ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭން ފެށުމަށް މާލޭގައި ރޭ އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާ އަށް ފިނި ތަރުހީބެއް ލިބުނުކަން ބަލައިގަންނަ ކަމަށާއި އެގޮތަށް އެކަން ދިމާވީ، މީހުންގެ އުއްމީދުތަކުގައި މި ސަރުކާރަށް ކުލަ ޖައްސަައި ނުދެވުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެެއްޖެ އެވެ.
22 ފެބުރުއަރީ 2020
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭން ފެށުމަށް މާލޭގައި ރޭ އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާ އަށް ފިނި ތަރުހީބެއް ލިބުނުކަން ބަލައިގަންނަ ކަމަށާއި އެގޮތަށް އެކަން ދިމާވީ، މީހުންގެ އުއްމީދުތަކުގައި މި ސަރުކާރަށް ކުލަ ޖައްސަައި ނުދެވުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެެއްޖެ އެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި އެ ޖަލްސާ އަށް ދުރާލައި ބޮޑެތި ތައްޔާރީތަކެއް ވެ، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ބައިވެރިވެވަޑައިގަންނަވާކަން ހާމަކޮށް، ބޮޑެތި ޕްރޮމޯޝަންތަކެއް ބޭއްވިޔަސް ވަރަށް ގިނަ ގޮނޑިތައް ހުރީ ހުހަށެވެ. މިއީ، މި ފަހުގެ ތާރީޚެއްގައި މިހާތަނަށް އެމްޑީޕީން މާލޭގައި ބޭއްވި މިފަދަ ޖަލްސާއެއް މިހާ ބޮޑެތި ފާޑުކިޔުންތަކާ އެކު، ސަޕޯޓަރުންގެ ތަރުހީބެއް ނުލިބި ނިމުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. އެހެންވެ، އެއީ އެމްޑީޕީ ފަދަ ޕާޓީ އަކުން ލަދުގަންނަންޖެހޭ ފަދަ ކަމެއް ކަމަށް ބުނެ އެ ޕާޓީ އަށް ހެޔޮއެދޭ މީހުން ވެސް އަންނަނީ ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި، ނަޝީދު ކުއްލި ގޮތަކަށް މިއަދު ބޭއްވެވި ނިއުސް ބްރީފިންއެއްގައި ވިދާޅުވީ، މާލޭގައި އެމްޑީޕީގެ 35،000 އަށް ވުރެ ގިނަ ސަޕޯޓަރުން ތިބި އިރު، އެ އެންމެން ޖަލްސާ އަށް ނުނިކުތީ ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަމަށެވެ.
އެންމެ ބޮޑު މައްސަލަ އަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 7،000 މީހުންގެ ނަމަށް ވާނެ ގޮތް ސާފުނުވުމާއި ވެށިފަހި މަޝްރޫއު އާއި މާލޭގެ މަގުތަކުގެ މައްސަލައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަދިވެސް ހައްލެއް ހޯދައި ނުދެވުމެވެ.
އެކަމަކު ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އަމާޒަކީ އެ ޕާޓީގެ ކެންޑިޑޭޓުންނާ ރައްޔިތުން މަޝްވަރާކޮށް، އެ މައްސަލަތައް ސަރުކާރާ ހަމައަށް ގެންގޮސް އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ސަރުކާރުން އެ ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
MDP in campaign feshi jalsaa ge gondithakeh huhah!
The most trusted news source in the Maldives
Mihaaru
އެމްޑީޕީން ކެމްޕެއިން ފެށި ޖަލްސާގެ ގޮނޑިތައް ހުހަށް!
އެމްޑީޕީން ބުނީ ޖަލްސާ އަށް މީހުން މަދުވުމުގައި ދައްކާނެ ބަހަނާއެއް ނެތް ކަމަށެވެ.
މާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، ހިޔާ މަޝްރޫއުގައި ފްލެޓް ލިބޭ މީހުންގެ ސައްހަކަން، ރައީސް އުފައްދަވާފައިވާ ހާއްސަ ކޮމިޓީއަކުން ބަލަމުން އަންނައިރު، 2،000 މީހުންގެ ނަން ރަނގަޅުކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެކަމަކު އަނެއް 5،000 މީހުންގެ ނަމަށް ވީގޮތް އެނގެން ރައްޔިތުން ބޭނުންވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކެންޑިޑޭޓުން ކޮށްދޭނެ ކަމަކީ އެ ވާހަކަތައް ސަރުކާރާ ހަމައަށް ގެނެސްދިނުން. އަދި އެކަމަށް ހައްލު ހޯދައިދިނުން،" ނަޝީދު ވިދާޅުވި އެވެ
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލޭ ކައުންސިލްގެ 18 ގޮނޑި ވެސް، މޭޔަރުގެ ގޮނޑިވެސް ހޯދާނަން."
