27 ފެބުރުއަރީ 2020
ފައިނަލުގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބް އަތުން 82-75 އިން މޮޅުވެ ކިންގްސް ބާސްކެޓްބޯލް ކްލަބުން ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
ފައިނަލުގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބް އަތުން 82-75 އިން މޮޅުވެ ކިންގްސް ބާސްކެޓްބޯލް ކްލަބުން ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
މިއާ އެކު ކިންގްސް އިން މި ވަނީ ސީޒަނުގެ ދެ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. ގައުމީ ލީގު ތަށި ވެސް މި ފަހަރު އުފުލާލީ ކިންގްސް އިންނެވެ. މިއީ 2017 ވަނަ އަހަރު އުފެއްދި ކިންގްސް ޓީމުން ހޯދި ފަސް ވަނަ ތަށްޓެވެ. ކުރިން ރެޑްލައިންއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ކިންގްސް އުފަންކުރީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް މުހައްމަދު (އިއްބެ) އާއި ކުރީގެ ކުޅުންތެރިޔާ އިސްމާއިލް ރިޝާދު އިސްކޮށް ތިބެގެންނެވެ.
މި ފަހަރުގެ ދެ މުބާރާތުގައި ކިންގްސް ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ލީގުގެ ފަހު ބުރުގެ ފަހު މެޗުންނެވެ. އެ މެޗުން ބަލިވި ނަމަވެސް ކިންގްސް އިން ވަނީ ޕޮއިންޓުގެ ފަރަގަށް ބަަލައިގެން ޗެމްޕިއަންކަން ހޯދައިފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލްގެ ބޮޑުބައިގައި ޓީރެކްސް އިން ލީޑުގައި އޮތެވެ. ފުރަތަމަ ދެ ކުއާޓާގައި އެ ޓީމުގެ އެވްރެޖް ސްކޯ އަކީ 20 ޕޮއިންޓެވެ. އެކަމަކު ފަހު ކޮޅުގައި ކިންގްސް އިން ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އަނބުރާލީ އެވެ. ތިން ވަނަ ކުއާޓާ ނިމުނުއިރު ޓީރެކްސް ލީޑުގައި އޮތީ 55-62 އިންނެވެ.
ޓީރެކްސް އަށް ރޭގެ މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް އެއްކުރި ހުސެއިން ހަލީމް (ޗިކަނޭ) އާއި 13 ޕޮއިންޓް އެއްކުރި އަހުމަދު ހުޝާމްގެ އިތުރުން 14 ޕޮއިންޓް ހޯދި ބިދޭސީ ކުޅުންތެރިޔާ މަލިނިޗް އަލެކްސަންޑާ އެވެ.
ކިންގްސް ކޮޅަށް މެޗު އަނބުރާލުމުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އާރޮން ޖޯންސް ޑެކޯރޭ އެވެ. އޭނާ ވަނީ އެ ޓީމަށް 34 ޕޮއިންޓް ހޯދައިދީފަ އެވެ. ދެން އެ ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކީ 14 ޕޮއިންޓް އެއްކުރި ރިޝްފާން ރަޝީދު އަދި 10 ޕޮއިންޓް ހޯދި ފިރާޝް އަހުމަދު އެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ. ފައިނަލްގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަންކަން ހޯދި ކުއީންސް ބާސްކެޓްބޯލް ކްލަބާއި އެލީޓް ސްޕޯޓްސް ކްލަބް އެވެ. އަންހެން ޑިވިޝަނުގެ ގައުމީ ތަށި އެންމެ ފަހުން އުފުލާލީ ސައިކްލޯން ބާސްކެޓްބޯލް ކްލަބުންނެވެ.
ގައުމީ މުބާރާތް މިލްކުކޮށް ބާސްކެޓްގެ ރަސްކަން ކިންގްސްއަށް
ޓީރެކްސް ބަލިކޮށް ކިންގްސް ގައުމީ ފައިނަލަށް
ގައުމީ ބާސްކެޓް ލީގުގެ ތަށި ކިންގްސްއިން މިލްކުކޮށްފި
ނުކުޅެވޭނެ ކަމަށްބުނެ ބާކީކޮށްލި އަމްޒަރު އެންމެ އުހަށް
ބާސްކެޓްބޯޅަ: ކިންގްސް އާއި ކުއީންސް ފައިނަލަށް
ޓީރެކްސް ހުއްޓުވައި ކިންގްސް ގައުމީ ތަށި އުފުލާލައިފި
އަނެއްކާ ވެސް ކިންގްސް އާއި ޓީރެކްސްގެ ފައިނަލެއް
ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް
ކިންގްސް ހުއްޓުވައި ގައުމީ ޗެމްޕިއަންކަން ޓީރެކްސް އަށް
ފައިނަލުގައި ކިންގްސް ބަލިކުރެވޭނެ: ޓީރެކްސް