02 މާޗް 2020
މާލެ އާއި އަތޮޅުތަކުގެ ގިނަ ރައްޔިތުން ދިރިއުޅޭ މާލެ، ބޯހިޔާވަހިކަމާއި މަގުތަކުގެ ދަތިކަމާއި އަސާސީ އެހެން ހައްގުތަކުގައި ވެސް ދަތި، އުނދަގޫ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، މާލޭގެ ރަށްވެހިންގެ ގެއްލިފައިވާ ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވެސް ދެއްވައިފި އެވެ.
މާލެ އާއި އަތޮޅުތަކުގެ ގިނަ ރައްޔިތުން ދިރިއުޅޭ މާލެ، ބޯހިޔާވަހިކަމާއި މަގުތަކުގެ ދަތިކަމާއި އަސާސީ އެހެން ހައްގުތަކުގައި ވެސް ދަތި، އުނދަގޫ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، މާލޭގެ ރަށްވެހިންގެ ގެއްލިފައިވާ ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވެސް ދެއްވައިފި އެވެ.
އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި މާލޭގެ އެކި ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި މާލޭގެ ރައްޔިތުން ދިރިއުޅޭ ހާލު އެ އެމްޑީޕީ އަށް ސާފުކޮށް އެނގޭ ކަމަށެވެ. އެ މައްސަލަތަކަށް ހައްލު ހޯދަން ކުރިއްސުރެން ފެށިގެން އެކި ސިޔާސަތުތައް އެމްޑީޕީގެ ސަރުކާރުގައި އެކުލަވައިލި ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގެ ބައިވެރިން ގިނަ ޝަކުވާތަކެއް މިރޭ ކުރި އެވެ. އެންމެ ބޮޑަށް ހިތްހަމަނުޖެހިފައި ތިބި އެއް ކަމަކީ މާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި މާލޭގެ ރައްޔިތުން ބާކީވެ، ކުދި ތަންތަންކޮޅުގައި ހިންދެމިނުލައި އުޅެން ޖެހިފައިވުމެވެ. އެކި ސަރުކާރުތަކުގައި، ބޯހިޔާވަހިކަމުގެ ސްކީމްތައް ގެންގޮސްފައިވާ އިރު، މާލޭގެ ރައްޔިތުންނަށް އިސްކަންދީގެން ގެންދާ އެއްވެސް ސްކީމެއް މިހާތަނަށް ކާމިޔާބުވެފައި ނެތުމުގެ ނުރުހުން ފާޅުކުރި އެވެ.
ގިނަ ބަޔަކު ހުށަހެޅީ، މާލެ އިން ބޯހިޔާވަހިކަަން ދިނުމުގައި މާލޭގެ ރައްޔިތުންނާ މެދު މިހާރަށް ވުރެން ބޮޑަށް ވިސްނުމަށެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި މާލޭގެ ބައެއް ދާއިރާތަކުގެ ރައްޔިތުންނާ އެކު އެމްޑީޕީން ބޭއްވި ބައްދަލުވުން. --ފޮޓޯ/ސޯޝަލްމީޑިއާ
ނަޝީދު ވިދާޅުވި ގޮތުގައި 2008 ގައި އެމްޑީޕީ ވެރިކަމެއް އުފެދުމާ އެކު މާލޭ ރައްޔިތުންގެ ދަތިތައް ހައްލުކުރަން ސިޔާސަތުތައް ހެދި ގޮތަށް މިހާރު ވެސް ހުރި މައްސަލަތަކަށް ހައްލު ހޯދަން އަންނަނީ ކަންކަން ތަންފީޒުކުރަމުންނެވެ.
މާލެއާ މެދު ސަރުކާރުގެ ވިސްނުން ގެންގުޅޭ ދެ ދާއިރާއަކުން މާލޭގެ ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށްދެއްވި އެވެ. އެއް ކަމެއްގެ ގޮތުގައި، ވާހަކަ ދެއްކެވީ މާލޭގެ ރައްޔިތުންގެ އުދާސްތަކާ ގުޅިފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. އޭގެއިތުރުން ވެހިކަލްތަކުން ތޮއްޖެހިފައި އޮތް މާލޭގެ މަގުތައް ފުރިބާރުވެ ދިމާވެފައިވާ އުނދަގުލަށް ހޯދަން ވިސްނާފައިވާ ހައްލަށް ވެސް ވާހަކަފުޅު ދެއްކެވި އެވެ.
އެމްޑީޕީގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވާއިރު އަަނަސް އަރިހުގައި. --ފޮޓޯ/ސޯޝަލްމީޑިއާ
މި ދެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީން ވާހަކަ ދައްކަން ފެށީ މިހާރަކު ނޫން ކަމަށާއި މަޖިލީސް އިންތިޚާބަށް އެކުލަވާލި އެޖެންޑާ 19 ގައި ވެސް އެކަންކަން ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ. ވައުދުވި ގޮތަށް މާލެ އަށް ބަދަލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވީ، އެމްޑީޕީ އަކީ ވައުދުވެފައި ވައުދު ފުއްދާ ޕާޓީއެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުންނެވެ.
"އަޅުގަނޑެއް ހަމަ ގައިމު ވެސް ހުއްޓައެއް ނުލާނެ. އަދި އަޅުގަނޑުގެ ނަޒަރުގައި އެމްޑީޕީގެ އެއްވެސް ވެރިއެއް ވެސް ހުއްޓައެއް ނުލާނެ އެ ވާ ވައުދު ނުފުއްދަވައި. އަޅުގަނޑުމެންގެ މުޅި ހަޔާތް، މުޅި މަސައްކަތް ބިނާވެފައި އޮންނާނީ އެ ވައުދު ފުއްދުމަށް،" ނަޝީދު ވިދާޅުވި އެވެ.
ބައްދަލުވުމުގައި ބައިވެރިވި މާލޭ ރައްޔިތުންގެ ޝަކުވާ، މާލޭގެ މޭޔަރަކަށް ވާދަކުރައްވާ އަނަސް އަޑުއައްސަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
އެޖެންޑާ 19 އަށް އެކުވާލި ބޯހިޔާވަހިކަމުގެ ލިއުންތަކުގައި، މާލޭގެ ރައްޔިތުންނަށް ވައުދުތަކެއް ވެފައިވާނެ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ "ރަނުން ރަނަށް އެކަން ފުއްދާނެ" ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި 2018 ގައި ފެށި ހައުސިން ސްކީމް ވެށި ފަހި މާލެ ޕްރޮގްރާމާއި ތަނަވަސްކަން ނެތް މީހުންނަށް ހިލޭ ބޯހިޔާވަހިކަމާއި މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ބިން ދޫކުރުމުގެ ވައުދުތައް ހިމަނާފައިވާ އެ ވައުދުތައް ލިއުނީ އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ފަށްފަށުން ދަންނަވަން، މާލޭގެ މައްސަލަތަކަކީ ހަމައެކަނި މާލޭގެ މައްސަލަތަކެއް ނޫން، މުޅި ރާއްޖޭގެ ހުރިހާ ރަށަކާ ވެސް ގުޅިފައި ހުރި މައްސަލަތަކެއް. މާލޭގައި ތިބި ރައްޔިތުންނަކީ ރާއްޖޭގެ ހުރިހާ ރަށަކުން އައިސް މާލޭގައި ދިރިއުޅޭ ރައްޔިތުން. އެ މީހުންނާ އެކީގައި މުޅި ރާއްޖޭގެ ރައްޔިތުންނާ އެކީގައި ނޫނިއްޔާ އަޅުގަނޑުމެންނަކަށް މާލެއަކަށް ވެސް ހައްލެއް ނުހޯދޭނެ،،" ނަޝީދު
އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލެ އާއި އަތޮޅުތަކުގެ މީހުން ތަފާތުކޮށް ވާހަކަ ދެއްކުމަކީ ދެރަ ކަމެކެވެ. ވަކި ރައްޔިތުންތަކެއް ތަފާތުނުކޮށް އެންމެން އުޅެން ޖެހޭނީ އެއް އާއިލާއެއްގެ ގޮތުގައި އެކުވެރިކަމާ އެކުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މާލޭގެ ތޮއްޖެހުމާއި މައްސަލަތަކަށް ލުޔެއް ހޯދަން އެމްޑީޕީގެ ސަރުކާރުގައި 2008 ގައި ފެށި މަޝްރޫއުގައި ބޯހިޔާވަހިކަމަށް ހުޅުވާލުމުން ގާތްގަނޑަކަށް 22،000 މީހުން ފްލެޓާއި ގޯއްޗަށް އެދުނެވެ. އެ އަދަދު މިހާރު އުޅެނީ ލަފާ ކުރެއްވޭ ގޮތުގައި 26،000 ގައި ކަމަށާއި ބައެއް ފަހަރު އެ އަދަދު 40،000 ގައި ހުރި ކަމަށް ވެސް ފާހަގަކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ގުޅީފަޅު ފަދަ ތަންތަން ހިއްކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދޭން އުޅުނަސް އެންމެންނަށް އެއްފަހަރާ ހައްލު ހޯދައިދިނުމަކީ ނުވާނެ ކަމެއް ކަން ގަބޫލުނުކުރެވޭ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީން އަބަދުވެސް ވެރިކަމަށް އަންނަނީ އެ ޕްލޭން ހިތުލަމުން، ދައްކަމުން. އެކަން ކުރަން ހިތް ނިޔަތްގަނެގެން. އަނެއްކާވެސް ވެރިކަމުގައި ތިބެ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެއީ،" ނަޝީދު ވިދާޅުވި އެވެ.