މާލޭގެ މީހުންގެ އިތުރުން، އެމްޑީޕީގެ ވައުދެއް ކަމަށްވާ ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ވެސް ރައްޔިތުންގެ ހިތްހަމަ ނުޖެހުންތަކެއް ހުރިކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެންމެ ބޮޑު މައްސަލަ އަކީ ނަޝީދު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 7،000 މީހުންގެ ނަމަށް ވާނެ ގޮތް ސާފުނުވުމާއި ވެށިފަހި މަޝްރޫއު އާއި މާލޭގެ މަގުތަކުގެ މައްސަލައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަދިވެސް ހައްލެއް ހޯދައި ނުދެވުމެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރިސޯޓުތަކުގައި 25،000 އަށް ވުރެ ގިނަ ދިވެހިން މަސައްކަތް ކުރާއިރު، ކޮންމެ އިންތިޚާބެއްގައި ވެސް އެ މުވައްޒަފުން ވޯޓުދޭ 70 ޕަސެންޓް ފޮށިން ކުރި ހޯދަނީ އެމްޑީޕީންނެވެ. އެހެންވެ، މި ފަހަރު ވެސް، އެ މުވައްޒަފުން އެމްޑީޕީއާ މެދު ޝައްކު އުފައްދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެ ޕާޓީން އެންމެ ބޮޑު އިސްކަމެއް ދިނީ ޝަރުއީ ދާއިރާ އިސްލާހުކުރަން ކަމަށާއި ދެން ހުރި ވައުދުތައް ކުރިއަށް ގެންދާނީ އޭގެ ފަހުންކަން މުވައްޒަފުންނަށް އެނގޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގައި އެމްޑީޕީން ރޭ ބޭއްވި ބޮޑު ޖަލްސާ ކުރިއަށް ގެންދިޔައިރު، ގިނަ ގޮނޑިތައް ހުހަށް.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ރިސޯޓު މުވައްޒަފުންނަށް އެނގޭނެ އެމްޑީޕީން މަސައްކަތް ކުރަނީ ވަކި ތާވަލަކަށް، ވަކި ތަރުތީބަކުން ކަން. އެކަމަކު އެމްޑީޕީ ނޫން ބަޔަކު އެކަން ނުކުރާނެކަން ވެސް އެ މީހުންނަށް އެނގޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތައް، މީގެ ކުރިން، ސުޕްރީމު ކޯޓުން ބޭނުން އިރަކު އުވައިލި އެވެ. އެހެންވެ، މިނިމަމް ވޭޖާއި ސާވިސް ޗާޖުގެ ކުރިން އެންމެ އިސްކަމެއް ދޭން ޖެހުނީ ޝަރުއީ ދާއިރާ އިސްލާހުކުރަން ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު މެމްބަރުން ޕާޓީ ދޫކޮށްފައި ދާނެ ކަމަކަށް. އަޅުގަނޑު ވެސް ނުދަމެއް ނޫންތޯ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝީދު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްޑީޕީން ބުނިގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހެން ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތް ވަރަށް ކާމިޔާބެވެ. އެގޮތުން އެ ހަރަކާތުގައި މުޅި ރާއްޖޭން 53،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީގެ ސަޕޯޓަރުން ބުނަމުން ދަނީ، މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީން ވި ވައުދުތައް އަދިވެސް ސަރުކާރަށް ފުރިހަމަ ކޮށްނުދެވޭ ކަމަށާއި ޚާއްސަކޮށް އެ ޕާޓީ އަށް ބޮޑެތި ގުރުބާނީތަކެއް ވި މީހުން އެކަހެރި ކޮށްފައިވާ ކަމަށެވެ.
މާލެ މިގޮތަށް ދޫކޮށްލާފައި ނުބާއްވާނަން: ނަޝީދު
މާލެއިން ނާކާމިޔާބުވީ ކަންބޮޑުވުންތަކާ ގުޅިގެން: ރައީސް
އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ޚިލާފުވެއްޖެ
ތިބެވެނީ މާ މަޑުން، އެމްޑީޕީ ހިންދެމިލަންޖެހޭ: ނަޝީދު
ހައްގުތައް ފޯރުކޮށްދިނުމުގައި ބޭއިންސާފު ނުވާނަން:އަނަސް
މި ސަރުކާރުން ސާވިސް ޗާޖު ރެގިއުލޭޓް ކުރާނެ: ނަޝީދު
އެމްޑީޕީގެ ކެމްޕޭން ފެށި ޖަލްސާގެ ގިނަ ގޮނޑި ހުހަށް!
މާލޭ މޭޔަރުކަން އަނަސް ކާމިޔާބުކުރާނީ 12،000ވޯޓުން
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
"ދައުލަތަށް ބުރަ ނުވާނީ މާލެ މީހުންނަށް ގޯތި ދީގެން"