28 ފެބުރުއަރީ 2020
ލަންޑަން (ފެބްރުއަރީ 28) - ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް 5-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދިއިރު، އޮލިމްޕިއާކޯސް އަތުން 2-1 އިން ބަލިވެ މިދިޔަ އަހަރުގެ ރަނަރަޕް އާސެނަލް މުބާރާތުން ކަޓައިފި އެވެ.
ލަންޑަން (ފެބްރުއަރީ 28) - ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް 5-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދިއިރު، އޮލިމްޕިއާކޯސް އަތުން 2-1 އިން ބަލިވެ މިދިޔަ އަހަރުގެ ރަނަރަޕް އާސެނަލް މުބާރާތުން ކަޓައިފި އެވެ.
ބްރޫޖްގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދީ 6-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ޔުނައިޓެޑަށް ރޭގެ މެޗުގެ 27 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ލީޑުނަގައިދިނީ ބްރޫނޯ ފެނާންޑޭސް އެވެ. މި ޕެނަލްޓީ އަކީ ޔުނައިޓެޑްގެ ޑެނިއަލް ޖޭމްސް ޖެހި ބޯޅައެއް ބްރޫޖްގެ ޑިފެންޑަރު ސިމޯން ޑެލީ އަތުން މަތަކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ގަސްދުގައި ބޯޅައިގައި އަތްލުމުން ސިމޯން އަށް ރަތް ކާޑު ދެއްކުމާ އެކު ބްރޫޖުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
ބްރޫޖްގެ ކުޅުންތެރިޔެއް މަދުވުމުގެ ފައިދާނަގައި ޔުނައިޓެޑުން ވަނީ އިތުރު ހަތަރު ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން ފުރަތަމަ ހާފުގައި އަނެއް ދެ ގޯލު ޖެހީ އޮޑިއޯން އިގާލޯ އާއި ސްކޮޓް މެކްޓޮމިނޭއި އެވެ. އިގާލޯ ޖެހި ގޯލަކީ ޔުނައިޓެޑާ ގުޅުމަށް ފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ދެ ވަނަ ހާފްގައި ޔުނައިޓެޑްގެ ފަހު ދެ ގޯލު ޖެހީ ފްރެޑް އެވެ.
އޮލިމްޕިއާކޯސްގެ އެލް އަރާބީ ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ފުރަތަމަ ލެގުގައި އޮލިމްޕިއާކޯސް ދަނޑުގައި އާސެނަލް މޮޅުވި ނަމަވެސް ރޭ އަމިއްލަ ދަނޑުގައި އެ ލީޑުގެ މައްޗަށް ބުރަވެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ޕާޕާ އަބޫ ސީސޭގެ ގޯލުން އޮލިމްޕިއާކޯސް ލީޑުގައި އޮތުމުން ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ. އިތުރު ވަގުތު ދެ ވަނަ ހާފުގައި ޕިއޭ އެމެރިކް އޮބާމަޔަން އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނިކޮށް ފަހު ވަގުުތުގައި އޮލިމްޕިއާކޯސް މޮޅުވި ގޯލު ޖެހީ މޮރޮކޯގެ ފޯވާޑް ޔޫސުފް އެލް-އަރާބީ އެވެ. އޮލިމްޕިއާކޯސް އަނެއް ބުރަށް ދިޔައީ އެގްރިގޭޓް 2-2 އިން އެއްވަރުވެ، ރަށުން ބޭރުގައި ޖެހި ގޯލަށް ބަލައިގެންނެވެ.
އިންޓަ މިލާން ވަނީ ރޭ އަމިއްލަ ދަނޑުގައި ބަލްގޭރިއާގެ ލުޑޮގޮރެޓްސް 2-1 އިން ބަލިކޮށް ދެ ލެގުގެ އެގްރިގޭޓުން 4-1 އިން އިން ކުރި ހޯދައި އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. އިޓަލީގައި ކޮރޯނާވައިރަސް ފެތުރޭތީ ރޭގެ މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދަ އެވެ. ރޯމާ އާއި ބެލްޖިއަމްގެ ޖެންޓް 1-1 އިން އެއްވަރުވި ނަމަވެސް 2-1 ގެ އެގްރިގޭޓުން ކުރި ހޯދައި ރޯމާ ވެސް ވަނީ އަނެއް ބުރަށް ދަތުރުކޮށްފަ އެވެ.
ސްޕެއިނުގެ އެސްޕަންޔޯލް އަތުން 3-2 އިން ރޭގެ މެޗުގައި ބަލިވި ނަމަވެސް އިންގްލެންޑުގެ ވުލްވްސް ވަނީ އެގްރިގޭޓުން 6-3 އިން ކުރި ހޯދައި އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. ރޭ މުބާރާތުން ވަކިވާން ޖެހުނު ފާހަގަކޮށްލެވޭ އަނެއް ދެ ޓީމަކީ މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީގައި ކުޅުނު އަޔަކްސް އާއި ސެލްޓިކް އެވެ.
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް
ޔޫރަޕުގައި ބެޓިސް އަތުން ޔުނައިޓެޑަށް ބޮޑު މޮޅެއް
ޔުނައިޓެޑް ޕްލޭ އޮފަށް، އާސެނަލް ގަދަ 16 އަށް
އާސެނަލް އާއި ޔުނައިޓަޑް ސެމީ އަށް
ޔުނައިޓެޑާއި އާސެނަލް ކުއާޓާ އަށް، ޓޮޓެންހަމް ކަޓައިފި
މިލާނާއި ޔުނައިޓެޑް އެއްވަރު، އާސެނަލް މޮޅުވެއްޖެ
ޔުނައިޓެޑާއި އާސެނަލް އަނެއް ބުރަށް، ލެސްޓާ ކަޓައިފި
ޔުނައިޓެޑް އަނެއް ބުރާ ގާތަށް، އާސެނަލް އެއްވަރު
އާސެނަލާއި ޔުނައިޓެޑް ކުޅޭ މެޗުތައް އިޓަލީގައި
ޔުނައިޓެޑާއި އިންޓަ ޔޫރޮޕާ ލީގުގެ ސެމީ އަށް