"ވެށިފަހި ޕްރޮގްރާމްގައި ލިއުން ލިބިފައި ތިބި ހުރިހާ އެންމެންނަށް، އަޅުގަނޑު ހަނދާންވާ ގޮތުގައި އެއީ 150 އެއްހާ މީހުން އަނެއްކާ މިފަހަރު އެ ލިއުމަށް އިހްތިރާމްކޮށް ގޯތިތައް ދެވޭނެ. އެކަން ސަރުކާރުން ވަނީ އިއުލާން ވެސް ކޮށްފައި،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި 7،000 ފްލެޓުގެ މަޝްރޫއާ ގުޅޭ ގޮތުން ވިދާޅުވީ އިންސާފާ އެކުގައި އެކަން ކުރާނެ ކަމަށް ވީ ވައުދުމަތީގައި ސަރުކާރު އަދިވެސް ދެމިއެބައޮތް ކަމަށެވެ. އެ ފްލެޓްތަކުގެ ހައްގުވެރިން ކަނޑައެޅުމާ އެކު ފްލެޓްތައް ދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ބައްދަލުވުމުގެ ބައިވެރިންނާ ނަޝީދު ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
މި ސަރުކާރަށް ދޮޅު އަހަރުވި އިރު ވައުދުތައް އެކަށީގެންވާ ބާރު މިނުގައި ނުދަނީ ކީއްވެތޯ އަހާ ކަމަށް ވިދާޅުވެ އެއަށް ވެސް ނަޝީދު މިރޭ ޖަވާބު ދެއްވި އެވެ.
"ތިޔަ ބޭފުޅުން ވިދާޅުވަމުން ގެންދެވީ އިންސާފުވެރި ޝަރީއަތުގެ ނިޒާމެއް ހޯދައިދީފައި ނޫނީ އެހެން އެއްވެސް ކަމަކާ ނޫޅެއްޗޭ. ގާނޫނެއް ހެދިޔަސް ބާތިލްކޮށްލައޭ ސުޕްރީމް ކޯޓުން. އަޅުގަނޑުމެން އޭރު ވެސް ބުނީ ފުރަތަމަ ކުރަން ޖެހޭ އެއްކަމޭ އެއީ، ހުއްޖަތެއް ދައްކާކަށެއް ނޫން. ނަމަވެސް އަޅުގަނޑުމެން ވިސްނައިގެން މި އައީ ތަރުތީބަކުން ކަމެއް މާބޮޑު ތަނުން އަދި ކައްސާލައިގެން ނުދޭ،" ނަޝީދު ވިދާޅުވި އެވެ.
ހައްގުތައް ފޯރުކޮށްދިނުމުގައި ބޭއިންސާފު ނުވާނަން:އަނަސް
މީހުން މަދުވީ އުއްމީދުތަކުގައި ކުލަ ނުޖެހުމުން: ނަޝީދު
އަނަސް، މޭޔަރު ކަމަށް ވާދަކުރަން ފޯމު ހުށަހަޅުއްވައިފި
މާލޭ މޭޔަރުކަން އަނަސް ކާމިޔާބުކުރާނީ 12،000ވޯޓުން
އަނަސް، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ
ކެމްޕެއިންގައި އަޅުގަނޑު ހުރީ އެކަހެރިކޮށްފައި:އަކްރަމް
މާލެއިން ނާކާމިޔާބުވީ ކަންބޮޑުވުންތަކާ ގުޅިގެން: ރައީސް
ރައްޔިތުން ނިންމާނީ ރަނގަޅަށް: ޑރ. މުއިއްޒު
އަނަސް: މާލެ ބަދަލުކޮށްލެވިދާނެ ހިތްވަރު އެބަހުރި
އެމްޑީޕީއާ އެކު ސިޓީ ކައުންސިލް ތަފާތުވާނެ: އަނަސް