އެމްއެމްޕީއާރްސީން ހިންގާ ރޯޑް ޝޯ ދަތުރުތައް މަޑުޖައްސާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮއްޔިބު ވިދާޅުވި ގޮތުގައި މިހާރު ރާއްޖެ އިޝްތިހާރު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރަޝިޔާ އާއި އިންޑިޔާއަށެވެ. އެ ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ޖެނުއަރީ މަހު އަޅުގަނޑުމެން ފެށިން ވަރަށް ވަރުގަދައަށް ޗައިނާގައި ވީޗެޓް ކެމްޕެއިނެއް. މި ކެމްޕެއިން ވަރަށް ރަނގަޅަށް ހިނގަން [ފެށި ވަގުތު] ކޮރޯނާ ވައިރަސްގެ އަސަރު މިކުރީ. ވަރަށް ދެރަ،" ތޮއްޔިބު ވިދާޅުވި އެވެ.
"ދެން އެ ކެމްޕެއިން ތެރޭގައި އަބަދުވެސް ރާއްޖެ ފެންނާނެ. މިހާރު ގިނަ ބަޔަކު ތިބޭނީ ގޭގައި. އެ ބޭފުޅުންގެ ނަޒަރުން ރާއްޖެއެއް ނުދާނެ."
އޭނާ ވިދާޅުވީ މިހާރު އެ ގައުމަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ރާއްޖޭގެ ފަރާތުން ތަފާތު މެސެޖުތައް ވީޗެޓް މެދުވެރިކޮށް ދެމުން އަންނަ ކަމަށެވެ. އެގޮތުން މިކަންކަމުން ސަލާމަތްވެ، ވީހާވެސް އަވަހަކަށް ރާއްޖެއިން ޗައިނާގެ ޓޫރިސްޓުން ފެންނާނެ ކަމަށް ބުނެފައި ހުންނަ މެސެޖުތައް އަންނަނީ ދެމުން ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
ދަތުރުކޮށްގެން ހިންގާ ކެމްޕެއިންތައް ކޮވިޑް-19 އާ ގުޅިގެން މަޑުޖައްސާލި ނަމަވެސް އެމްއެމްޕީއާރްސީން އަންނީ ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމުތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރަމުންނެވެ.
މީގެ އިތުރުން ސިންގަޕޫރު އެއާލައިން އާއި އެއާ އޭޝިޔާއާ އެކު ވެސް ހާއްސަ މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ. އަދި ބޮޑެތި ޓުއާ އޮޕަރޭޓަރުން ކަމަށް ވާ ތޮމްސަން ހޮލިޑޭސް އާއި އަލްޕިޓޫރް ފަދަ ކުންފުނިތަކާ ގުޅިގެން ވެސް ހާއްސަ ކެމްޕެއިންނެއް އެބަ ހިންގަ އެވެ.
އައިޓީބީގެ އިތުރުން ވެސް ދެ ފެއާއެއް ކެންސަލް ވެއްޖެ އެވެ. އޭގެ އިތުރުން ހަތަރު ރޯޑްޝޯއެއް ވސް ކެންސަލްކޮށްފި އެވެ.
އައިޓީބީ އިންޑިޔާ އާއި ޔޫއޭއީގައި ބާއްވާ ޕާޓާ އެނުއަލް ސަމިޓް ވެސް، އާ ކޮރޯނާވައިރަސްގެ ސަބަބުން ނުބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން ދުބާއީގައި އޭޕްރީލް މަހު ބާއްވާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) އާއި ޑަބްލިއުޓީއެމް އެފްރިކާ ފަދަ ފެއާތައް އޮންނާނެ ކަމުގެ ޔަގީންކަން ވެސް ކުޑަ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.
ތޮއްޔިބު ވިދާޅުވީ މިފަދަ އިވެންޓްތައް ކެންސަލް ވަނީ ދެ ދުވަހަށް ތިން ދުވަހަށް ވުމުން ކަމަށް ވާތީ އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. މިފަދަ ގެއްލުންތައް ކުޑަކުރަން ދުރާލާ ގޮތްތަކެއް ކަނޑައަޅަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ އިހްތިޔާރުގައި ކުރަން ހުރި ކަންކަން ކުޑަކޮށް މަޑުޖައްސާލައިފިން. އެންމެ ފަހު ވަގުތު ކެންސަލް ކުރުމުން ރީފަންޑު ވެސް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އައިޓީބީ ފެއާގައި އަންނަ އަހަރު ބޮޑުމަސް ފެންނާނެ
2026ގެ އައިޓީބީ ފެއާ ރާއްޖޭން ހޯސްޓުކުރުމުގެ އަމާޒު
އައިޓީބީގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ
ޓޫރިޒަމް ޕްރޮމޯޓުކުރަން އެމިރޭޓްސްއާއެކު ސޮއިކޮށްފި
ސިންގަޕޫރުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލަނީ
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ
ކޮވިޑް ކެމްޕޭންތަކުގެ ނަތީޖާ ރަނގަޅު: ތޮއްތިބު
ޔޫކޭގެ ލުއި ލިސްޓުގައި ރާއްޖެ ހިމަނަން މަޝްވަރާ ކުރަނީ
ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައިފި
ރާއްޖެ މާކެޓު ކުރެވޭނީ އެންމެންގެ މަސަައްކަތުން:ތޮއްޔިބު