Roadha Mihaaru
މުހިއްމީ ކޮންޓެންޓް، ވަކި ތަނެއްގެ ފިލްމެއް ނޫން: ދީޕިކާ

މުހިއްމީ ކޮންޓެންޓް، ވަކި ތަނެއްގެ ފިލްމެއް ނޫން: ދީޕިކާ

03 މާޗް 2020

ފިލްމަކަށް ސޮއިކުރާ އިރު، އެ ފިލްމަކީ ކޮން ތަނެއްގެ، ކޮން ބަޔަކު ހަދާ ފިލްމެއްތޯ ބެލުން މުހިއްމު ނޫން ކަމަށާއި ކޮންޓެންޓްގެ ގޮތުން ވަރުގަދަ ފިލްމެއް ނަމަ އެ ފިލްމަކަށް އެއްބަސްވާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކީން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމަކަށް ސޮއިކުރާ އިރު، އެ ފިލްމަކީ ކޮން ތަނެއްގެ، ކޮން ބަޔަކު ހަދާ ފިލްމެއްތޯ ބެލުން މުހިއްމު ނޫން ކަމަށާއި ކޮންޓެންޓްގެ ގޮތުން ވަރުގަދަ ފިލްމެއް ނަމަ އެ ފިލްމަކަށް އެއްބަސްވާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކީން ބުނެފި އެވެ.

އޭބާ ބުނީ 2017 ގައި ވިން ޑީޒެލްގެ "ޓްރިޕްލް އެކްސް: ޒެންޑަ ކޭޖް" ވެސް ކުޅުނީ ކޮންމެހެން ހޮލީވުޑްގެ ފިލްމަކަށް ވެގެން ނޫން ކަމަށެވެ.

"އޭގެ ވާހަކަ އާއި އަހަންނާ ކުޅެން ލިބުނު ކެރެކްޓާއާ ދޭތެރޭ ހިތްހަމަޖެނުލެއް ބޮޑުކަމުން އެ ފިލްމަށް އެއްބަސްވީ. އަހަރެން ގަބޫލުކުރާ ގޮތުގައި އެކްޓަރުންނަށް އެ މީހުންގެ ހުނަރާއި ކުޅަދާނަކަން ދައްކައިލެވޭނެ ކޮންމެ ފުރުސަތެއް ބޭނުން ހިފަންވާނެ،" އެކްޓަރު ރަންވީރު ސިންގުގެ އަންހެނުން ބުންޏެވެ. "އޭގައި ކޮންމެހެން ބަލާކަށް މުހިއްމެއް ނޫން ބޮލީވުޑްގެ ފިލްމެއްތޯ ނުވަތަ ހޮލީވުޑްގެ ފިލްމެއްތޯ. ދުނިޔޭގެ ކޮންމެ ދިމާލަކުން ހުށަހެޅުމެއް އަޔަސް އެ އެއްޗަކާ ދޭތެރޭ އަހަރެން ހިތްހަމަޖެހޭ ނަމަ އެއްބަސްވާނަން."

ދީޕިކާ ބުނިގޮތުގައި "ޓްރިޕްލްސް އެކްސް" އަށް ފަހު ވެސް ހޮލީވުޑުން ހުށަހެޅުންތަކެއް ލިބުނެވެ. އެކަމަކު ފަހުން އެއްވެސް އެއްޗަކަށް އެއްބަސްނުވީ އެންމެ ކަމުދާ ކަހަލަ އެއްޗެއް ލިބިފައި ނުވާތީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޓްރިޕްލް އެކްސް" ގެ ހަތަރު ވަނަ ބައި ވެސް ހަދަން ނިންމާފައިވާ އިރު، އޭގެ ރޯލަކުން ދީޕިކާ ފެންނާނެ އެވެ. އެކަހަލަ އިޝާރާތަކެއް ޑީޒެލް އާއި ފިލްމުގެ ޑައިރެކްޓަރު ޑީޖޭ ކަރޫޒޯ ވެސް ވެސް ކުރިން ދީފައިވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ދީޕިކާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޖެނުއަރީ މަހު ރިލީޒްކުރި "ޗަޕާކް" އަށް ފަހު، ދީޕިކާ ވަނީ ތިން ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ "މަހާބާރު" އާއި އަދި ނަން އިއުލާންނުކުރާ، ޑައިރެކްޓަރު ޝަކުން ބަޓްރާގެ ފިލްމެއްގެ އިތުރުން ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމެކެވެ. މި ފިލްމުތަކަކީ ދީޕިކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ފިލްމުތަކެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ ރަންވީރާ އެކު ފެނިގެންދާ ކްރިކެޓް ފިލްމު "83" އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 10 ގަ އެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ރިތިކް ރޯޝަންގެ ސުޕަހީރޯ ފިލްމު ސީރީޒްގެ ހަތަރު ވަނަ ބައި "ކްރިޝް 4" ވެސް ވަނީ ދީޕިކާ އަށް ހުށަހަޅައިފަ އެވެ.