14 މާޗް 2022
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލްގައި ޓީރެކްސް ބާސްކެޓްބޯޅަ ކްލަބްގެ މައްޗަށް ކާމިޔާބު ހޯދައި މުބާރާތުގެ ފައިނަލަށް ކިންގްސް ބާސްކެޓްބޯޅަ ކްލަބް ދަތުރުކޮށްފި އެވެ.
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލްގައި ޓީރެކްސް ބާސްކެޓްބޯޅަ ކްލަބްގެ މައްޗަށް ކާމިޔާބު ހޯދައި މުބާރާތުގެ ފައިނަލަށް ކިންގްސް ބާސްކެޓްބޯޅަ ކްލަބް ދަތުރުކޮށްފި އެވެ.
އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކުއީންސް ބަލިކޮށް، ސައިކްލޯން ވެސް ވަނީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ރޭ ކުޅުނު ސެމީގައި ޓީރެކްސް ބަލިވިޔަސް އެޓީމަށް އަދިވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ތިންވަނަ ސެމީ ފައިނަލްގައި އެޓީމު ނުކުންނާނީ ދެވަނަ ސެމީ ފައިނަލްގައި ދަ ބައުސް ބަލިކުރި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބާ ދެކޮޅަށެވެ.
ގައުމީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ފުރަތަމަ ސެމީ ފައިނަލްގައި ވާދަކުރާނީ ގައުމީ ލީގުގެ ގަދަ ދެ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލްގެ ސީދާ ޖާގަ ލިބޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ ދެވަނަ ސެމީ ފައިނަލްގައި ގައުމީ މުބާރާތުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށް ތިންވަނަ ސެމިފައިނަލްގައި ކުޅޭށެވެ. ގައުމީ ލީގުގެ ތިންވަނަ ހޯދީ ރެޑްވިންގްސް އެވެ. ހަތަރުވަނަ ދަ ބައުސް އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ކުޅުނު މެޗު ކިންގްސް ކާމިޔާބުކުރީ 89-72 އިންނެވެ. މިއީ މިއަހަރު ކިންގްސް އަތުން ޓީރެކްސް ބަލިވި ތިންވަނަ ފަހަރެވެ. ގައުމީ ލީގުު ތިން ފަހަރު ހޯދި ކިންގްސް ތަށި ޔަގީން ކުރީ ޓީރެކްސް ބަލި ކުރުމަށް ފަހު އެވެ. ލީގުގެ ފުރަތަމަ ބުރުގައި ވެސް އެޓީމުން ވަނީ ޓީރެކްސް ބަލިކޮށްފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ކިންގްސްގެ އެމެރިކާގެ ކުޅުންތެރިޔާ އާލޮންޑޯ ކުކް އެވެ. އޭނާ ވަނީ މެޗުގައި 25 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
ފުރަތަމަ ޕީރިއަޑްގައި ދެޕޮއިންޓްގެ ފަރަގަކާ އެކު ކުރީގައި އޮތީ ޓީރެކްސް އެވެ. އެ ޕީރިއަށްގައި ޓީރެކްސް ވަނީ 27 ޕޮއިންޓް ސްކޯކޮށްފަ އެވެ. ކިންގްސް އަށް ސްކޯ ކުރެވުނީ 25 ޕޮއިންޓެވެ. އެކަމަކު ދެވަނަ ކުއާޓާގައި ޓީރެކްސް ފެނުނީ ދަށްކޮށެވެ. އެ ކުއާޓާގައި އެޓީމަށް ހޯދުނީ 10 ޕޮއިންޓެވެ. ޓީރެކްސްއިން 27 ޕޮއިންޓް ހޯދި އެވެ. ތިންވަނަ ކުއާޓާގައި ކިންގްސް އިން 19 ޕޮއިންޓް ހޯދި އެވެ. ޓީރެކްސް އަށް ހޯދުނީ 14 ޕޮއިންޓެވެ. ފަހު ކުއާޓަރުގައި ޓީރެކްސްއިން 21 ޕޮއިންޓް ހޯދި އެވެ. ކިންގްސް އަށް ހޯދުނީ 18 ޕޮއިންޓެވެ.
އަންހެން ޑިވިޝަންގެ ފައިނަލަށް ގައުމީ ލީގުގެ ޗެމްޕިއަން ސައިކްލޯން ދަތުރު ކުރީ ކުއީންސްގެ މައްޗަށް 76 ޕޮއިންޓްގެ ބޮޑު ތަފާތަކުން ކާމިޔާބު ހޯދައިގެންނެވެ.
ސައިކްލޯއިން ވަނީ 114 ޕޮއިންޓް ހޯދައިފަ އެވެ. ކްއީންސް އަށް ހޯދުނީ 38 ޕޮއިންޓެވެ. އެންމެ ގިނަ ޕޮއިންޓް ހޯދީ ސައިކްލޯންގެ ސާބިއާގެ ކުޅުންތެރިޔާ އަނާ ބްރޮނޮވްޔަކް އެވެ.
ސައިކްލޯން އިން ވަނީ ފުރަތަމަ ދެ ޕީރިއަޑްގައި ކޮންމެ ޕީރިއަޑެއްގައި 28 ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ ޕީރިއަޑްގައި ކުއީންސް އަށް ހޯދުނީ 12 ޕޮއިންޓެވެ. ދެވަނަ ޕީރިއަޑްގައި ހަތް ޕޮއިންޓެވެ. ތިންވަނަ ޕީރިއަޑްގައި 26 ޕޮއިންޓް ސައިކްލޯއިން ހޯދި އެވެ. ކުއީންސް އަށް ހޯދުނީ 12 ޕޮއިންޓެވެ. ހަތަރުވަނަ ޕީރިއަޑްގައި ސައިކްލޯން އަށް ހޯދީ 32 ޕޮއިންޓެވެ. ކުއީންސް އަށް ހަތް ޕޮއިންޓެވެ.
ކުއީންސް އަށް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ތިންވަނަ ސެމީ ފައިނަލްގައި އެ ޓީމު ނުކުންނާނީ ބެންޗު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ބެންޗު ތިންވަނަ ސެމީ ފައިނަލަށް ދަތުރު ކުރީ އެލީޓް ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު އެވެ.
ގައުމީ މުބާރާތް މިލްކުކޮށް ބާސްކެޓްގެ ރަސްކަން ކިންގްސްއަށް
ގައުމީ ބާސްކެޓް ލީގުގެ ތަށި ކިންގްސްއިން މިލްކުކޮށްފި
ނުކުޅެވޭނެ ކަމަށްބުނެ ބާކީކޮށްލި އަމްޒަރު އެންމެ އުހަށް
ކިންގްސް ގައުމީ ތަށި ދިފާއުކޮށްފި
ބާސްކެޓްބޯޅަ: ކިންގްސް އާއި ކުއީންސް ފައިނަލަށް
ޓީރެކްސް ހުއްޓުވައި ކިންގްސް ގައުމީ ތަށި އުފުލާލައިފި
އަނެއްކާ ވެސް ކިންގްސް އާއި ޓީރެކްސްގެ ފައިނަލެއް
ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް
ކިންގްސް ހުއްޓުވައި ގައުމީ ޗެމްޕިއަންކަން ޓީރެކްސް އަށް
ފައިނަލުގައި ކިންގްސް ބަލިކުރެވޭނެ: ޓީރެކްސް